ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ވޯކްޕާމިޓް ހުށަހެޅި 2000 ވަރަކަށް މީހުންގެ ވޯކްޕާމިޓް ހުއްދަ ނުދީ ދިވެހިރާއްޖެ އިން އެމީހުންގެ ވޯކްޕާމިޓް ހިފަހައްޓާފައިވާ ކަމަށް އިންޑިއާގެ މަޝްހޫރު ނޫހެއް ކަމަށްވާ "ދަ ހިންދޫ" އިން ބުނެފިއެވެ.

އެނޫހުނުގައި ބުނެފައި ވަނީ އިންޑިއާގެ ގިނަ އަދަދެއްގެ މީހުން ވަޒީފާ އަށް އެދި ހުށަހެޅި ލިޔުންތައް އެޕްރޫވް ނުކޮށް ރާއްޖެ އިން މަޑުކުރަމުން ގެންދަނީ އިންޑިއާ އިން ދިވެހި ސަރުކާރަށް ފާޑުކިޔާ ނެރެމުން ގެންދާ ބަޔާންތަކުގެ ސަބަބުންނެވެ.

އިންޑިއާގެ ވިޔަފާރީގެ ޚަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ "މަނީ ކޮންޓްރޯލް" ގައި ބުނެފައި ވަނީ "މިއީ ފެބްރުއަރީ މަހު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން އިންޑިއާ އިން އެކަމާއި ދެކޮޅަށް ނެރުނު ބަޔާނަށް ރައްދުދީ އިންޑިއާގެ ބަޔާނަށް ގޮންޖެހުމުގެ ގޮތުން ރައީސް ޔާމީންގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅެއް." ކަމަށެވެ.

"މަނީ ކޮންޓްރޯލް" ގައި ބުނެފައި ވަނީ ވަޒީފާ އަށް މީހުން ހޯދަން ސަރުކާރު ކުންފުނިތަކުން މިހާރު ކުރާ އިއުލާންތަކުގައި ވެސް އިންޑިއާ މީހުންނަށް ކުރިމަތި ނުލެވޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ބުދަ ދުވަހު ރާއްޖޭގެ މަޝްހޫރު ރިސޯޓް ހިންގާ ކުންފުންޏަކުން 18 ވަޒީފާ އަކަށް ހުޅުވާލާ ކޮށްފައިވާ އިއުލާނެއްގައި ވެސް އިންޑިއާ މީހުންނަށް މިހާރު ވޯކްޕާމިޓް ނުލިބޭތީ އިންޑިއާ މީހުން ވަޒީފާ އަށް ކުރިމަތި ނުލުމަށް ބުނެފައިވާ ކަމަށް އެނޫހުގައި ވެއެވެ.

މިމައްސަލައިގެ ޝަކުވާ އިންޑިއާގެ އެކި ފަރާތްތަކުން ކުރަމުން ގެންދިޔަ ނަމަވެސް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން މިކަމާއި މެދު ފިޔަވަޅެއް އަޅަން ބޭނުން ނުވާ ކަމަށް "މަނީ ކޮންޓްރޯލް" ގައި ބުނެފައި ވެއެވެ.

އިންޑިއާ މީހުންނަށް ރާއްޖެ އިން ވޯކްޕާމިޓް ނުދޭކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކުރިނަމަވެސް ރާއްޖޭގެ އިމިގްރޭޝަން އިން ވަނީ އެކަން ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ރާއްޖޭގެ އިމިގުރޭޝަނުން ދޮގު ކުރިޔަސް އެއީ ޙަޤީޤަތް. އެޕްލައި ކުރެވުނަސް އެޕްރޫވެއް ނުކުރޭ...

    • އިންޑިޔާގެ ސަރުކާރަށް އިންޑިޔާގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިނުދެވުނީމަ ދިވެހި ސަރުކާރާށްތަ ޖެހެނީ، އިންޑިޔާ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދޭން.

  2. ފީޓޮމާޓޯ ކެޗަޕް

    އިންޑިޔާއިންވެސް އަންނަ މީހުންނަކީ ސްކިލްޑް ބައެއްނޫން..މި ރާއްޖެއަކީ މިއީ ޓްރެއިނިން ކޭމްޕެއްނޫން...މިހާރު ރާއްޖެޔަށް ބޭނުންވަނީ ސްކިލްޑް ލޭބަރުންނާއި ޕްރޮފެޝަނަލް މީހުން...މި ތާނގަ އުޅޭ އިންޑިޔާ ބަންގާޅުމީހުން އެމީހުންގެ މުޅިއާއިލާ މިރާއްޖެޔަށް ގެނެސްގެން މިތަން ފަސާދަކުރަނީ..މިކަން މިހާރު ހުއްޓުވަން ވެއްޖެ..މހާރު ރާއްޖެޔަށް މީހުން އެތެރެކުރަންވީ ސައުތު އީސްޓް އޭސިޔާއިން ސްކިލްޑް މީހުން..ރާނާ ސިމެންތި ޖަހަންވެސް ތައިލޭންޑް އަންހެންކުދިންވެސް ވަރައް މޮޅުވާނެ...މުއްލިކުލަމުންނާއި އެތަންމިތަނުން ތަނެއް ދޮރެއް ނޭގޭމީހުން ގެނެސްގެން ރާއްޖެޔަށް މިލިބޭ ގެއްލުން ހުއްޓުމަކަށް ގެންނަންޖެހޭ! ޙާއްސަކޮށް ތަމަޅައިން ގެނައުން ހުއްޓުމަކަށް އަންނަންޖެހޭ!

    • ދިވެއްސެއް

      މިޤައުމަށް ބޭނުންވަނީ ތިކަލަހަ ދުރުވިސްނޭ ވަފާތެރިން.
      ވަކި ކުލަޔަކަށްޖެހި ހުސްވެގެންގޮސް ދީނަށާއި ޤައުމަށް ޤައްދާރުވާން ފަސްނުޖެހޭ މީހުނެއް ބޭނުމެއް ނޫން.

  3. ދެރަކަމެއް. ދިވެހި ރާއްޖޭގަ މަސައްކަތް ކުރުމަށް ހުއްދަދޭނީ ދިވެހިރާއްޖޭން ބޭނުންވާ ބަޔަކަށް. މިއީ، އިންޑިޔާ މީހުންގެ ވަޒީފާ މާރުކޭޓެއްނޫން.

  4. ރޯނުއެދުރު

    ޢިންޑިޔާ ގެ ކިތައް މީހުން ތޯ ރާއްޖޭގައި ހުއްދަނެތި ވިޔަފާރި ކުރަނި

  5. އަމިއްލަ މީހާ

    ތިޔައީ ރާއްޖެއިން އެޅި ރަނގަޅު ފިޔަވަޅެއް ހަރުދަނާ ފިޔަވަޅެއް ބަންގާޅީންވެސް މަދުކުރަން އެބަޖެހޭ ތިކަމަށް މަރުހަބާކިޔަން

    • ފީ ކެޗަޕް

      ހުރިހާ ރައްޔިތުން އެއްބާރުން ދީގެން ސަރުކާރު ލައްވާ އެބަޖެހޭ މިކަންކަން ރަނގަޅުމަގަށް އަޅުވަން..ރާއްޖެޔަށް އާދެވެންޖެހޭނީ 10 އަހަރުގެ ތަޖުރިބާޔާއެކު އެދާއިރާޔަކުން ޑިގްރީ އޮންނަ ފަރާތްތަކަށް އެކަނި..މިހާރު ބޭރުމީހުންގެ ކަންކަން ރާއްޖޭގަ މިވަނީ ބޮއްސުންލާފަ..މިކަންކަން މިހެންދިމާވަނީ މަސަތްކަތުގެ ބާޒާރު ބައްޓަންވެފައި އޮތްގޮތުން..މިސާލު: ޕްރޮޖެކްޓަކަށް ލޯނު މިނަގަނީ ހަމަ ޔޫރަޕްގަވެސް މަސައްކަތްކުރާ ރޭޓަށް..ދެން މިގެންނަނީ މިދުނިޔޭގަ ތިބޭ އެންމެ ގަމާރު ތަނެއް ދޮރެއް ނޭގޭ މީހުން ޕީނަޓް ޕޭއިކޮއްފަ..ދެން ނެގިލޯނުގެ ދެބައިކުޅަ އެއްބައި އެކިކަންކަމަށް ތަޅާލާފަ އެއްކަލަ މީހުނަށްވެސް ދޭންޖެހޭ ޕީނަޓްކޮޅުވެސް ނުދެވި މިބާވަތަކަށް ކަންކަން މިހިނގަނީ...މިހާރު ކަންކަން ބަދަލުވާންޖެހޭ! މިހާރު ބޭނުންވަނީ ޕްރޮފެޝަނަލް މަދު އެފިޝެންޓް މަދު މީސްކޮޅަކައި ލިބެން ހުންނަ މެޝިނަރީތަކާއި ޙިދުމަތްތަށް އިންޓަގްރޭޓް ކޮއްގެން ފުރިހަމަ އަގުގަ ރަނގަޅު ފެންވަރުގަ ހައިސްޕީޑްގަ ކަންކަންކޮށް ނިންމާލުން..ރަނގަޅު ގޮތަކީ މިއީއެވެ! ރާއްޖެޔަކީ ދުނިޔޭގެ ސުވަރުގެއެއްފަދަ ޓުއަރިސްޓް މަންޒިލެއް...އެކަމަކު މިތަނަށް ވަޒީފާޔައް މިގެންނަީ ތަނެއްދޮރެއް ނުދަންނަ އެހާމެ ޑިސިޕްލިން ދަށްބަޔެއް..ކިހާދެރަކަމެއް ދޯ؟ ވެމްކޯއިން 10000ރ މުސާރައިގަ ކުނިމެނޭޖު ކުރުމުގެ ވަޒީފާ ހުޅުވާލީމަ ހަމަހުސް ދިވެހި ބޭފުޅުން އެތިބީ...ބޭރުމީހުން ރާއްޖެ އެތެރެކޮއްގެން ފައިދާނަގާ ބައެއްގެ ސަބަބުން މިކަންމިހެން މިވަނީ..ހަރުކަށި ގަވާއިދު ގާއިމްކޮއް މިކަކަން ރަނގަޅު ކުރަންޖެހޭ...ދިވެހި ރައްޔިތުމީހާޔަށް ނުކުރެވޭ ކަމަކަށް މެނުވީ އެހެންތަނަކުން މީހުންގެނެވިގެން ނުވާނެ...މިނިމަމް ވޭޖް ކަނޑައަޅަންޖެހޭ..ކޮންމެ މަސަތްކަތަކީވެސް ހިދުމަތެއް..ކޮންމެ ހިދުމަތަކީ އެއީ ޝަރަފުވެރިކަމެށް...ދިވެހީންގެ ދިވެހިވަންތަކަމާއި އެއްބައިވަންތަކަމާއި އަޙްވަންތަކަން ދެމެހެއްޓޭނީ ހުރިހާފަރާތްތަކުން އެމަގައް ވިސްނައިގެން ދަތުރުކޮއްގެން..

  6. ބަލަ ގަމާރުތަކާ މި ރާއްޖޭގެ މީހުންނަށް ހިތުހުތިހާ ކަމެއް ކިރާއިރު މި ޤައުމަށް ވެސް ކަމެއް ކުރެވިދާނެ ކަން ނުވިސްނޭތަ ހަމަ ރަގަޅު ވިސާ ދޭނެ ކަމެއް ނެތް..

  7. ބޮލުގަ ޖަހައިގެން ބަސްތާ އުފުލުމާއި ބަރުތަކެތި ކޮނޑައްލައިގެން އުފުލުން، 150 ބަންގާޅީންނާއި ހިލަވެލިފުންޏަކާއި ބޮޑުކެރޭނަކާއި ވައްދައިގެން މުޅިސަރަހައްދު ބްލޮކް ކޮއްގެން ކޮންކްރީޓް އެޅިޒަމާން ގޮއްސި...މިހާރު ބޭނުންވަނީ ޕްރޮފެސަނަލް މަދު މީސްކޮޅެއް ތިބެގެން ރަންގަޅު ފެންވަރުގަ ކަންކަންކުރުން..ޝަޓަރިން ސެޓްކޮއްފަ އޯޑަރު ފޮނުވާލީމަ ބޭނުންފެންވަރެއްގަ ރެޑީކޮންކްރީޓް އައިސް ޕަމްޕް މެދުވެރިކޮއް ކާސްޓް ކޮއްލާނެ...ދެން ކީއްކުރަން އަންސްކިލްޑް މީހުން ރާއްޖެ އެތެރެކުރަންވީ..؟ ރާއްޖެޔަކީ މިއީ އާދައިގެ ގައުމެއްނޫން..މިތަނަށް ބޭނުންވަނީ އްެކްސްޕީރިއެންސްޑް ސްކިލްޑް މީހުން..

  8. އިންޑީއާ ހީނުކުރާތި އަހަރެމެންނަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް. އަހަރެމެންނަށްވެސް ކުރެވޭނެ ކަންތައް ހުންނާނެ.

  9. އެއްވެސް ޤައުމެއްގެ ބަޔަކަށް ވަޒީފާ ދޭން ރާއްޖެއަށް މަޖުބޫރެއްނުކުރެވޭނެ، ރާއްޖެއިން ވަޒީފާ ދޭން ފެންނަ ބަޔަކަށް ވަޒީފާ ދެމުންގެންދާނެ، ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާ ކަމަށް ފެންނަ ކޮންމެ ކަމެއްް ހުއްޓުވުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު މިޤައުމަށް ލިބިގެންވާކަމަށް ޤާބޫލް ކުރަން، އަދި ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީން ގެ ޢަދަދު މަދުކުރުމަށް ސަރުކާރަށް އިލްތިމާސް ކުރަން.

  10. ޑިމޮކްރަޓިސްޓް

    އެކަމެއް ނޭންގެ.. އެތެރެވާވަރުން އެތެރެވަނީ.. ރިސޯޓްތަކުގަ ބޮޑު މަގާމެއްގަވިއްޔާ އިންޑިޔާމީހުން.. އަމިއްލަ ބޮޑު ކުންފުންޏެއްގަވިއްޔާ އިންޑިޔާމީހުން.. މިވާގޮތެއް ނޭންގެޔެއްނު..

  11. އައްޓަމަސް

    ވޯކްޕާރމިޓްހިފެހެއްޓުން އެޔީ ސަރުކާރުން އެޅިވަރަށް ރަނގަޅު ފިޔަވަޅެއް!އިންޑިޔާއަށް އެކަންޏެއްނޫނޭ ފިޔަވަޅު އެޅޭނީކީ؟! އަސްލު އިންޑިޔާގެ ނިކަމެތިންނަށް މާދެރަވާނެ ރާއްޖޭގެލޭބަރމާރކެޓްއެމީހުންނަށް ބަންދުވީމައި، އަނެއްކާރާއްޖެގައި އިންޑިޔާގެ ކިތައްވިޔަފާރިއެބައޮތް؟! ކިތައް ޑޮކްޓަރުން ނަރސްއިން ވަޒީފާގައި އުޅެނީ، އެމީހުންގެ ޖާގައަށް އެހެންގަވްމުތަކުން މީހުންލިބޭނެ! އަސްލު ރާއްޖެއަށްވުރެން އިންޑިޔާއަށްވާދަތި ކުޑައެއްނުވާނެ! އިންޑިޔާއަކީ ވަޒީފާނެތް އާބާދީއާއި ނިކަމެތިންވަރަށް ގިނަގަވްމެއް، އިންޑިޔާއަށް ދަތިވާކަމުގެ އަލާމާތެއް ތިޔަނޫހުގައިލިޔުންވެސްތީ! އިމިގްރޭޝަންއިން ވޯކްވިސާހުއްޓުވާފައިވާކަން އެޔީތެދެއް އިމިގްރޭޝަންއިން ގަބޫލުނުކުރިޔަސް!

  12. ޔާމިނަގެ ސަރުކާރަ ސާބަސް އެމީހުންވެސް އަަހަރުމެންނަ ހަދަނީ މިކަހަލަގޮތެ.

  13. ބަންގްލަދޭޝް މީހުން ގިނަވެގެން މިރާއްޖޭގެ މީހުން އެއްޗެހި ކިޔާއިރު ކީއްވެތޯ އިންޑިއާ މީހުން މިރާއްޖޭގެ ކުދި ވިޔަފާރި ތަކަށް އަތްބާނާފައިވާތީ އެއްޗެހި ނުކިޔަނީ؟ ބާޒާރުމަތީ ކިތައް ފިހާރަތޯ އިންޑިއާ ވަޔަފާރިވެރިންގެ ބާރުގެ ދަށުގައި އޮތީ. އިންޑިއާ މީހުންނަކީ މިރާއްޖޭގެ ރައްޓެހިންކަމަށް ބަލާނެ ޖާގަ މިހާރު ނެތް. އެހެންވީމާ އިންޑިއާއިން ގޯނާ ކުރާއިރު މިރާއްޖޭން ތިޔަ ފިޔަވަޅު އަޅާނަމަ އެކަމާއި އުފާކުރަން.

  14. ބައެއް ދިވެހިން މާބޮޑަށް މުއްސަދިވެ ، އަދި އަނެއްބަޔަކު މާ ބޮޑަށް ކައްނެއްވެ ކުރީގއަިވެސް އަމިއްލަޔަށް ކުރަމުން އައި މަސައްކަތްތައް ގަންނަ ލަދެއްގެ ސަބަބުން ނުކޮށް ބަޔަކާ ހަވާލުކުރުމުން ދިމާވަމުންދާ މައްސަލަތަކެއް ގެ ނަތީޖާ މިފެންނަނީ

  15. ރާއްޖެ އަށް އިންޑިއާ މީހުން އަންނަނީ އެއީ މަހު މުސާރަ މަހަކު 300 ޑޮލަރަށް ވުރެން ބޮޑު ކޮށޭ ނުޖެހޭނެއޭ އިންޑިއާ މަސައްކަތު މީހުންނަށް ވުރެން މަތީ މަގާމް ތަަކށް ވާރކް ވިސާ ދޭން 29 ހާސް އިންޑިއާ މީހުން ރާއްޖޭގައި ވަޒީފާ އަދާ ކުރާނަމަ އެއީ ގާތް ގަނޑަކަށް 29 ރަށުގެ އާބާދީއޭ އެއްގޮތަަކަށް ވެސް އިންޑިއާ މީހުންނަށް ވިސާ ދީގެން ނުވާނެއޭ އިމިގްރޭޝަން ދެން ރާއްޖޭން އިމިގްރޭޝަން އިން ވާރކް ވިސާ ދޭން ޖެހޭނީ ބަންގާޅު މީހުންނަށް އެކަނިއޭ އިންޑިއާ މީހުންނަށް ވާރކް ވިސާ އަދި ލަންކާ މީހުންނަށް ވާރކް ވިސާ ދޭން ޖެހޭނީ ރައީސް އޮފީހުގައި އޮންނަ އިކޮނޮމިކް ކައުންސިލުން ހުއްދަ ދިނުމުންނޭ ޔޫ ޑޯން ސީމް ޓު ނޯ ހައުމަޗް އިޒް ދަ ރިއަލް ޖޮބްލެސް ރޭޓް އޮފް މޯލްޑިވްސް..

  16. ރަނގަޅު އިންޑިއާ މީހުންނައް މިވަގުތު ވިސާދޭނެކަމެއް ނެތް. އެއީބޮޑުގައުމަކައް ވާތީ ވިސާނުދިނަސް އޯކޭޥަނެ.

  17. ރުޒާނާ ޗޮއްޕަޓު

    އެންމެ 2000!!!؟؟؟ އެންމެން ހުއްޓުވަންވީ

  18. މަހަށްދޭބަލަ

    އިންޑިއާ ގެ 29 ހާސް ރައްޔިތުން ރާއްޖޭގައި މަސައްކަތް ކުރާ ނަމަ މީ ވަރަށް މަތީ އަދަދެކޭ މީގެ ތެރޭގައި ގިނަ އިންޑިއަނުން ވަޒީފާ އަދާ ކުރަނީ އެއި ރިސޯރޓްސް ތަކުގެ މެދު ފަންތި އާއި އަދި މަތީ ފަންތީގެ ވަޒީފާ ތަކުގައޭ އިމިގްރޭޝަން އިން ހަދާން ކުރާތި އިންޑިއާ މީހުންނަށް ރާއްޖޭގެ އެއްވެސް ރިސޯރޓަކަށް އާދެވިގެން ނުވާނެ ޕްރޮޖެކްޓް މަސައްކަތަށް ވެސް އަދި އޮޕަރޭޓް ކުރާ ރިސޯރޓަކަށް ވެސް މަހަކު 300 ޑޮލަރަށް ވުރެން ބޮޑު މުސާރަ މަހަކު 300 ޑޮލަރަށް ވުރެން ބޮޑު މުސާރަ އެއް ދީގެން ނުވާނެއޭ ލަންކާ މީހަކަށް ވެސް ލަންކާ އަދި އިންޑިއާ މީހުންނަށް ވާރކް ވިސާ ދިނުން އިމިގްރޭޝަން އިން ހުއްޓާ ނުލާނަމަ ރާއްޖޭގެ ރިސޯރޓްސް ތަކުގައި އުފެދޭ ދިވެހިންނަށް އަދާ ކުރެވޭ ވަޒީފާ ތައް ދިވެހިންނަށް ލިބިގެން ނުދާނެއޭ އައްޑޫ ޝަންގްރިއްލާ ރިސޯރޓް ގައި ވެސް ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ މިއީއޭ އިންޑިއާ ލަންކާ މީހުންގެ ދުއްޕާނާއި ހެދި ދިވެއްސަކަށް ވަޒީފާ އެއް އެރިސޯރޓް އިން ނުލިބެއޭ މިކަން އައިބީ އަށް ނުބެލޭ ނަމަ އައިބީ މަހަށްދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ..

  19. ރަނގަޅު ކުރާނެ ކަމެއް ނެތް . ރޭޕިސްތާނު . އަމިއްލަ ޤައުމުގަ ވަޒީފާ އަދާކޮއްބަލަ .

  20. ހަމަ ރަނގަޅަށް ތިހަދަނީ.....އިންޑިޔާ އިން ވެސް ދިވެހި އާއިލާތައް ބޭރުކުރީ ވިސާ ނުދީ

  21. ހުރިހާ އިންޑިޔާ މީހުން ރާއްޖެއިން ފޮނުވާލަންވީ......ދަށު ވެގެން އުޅޭކަށް ނުޖެހޭ

  22. ވޯކް ވިސާ ނުދީ ހިފަހައްޓާފަ ބައި އެޅީމަ ދޫކުރޭ ބޮލަލަކައް 8000 ރުފިޔާ ދިނީމަ ބޯކޮއް ވޯކު ވިސާ ލިބޭ، ބަންގާޅުންނާ ޑީލް ހަދާފަ އޮންނަނީ މީ އެންމެން ދަންނަ ހަގީގަތެއް، ބަންގާޅުންވެސް ނުގެނެވޭ ލާރި ދިނީމަ ލިބޭ ވޯކްވިޒާ ވެސް ބޯކޮއް މިދުވަސް ކޮޅު މާކެޓްގަ އަގުރަންގަޅު ކޮއްލަން ކޮންޓްރޯލް ކޮއްގެން އުޅެނީ ވަލުދޮރާށިން ހަމަ ދިއްކޮއްލާ އިރައްވޭ މި ހަފުތާގަ ވެސް ވރައް ބަންގާޅުން ރާއްޖެ އެތެރެ ވާނެ މިބުނިގޮތައް

  23. އަތޮޅުފިހާރަތަށް ހިސޯރުކޮށްގެންތިބި އިންޑިޔާމީހުންތަށް ފޮނުވާލަދިނުމަށް އިއްޒަތްތެރި ރައީސަށް ނުހަނު އާދޭހާއިއެކު ގޮވައިލަން.

  24. އިންޑިޔާ މީހުނަށް ވޯކް ވިސާއެއް ނުލިބޭ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ އިންޑިއާ މީހުންނަށް ރާއްޖޭގެ ޑޮކްޓަރީ ކަން ފަދަ މަގާމް ތައް ފިޔަވައި ދެން ޓީޗަރުންނަށް ވެސް ދެން އިންޑިއާ މީހުން ގެނެސް ގެން ނުވާނެއޭ މިކަން ސަރުކާރުން ދަނެގަންނަންވީއޭ އިންޑިއާ ލަންކާ މީހުންނަށް ވާރކް ވިސާ އެއްގޮތަަކަށް ވެސް މަަހަކު 250 ޑޮލަރަށް ވުރެން ބޮޑު ކޮށް ނުދޭ ތަންތަނުގެ ގޮތުގައި ރިސޯރޓްސް ތައް އަދި ގެސްޓް ހައުސް ތައް ހަމަޖައްސަންވީއޭ ސަރުކާރުން. އިންޑިއާ އަދި ލަންކާ މީޙުންނަށް ރިސޯރޓްސް ތަކުން ވާރކް ވިސާ ދޭނަމަ ކުޅަދާނަ އެއް ނޫނޭ ރިސޯރޓްސް ތަކުގައި ތިބޭ ދިވެހިން ދެކެ އިންތިހާ އަށް ރުޅި އަންނަ ދޮން ޖީއެމް މެން ދިވެއްސަކު ރިސޯރޓް ގެ ވަޒީފާ ގައި ހަރުލިޔަވެސް ނުދޭނެއޭ އަބަދުވެސް ދިވެހިން ނަށް އެމެން ދޭން ބޭނުންވާނީ މަސައްކަތު މީހާގެ ވަޒީފާ އޭ ރިސޯރޓްސް ތަކުގެ ޖީއެމް މެންނަށް ތިބޭ އޮސްޓްރޭލިއާ މީހުންނޭ މީގެ އެންމެ ބޮޑު ރޯލް ކުޅެނީ މިކަން ކަން ބަލާ ރަނގަޅު ކުރާށޭ ނުޖެހޭނެއޭ އިންޑިއާ އަދި ލަންކާ އެކަކަށް ވެސް ރިސޯރޓްސް ތަކުން ވާރކް ވިސާ ދޭން މަމެން ދިވެހިންނަށް ހުރި ހުރިހާ ވަޒީފާ ތައް ލަންކާ އަދި އިންޑިއާ މީހުންނަށް ދީގެން ރިސޯރޓްސް ތަކުގެ އޯނަރުން އުޅޭ އުޅުމަށް ނިމުން ގެންނަން އެބަޖެހެއޭ ސަރުކާރުން ނުޖެހޭނެއޭ ރިސޯރޓްސް ތަކުގެ އޯނަރުން ބުނާ ގޮތް ހަދަން ސަރުކާރުން ޖެހޭނީ ދިވެހި ރައްޔިތުން ބުނާ ގޮތޭ ހަދަން އަހަރަކު 11 ހާސް ކުދިން ރާއްޖޭގެ ސްކޫލް ތައް ނިމޭއިރު ރާއްޖޭގެ ރިސޯރޓްސް ތަކުގެ ޑިޕާރޓްމެންޓް ހެޑް ކަން އަދި ޑިޕާރޓްމެންޓްެގެ މެދު ފަންތި އަދި މަތީފަންތީގެ ވަޒީފާ އަދާ ކުރާނެ ކުރެވޭނެ ދިވެއްސެއް ނެތް ކަމަށް މަޓީގެ ބޮޑުން އެބުނަނީ އެއީ އެއްގޮތަކަށް ވެސް މަމެން ގަބޫލުކުރާނެ ކަމެއް ނޫނޭ ކޮން މަޓީ އެއް ތޭ މަޓީ އޮޯޅާލަލަ ބަލަ އޮޅާލާ އޮޅާލާ އޮޅާލާ..ވެލް ޔޫ ކުޑްންޓް ބިލީވް ދެއަރ އިންސްޓްރަކްޝަން ދޭ އާރ ނޮޓް ދަ ވަންސް ވެލް އިލޫޝަން ވިލް ނެވަރ ޗޭންޖް ވިދް ދެމް ސޯ އައިގެސް ޔޫ ކުޑް ނޯ އިޓް ވެލް އިނަފް އައި ޑޯން ކެއަރ މަޓީ ދޭ ހޭވް ނޯ ލަވް ޓު ދަ ނޭޝަން ބައިދަވޭ ދަ ޕާރފެކްޓް ސްކައި އިޒް ޓޯރން ފޯރ ދެމް ޓޯރން ޓޯރން ޓޯރން ޓޯރން...

  25. މަމެންގެ ސުވާލަކީ އައްޑޫގައި އޮތް ޝަންގްރިއްލާ ރިސޯރޓް ގައި ތިބޭ މުވައްޒަފުންގެ އަދަދު 300 އަށް އަރާއިރު މިހާރު އެތަނުގައި އައްޑޫ 20 މީހުން ވެސް ވަޒީފާ އަދާ ނުކުރާއިރު ސްޕެޝަލީ އައްޑޫ ފަދަ ޓޫރިޒަމް އޮރިއެންޓެޑް ބަޔަކު ތިބި އަތޮޅަކުން ޝަންގްރިއްލާ ރިސޯރޓް ގައި ހުރި މެދު ފަންތިއާއި އަދި މަތީ ފަންތީގެ ވަޒީފާ ތައް އައްޑޫ މީހަކަށް ނުދީ އެރިސޯރޓް ހިންގާތާ 20 އަހަރު ވެގެން ދާއިރު އެކަން އިނގޭތޭ ޓޫރިޒަމް މިނިސްޓަރަށް އަދި އިކޮނޮމިކް މިނިސްޓަރަށް ރާއްޖޭގެ ރިސޯރޓްސް ތަކަަށް މަމެން ހޮލިޑޭ އަށް ދިއުމުން ވެސް މުޅިން ފީލް ވަނީ އެއީ ރާއްޖޭގެ ރިސޯރޓްސް ތަކަކީ އެއީ އިންޑިއާ އަދި ލަންކާ މީހުންނަށް ހުޅުވާފައިވާ ޖޮބް މާރކެޓެއް ހެންނޭ ސްޕެޝަލީ ބޭރު ޗެއިންސް ތަކުން ހިންގާ ރިސޯރޓްސް ތަކުގެ މެދު ފަންތި އަދި މަތީ ފަންތީގެ ވަޒީފާ އަކަށް ދިވެެއްސަކު ކައިރި ނުކުރުން މީސީދާ ޓޫރިޒަމް މިނިސްޓަރު އަދި އިކޮނޮމިކް މިނިސްޓަރުގެ އިހްމާލް ވަރަށ ބޮޑަށް އޮތް ކަމެއް ކަމަށޭ މަމެން މިދެެކެނީ. އައިޑޯންޓް ކެއަރ ޔޫއާރ އެނޯއިޑް ދިސް އިޒް ހައު އައި ފީލް...

  26. އިންޑިޔާ މީހުނަށް ވޯކް ވިސާއެއް ނުލިބޭ ނަމަ ކޮބާތޭ މައްސަލަ އަކީ ރާއްޖޭގައި އިންޑިއާގެ 29 ހާސް މީހުން ދެން ލަންކާ މީހުންގެ 50 ޙާސް މީހުން އެއްކުރުމުން މިހާރު ދަ ރާއްޖެތެރޭގެ މާލޭން އުުތުރުގެ ރަށް ތަކުގައި ދިިރިއުޅޭ ރިސައިޑިންގް އާބާދީ އަށް ވުރެން މިއަދަދު މައްޗަށް ދެއޭ އެކަމަކު ރާއްޖޭގެ ސްކޫލް ތައް ނިންމާފައި ތިބި ކުދިންނާއި އަދި ކިޔަވައިގެން އައިސް ފައި ތިބިކުދިންނަށް ސަރުކާރުގެ ވަޒީފާ އެއް ނުލިބިއްޖެނަމަ ދެން އެމެން ނަށް ރިސޯރޓަކުން އެއްވެސް މިންވަރަށް މަހަކު 300 ޑޮލަރަށް ވުރެން މަތީ ވަޒީފާ އެއް ނަމަ ދިވެއްސަކަށް ނުލިބެއޭ މިހުރިހާ މަގާމް ތައް އަދާ ކުރަނީ އެއީ ލަންކާ އަދި އިންޑިއާ މީހުންނޭ ރިސޯރޓްސް ތަކުގެ ވަކި ޑިޕާރޓްމެންޓްސް ތަކަކީ އެއީ އެއްގޮތަަަކަށް ވެސް ބޭރު މީހުންނަށް ވަޒީފާ ގައި ނޫޅެވޭނެ ޑިޕާރޓްމެންޓްސް ތަަކަށް ސަރުކާރުން ހަދަން ނުކެރިގެން އުޅެނީ ކިއެއްވެތޭ ހެދީމާ ހެދޭނެއޭ ދެން މަޖްބޫރު ކޮށްގެން ދިވެހިން ރިސޯރޓްސް ތަަކުގެ ވަޒީފާ އަށް ފޮނުވީމާ ނިމުނީ ނޫންތޭ. މިކަން ކުރާށޭ ކުރޭ ކީއްވެތޭ މިކަން ކުރަން އިކޮނޮމިކް މިނިސްޓަރު ފަސް ޖެހެނީ އެއީ އިންޑިއާ މީހުން އަތުން ލިބޭ ކަޓް އަށް ހުއްޓުމެއް އަތުވެދާނެތީތޭ އިމިގްރޭޝަން އަކީ އެއީ ރާއްޖޭގައި އޮތް އެންމެ ކޮރަޕްޓް މުވައްސަސާ ކަން އެއީ މާލޭގެ ގެތަކުގެ ލިވިންގް ރޫމްގެ ޑޮމެސްޓިކް ސްޓޯރީ އެކަމަކު މިކަމަށް ބީރު ކަންފަތެއް ދެނީ އިކޮނޮމިކް މިނިސްޓަރު ވެސް އަދި ރައީސް އޮފީސް ވެސް. ސްޕިންގް ހެޑް ބޭޑް ހެޑް އެވްރީ ބޮޑީ ހޭޒް ގޯން ބޭޑް އެން މޭޑް އެން ކްރޭޒީ އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް.

  27. އިންޑިޔާ މީހުނަށް ވޯކް ވިސާއެއް ނުލިބެއޭ ބުނުމުން އިމިގްރޭޝަން ގައި ތިބި ބޮޑުން ތައް ރިސޯރޓްސް ތަކުގައި ހުރި މެދު ފަންތިއާއި އަދި މަތީ ފަންތީގެ ވަޒީފާ ތަކަށް ވާރކް ވިސާ ދޭން ތެޅި ގަތީ އެއީ ހަގީގަތުގައި އިންޑިއާ އިން މީހުން ގެންނަން ދިވެހި ކޮންސްޓްރަކްޝަން ކުންފުނި ތަކުން ބޭނުންވަނީ މަސައްކަތު މީހުންނޭ އެކަމަކު އިމިގްރޭޝަން ގައި ތިބި ކޮރަޕްޓް އޮފިސަރުން ރިސޯރޓްސް ތަކުގައި ހުރި ދިވެހިންނަށް ރިޒާރވް ކުރެވިފައިވާ ހުރިހާ ވަޒީފާ ތަަކަށް އިންޑިއާ ލަންކާ މީހުން ގެންނަން ރިސޯރޓްސް ތަކުގެ ދޮން ޖީއެމްމެން ބުނެގެން އެކަން ކުރަންއޭ އެމެން މިއަދު ތެޅިގަތީ މިކަން ޖެހޭނެއޭ ރައީސް އޮފީހުން ބަލަން މިކަން ނުބަލައޭ އިކޮނޮމިކް މިނިސްޓަރު ސައީދު ވެސް އަދި ޓޫރިޒަމް މިނިސްޓަރު ވެސް މިކަން ބަލާށޭ ބަލާށޭ. އައި ކުޑް ސްޓޭ އަވޭކް ޖަސްޓް ޓު ހިއަރ ދިސް ނިއުސް އެން އައި ޑޯން ވޮނާ ކްލޯސް މައި އައިޒް އޮން ދިސް އައި ޑޯން ވޮނާ ކްލޯޒް މައި އައިޒް އޮން ދިސް އައި ޑޯން ވޮނާ ކްލޯޒް މައި އައިޒް އޮން ދިސް ޑޯން ވޮނާ ކްލޯޒް މައި އައިޒް އޮން ދިސް..

  28. މިކަމުގަ ރައިީސައް ހަމަ ސަާބަސް ސަާބަސް