ނޭޕާލްގައި ތައުލީމް ހާސިލް ކުރަމުންދާ ދިވެހި ދަރިވަރުންތަކެއް ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވީ ނޭޕާލްގައި މިވަގުތު ތައުލީމް ހާސިލް ކުރަމުންދާ ބައެއް ދަރިވަރުން ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.

"ރައްކާތެރިވެ ތިބުމަށް އެދި، އަދި އެކަކު އަނެކަކާ ގުޅުން ބޭއްވުމަށް އެދެން". އޭނާ ވިދާޅުވެފައި ވެއެވ.

ޑރ. މުހައްމަދު އަލީ މިގޮތަށް ވިދާޅުވިނަމަވެސް، އެގައުމުން ކޮވިޑަށް ފައްސިވެފައި ވަނީ ކިތައް ދިވެހި ދަރިވަރުންކަން ހާމަކޮށްފައެއް ނުވެއެވެ.

ނޭޕާލްއިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދުތައް ވަނީ 359,610 އަށް އަރާފައެވެ. އެ ގައުމުގައި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި +8,605 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައިވާއިރު، އިތުރު 58 މީހަކު ވަނީ އެ ގައުމުން ކޮވިޑް ބަލީގައި މަރުވެފައެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ، ދިވެހިން އާއްމުކޮށް މަތީ ތައުލީމް ހާސިލްކުރަަން ދާ އަވައްޓެރި ގައުމުތަކުގައި ކޮވިޑްގެ ނުރައްކާ ބޮޑުވެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އެ ދަރިވަރުންވެސް ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަގުތުންވަގުތައް

    ކިބޫ ކަލޭ މިފަހަރު ނޫސްވެރިންގެ ބައްދަލުވުމުގައި ގިސްލާތަން ދެކޭކަށް ބޭނުންނުވާ ވާހަކަ އެޑްވާންސްކޮށް ދަންނަވަމެވެ. ބޭނުންވަނީ ދިވެހިގައުމުގެ ސަލާމާތާއި ރައްކާތެރިކަމަށްޓަކައި ކަލޭމިހިނދުން މިހިނދަށް އިއުތިއުފާދިނުމެވެ.

    7
    1
  2. މަަ

    އަވަހަށް ރާއްޖެ ގެންނަން އުޅޭ