އިކޮނޮމިކް މިނިސްޓްރީގެ އަމާޒަކީ ވަޒީފާގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގައި ވެސް އޮތް ގޮތުގެ މަތިން މި އަހަރުގެ ފަހުކޮޅު މަސައްކަތްތެރިންނަށް ދޭން ޖެހޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން މިނިސްޓަރު ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އައިސްފައިވާ އިގްތިސާދީ ތަދުމަޑުކަމުގެ ސަބަބުން މަސައްކަތްތެރިންނަށް ނިމިގެން ދިޔަ އަހަރު ވެފައިވަނީ ވަރަށް ބުރަ ބޮޑު އަހަރަކަށް ކަމަށެވެ.

"އެހެން ވިޔަސް 2021 ވަނަ އަހަރު ފެންނަނީ ވަރަށް އުއްމީދީކޮށް، ވަރަށް އުޖާލާކޮށް، އަޅުގަނޑުމެން އަމާޒު މި ކުރަނީ މަސައްކަތްތެރިންނަށް ހައްގުވާ ވަރުގެ މިނިމަމް ވޭޖެއް މި އަހަރުގެ ފަހުކޮޅުގައި ކަނޑައަޅައި ތަންފީޒު ކުރުމަށް،" ފައްޔާޒު ކުރެއްވި ޓްވީޓްގައިވެއެވެ.

އޭގެ އިތުރުން އިންޑަސްޓްރިއަލް ރިލޭޝަންސް އެކްޓް ނުވަތަ ސިނާއަތްތަކާ ގުޅޭ ގާނޫނީ އޮނގަނޑަކާ އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ އެކްޓްއެއް ފާސްކުރުމަކީ ވެސް މި އަހަރުގެ އަމާޒެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި މިއީ ވަރަށް އުއްމީދީ ކުރިއެރުންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވަޒީފާގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުން މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި ރާއްޖޭގައި ހިންގާ ނުވަ ސިނާއަތަކަށް ވަކިވަކިން ރިޔާއަތްކޮށް، އެއިން ކޮންމެ ސިނާއަތެއްގައި މަސައްކަތް ކުރާ މީހުނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭނެ އެންމެ ކުޑަ އުޖޫރައިގެ އަދަދާ މެދު ބޯޑުން ލަފާ ދޭން ޖެހޭނެއެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ސިނާއަތްތައް

 1. މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް
 2. ޓޫރިޒަމް ސިނާއަތް
 3. ކޮންސްޓްރަކްޝަން ސިނާއަތް
 4. ދަތުރުފަތުރުގެ ސިނާއަތް
 5. ސިއްހީ ހިދުމަތުގެ ދާއިރާ
 6. ތައުލީމީ ހިދުމަތުގެ ދާއިރާ
 7. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް
 8. އިންފޮމޭޝަން، ކޮމިއުނިކޭޝަން، ޓެކްނޮލޮޖީ
 9. މެރިޓައިމް، ޝިޕިން ސިނާއަތް

މަސައްކަތްތެރިންނަށް މިނިމަމް ވޭޖެއް ކަނޑައެޅުމާއި، ވަޒީފާ ނުލިބޭ ފަރާތްތަކަށް އިނާޔަތެއް ކަނޑައެޅުމަކީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއިން ހުށަހެޅި "އެޖެންޑާ 19" ގެ ކަރުދާހުގައި ވެސް ހިމެނޭ ގާނޫނީ އޮނިގަނޑެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޖުހާ

  ޢެމްޑީޕީ ވެރިކަމާ ހަވާލުވިފަހުން މިވީހާދުވަހެއްމިވީ އެއްމެކުޑު އުޖޫރަ ކަޑައެޅުމުގެ މަސައްކަތުގަ ދުވަހަކު އެކަމެއްނުވި ދެން މިހާރު އެކަމެއްވާނެކަމަކަށް އަހަރުމެން ނުބަލަން

  11
 2. ޏ

  ތިޔަ ވަޢުދު ފުދިއްޖެއެވެ

 3. އުޖޫރަ

  އަބަދުވެސް ބޯކޮޅޭ ނިގޫކޮޅޭ ކިޔަކިޔާ ކަލޭމެން ވަގުތު ތިޔަ ދުއްވާލަނީ.. ކަލޭމެން ވެރިކަން ނިމެން ގާތްވީމަ ތިކަމެއް ކުރަން ތިޔަ އުޅެނީ ރަށްޔިތުން އިތުރަށް ގަނަތަޅުވަމްތަ؟ ކަމެއް ކޮށްދޭހިތުން އުޅޭ ބަޔެއްގެ ކަންކަން ހުންނަ ގޮތަލަށް ނޫން ތިއުޅެނީކީއެއް.

  11
 4. ޢަބުދު

  ރަތްޔެތުންމޮޔަހައްދަނީ މިހާރު 5 އަހަރުވީ ކަލޭމެންތިހެންކިޔާތާ މިފަހަރުވެސް ވޯޓްލާން އެއްދުވަހައްވީމަ އެރަށެއްގެ އިންޖީންގޭގައި އޮންނަ މިނީ ހައިމާކުނެރެގެން އެއްދުވަހުން ބަނދަރުތައްހަދާނިންމާލަދީފި ވަޒީފާ ނެތްމީހުންނަށް 10000ރުފިޔާ ވެސް ލިބޭނެ 2023ގައި

 5. އަހުމަދު

  މީ މިސަރުކާރުގެ ހަލާކު، މިމީހުން ބުނާގޮތުން ރައީސް ބޮލަށް ހުންނާނީ ޗިޕްޖަހާފަޔޯ.

 6. އަހަންމަދު

  ފަސްވަނައަހަރުގެފަހުކޮޅަށްއަމާޒުހިފަންވީނޫން!