މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން މަސައްކަތުގެ މާހައުލުމުގައި ލިބެމުންދާ ޖިންސީ ގޯނާ އާއި ފުރައްސާރައާ ދެކޮޅަށް ޒުވާނުންތަކެއް ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމުގައި ފުލުހުން ކުރި އަނިޔާގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބަލަން ފަށައިފިއެވެ.
"ރައިޒް އަޕް އެމްވީ" ގެ ނަމުގައި ޒުވާނުންތަކެއް އިސްވެ އުފައްދާފައިވާ ހަރަކާތުން ރޭ ރަސްފަންނު ސަރަހައްދުގައި ޝުއޫރު ފާޅު ކުރުމަށް ފަހު މަޖީދީ މަގަށް ހިނގައިގަތުމާއެކު، އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންގެ ގަޔަށް ޕެޕަ ސްޕްރޭ ޖަހައިފައެވެ. އަދި އަނިޔާވެރި ގޮތަކަށް ދަމާފައި ގެންދާ މަންޒަރު ފެންނަ ވީޑިއޯއާއި ފޮޓޯ ދަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ.
އެޗްއާރުސީއެމްއިން ކުރި ޓްވީޓެއްގައި ވަނީ، މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ޒުވާނުންތަކެއް މާލޭގައި ބޭއްވި އެއްވުން ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުން ކުރި ގޮތާ މެދު ކަންބޮޑުވުންތަކެއް އެބަ ހުރި ކަމަށެވެ.
ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓުން ރޭ ކުރި ޓްވީޓެއްގައި ވަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑްގެ އިތުރުން ޔޫސް އޮފް ފޯޒް ރިވިއު ކޮމިޓީއިން ވެސް އެ މައްސަލަ ބަލާނެ ކަމަށް ބުނެފައެވެ. އަދި މައްސަލައިގެ އިތުރު ތަފްސީލް މައްސަލަ ކުރިއަށްދާ މިންވަރަކުން ހިއްސާ ކުރާނެ ކަމަށް ވެސް އެ ޓްވީޓްގައިވެއެވެ.
ފުލުހުންގެ ފަރާތުން ފެންނަ މިފަދަ ބައެއް އަމަލުތައް ހުއްޓުވައި، ޕްރޮފެޝަނަލް ފުލުހުންގެ ޚިދުމަތެއް ގާއިމު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. މި ކަމަށް ޓަކައި ފުލުހުންގެ ޚިދުމަތުގެ އާ ގާނޫނެއް އެކުލަވާލައި ތަންފީޒު ކުރަން ވެސް ވަނީ ފަށައިފައެވެ. އެކަމަކު މި ސަރުކާރު އައި ކަމުގައި ވިޔަސް މުޒާހަރާއަށް ނުކުންނަ އާންމު ރައްޔިތުންނާއި ސިޔާސީ އިސް ބޭފުޅުންގެ އިތުރުން މުޒާހަރާ ކަވަރު ކުރުމުގައި އުޅޭ ނޫސްވެރިންނަށް ވެސް އަނިޔާ ކުރާ ފަހަރު ގިނައެވެ.
މި އެޗް.އާރ.ސީ.އެމް މީ ކަމެއް ނުފެނިގެން އުޅޭ ބައެއްތަ.. ބަލަންޖެހޭ ކަންކަން ނުބަލާ.. ޖަލުގަ ނޫނީ ޕޮލިހުން އަތުން ކަމެއްވާ އިރައް ތެޅި ބާލާނެ.. އާންމު ފަރުދުން މައްސަލައެއް ލިޔަސް 10 އަހަރު ވާއިރުވެސް ނުނިމޭނެ.. ތިތަން އުވާލާފަ ތި މީހުނަށް ދޭ މުސާރަ އެހެން ކޮންމެވެސް ކަމަކަށް ހަރަދުކުރަންވީ.. ތީ ބޭކާރު ތަނެއް..
ކަމެއްނެތިފަތިބި ބަޔަކު ތިބިކަން ދައްކާލަން ކުރާކަމެއް ހަމައެކަނި ސުރުޙީ ފެންނާނީ ދެން މިމީހުން ގެއްލިދަނެ
ސޯލިހުގެ ރިޔާސީ ވައުދެއް ދުނިޔޭންބޭރަށް ކިޔަވަންފޮނުވުންވެސް ބޯގޯސްވާހަކަނުދަށްކާ ކަލޭމެންބުނެގެން ފުލުހުން އެކަންކުރީ ސޯލިހު އިސްތިއުފާ.
މައްސަލަ ބަލަމޭ ބުނީމަ ނިމުނީ. ޑީ.އީ.ޑީ ޕޮލިހުން މީހަކަށް އަނިޔާކުރާ ތަން ވީޑިއޯއަކުން ފެންނަ އޮތްއިރު، އަދި އަދަށް ދާންދެންވެސް ތިޔަ ކޮމިޝަނުން ހަމަ "މައްސަލަ ބަލަނީ."
ރައީސް ޔާމީން ސަރުކާރުން ތަބަކަށް ލާފަ ވަޒީފާ ދިން ފުލުހުންގެ އަދަދު އަދިވެސް ތަންކޮޅެއް މަދީ
ޢިބޮރާހިމް ކިހިނެތް ތިކަން ހުޓުވާނީ؟ ޢެއީ އެނާ ބުނެގެން ފުލުހުން ކުރާ އަނިޔާ. ޢެހެން ނޫނަސް ތީ ވަރަށް ބިރުގަންނަ ސަރުކާރެއް، ކުރަން އެނގޭހާވެސް ކަމަކީ ދެކޮޅަށް އެއްޗެއް ބުނާ މީހެއްވީއްޔާ އެގޮތް މިގޮތުން ހަފުސް ކޮށްލަން.
މީ ބަލަންޖެހޭ ކަމެއް ނޫން. މި ބަރަކާތްތެރި މައްސަރުގައި މަގުމައްޗަށް ނުކުމެ މީހުންނަށް ދުއްޕާންކުރާ މީހުންނާމެދު ފުލުހުން ހިންގި އަމަލު ބެލުމަށްވުރެ މި ބަރަކާތްތެރި މައްސަރުގެ ފަހުދިހައިގައި ލައްވާފައިވާ ހެޔޮރަހްމަތުން މީސްތަކުން އެކަހެރިކޮށް ދުރުކޮށް މަގުމައްޗަށް ނެރެ ދުލަށް އައިހައި އެއްޗެއް ގޮވައި ރަށުތެރެ ހަލަބޮލިކޮށް ހެދި މީހުންގެ މައްސަލަ ބެލުން މާ މުހިންމު. އެ މައްސަލަ ނުބަލައި ފުލުހުންގެ މައްސަލަ ބެލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. މި ނުބައި ޖަރީމާ ހިންގި މީހުންގެ މައްޗަށް ދައުވާކުރަންޖެހޭނެ. އަދަބު ދޭންޖެހޭނެ.
މުވައްސަސާތަކަށް މީ އިސްލާމީ ގައުމެއް ކަމެއް ހަނދާން ނެތިއްޖެހެން ހީވަނީ. އެހެން ނޫންނަމަ މި ބަރަކާތްތެރި މައްސަރު ފަހު ދިހައިގެ ބަރަކާތްތެރި ރޭތަކުގައި މީސްތަކުން އަޅުކަމާ ދުރަށް ގެންގޮސް ދުނިޔަވީ ކަންކަމަށް ލަންބުވައި ދުލަށް އައިހައި އެއްޗެއް ގޮވައި ފަސާދަވެރި ވާހަކަ ފަތުރައި ހަދަން ނުކުތް މީހުންގެ މައްސަލަ ބަލާނެ. ހެއްދެވި ފަރާތުގެ ރަޙްމަތުން އިންސާނުން ދުރުކުރުވުމަށް ކަންކަން ރާވައި ހިންގުމަށްވުރެ ނުބައިކަމެއް އެބައޮތްތަ! އެކަމަކު އެ ނުބައި ވިޔާ ޢަމަލު ހިންގި މީހުންގެ މައްސަލަ ނުބަލައި އެމީހުންގެ އެ އަމަލު ހުއްޓުވަން މަސައްކަތްކުރި މީހުންގެ މައްސަލަ ބަލަން ތިޔަ ތިބީ ފޫގަޅާފައި. މިއަދު ތިޔަ ތިބީ އެ ވިޔާ އަމަލަކީ ހުއްދަ އަމަލަކަށް ހަދައިގެން. ޝައިޠާނާ ވަސްވާސް ލައިދޭ އަމަލުތަކަކީ ރަނގަޅު އަމަލުތަކަކަށް ހަދައިގެންް.
ޢެޗްއާރުސީއެމުން ބެލީމަ ކޮންކަމެއްވަނީ؟އަލަށްތަ ކަމެއްވެގެން މިއުޅެނީ.
ތިޔައީ ވަލުޖަނަވާރުންތަ ނޫނީ ފުލުހުންތަ...މިސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ކަންކަން..