އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބެން ޖެހޭ ފައިސާތައް ޓްއަރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރެގެން އަހުމަދު އަދީބު އެކި މީހުންނަށް ބަހަމުން ގެންދިޔަ ދުވަސްވަރު އަދީބާއި ގާތް ގުޅުމެއް އޮންނާނެ ކަމަށާއި އޭރު މެސެޖުންނާއި ފޯނުން ވާހަކަދައްކާ ބައްދަލުކޮށްފައި ވެސް ހުންނާނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ނަމަވެސް އަދީބުގެ އަތުން ދުވަހަކުވެސް ފައިސާ ލިބިފައި ނުވާކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

އާޒިމް މިހެން ވިދާޅުވީ "އަދަދު" ނޫހަށް ދެއްވި އިންޓަވިއުއެއްގައެވެ.

އާޒިމް 2014 ވަނަ އަހަރު އަދީބަށް ފޮނުއްވި މެސެޖުތަކެއް ވަނީ ލީކް ވެފަ އެވެ. އެ މެސެޖްތަކުގައި އެކި ކަންކަމުގައި އެދިވަޑައިގެންފައިވެ އެވެ. އޭގެ ތެރޭގައި ވަރަށް ގިނަ ފަހަރު ބައްދަލު ކުރަން ބޭނުން ވެގެން އާޒިމް އަދީބުގެ ގާތު އެދިފައި އެބަހުއްޓެވެ. ކަނބާލިފަރުގެ ކޮންޓްރަކްޝަން ސިޓީއެއް ހޯދަން އާޒިމް ވަނީ އަދީބުގެ ފަރާތުން އެދިފަ އެވެ.

އާޒިމް ވިދާޅުވީ ކަނބާލިފަރުގައި ރިސޯޓް ހަދަމުން ދިޔަ ކުންފުނީގެ ތިން ޕަސެންޓް ހިއްސާ އޭރު އޭނާގެ އޮންނަ ކަމަށާއި އަދީބަށް އެ ރިސޯޓުގެ ކަމަކު ދަންނަވަން ޖެހުނީ ސަރުކާރުގެ ތެރެއިން ލިބެން ޖެހޭ އެހީތެރިކަން ނުލިބިގެން ކަމަށެވެ.

އެމްޑީޕީ ޕީޖީ ގުރޫޕުގެ ބައްދަލުވުމުގެ ކުރިންނާއި ފަހުން އަދީބާ ބައްދަލު ކުރަން ބޭނުން ވެގެން އާޒިމް މެސެކް ކޮށްފައި ވެއެވެ. ނަމަވެސް އާޒިމް ވިދާޅުވީ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގެ ކުރިން ބައްދަލު ކުރުމަކީ އަދި އެ ބައްދަލުވުމާ ގުޅޭގޮތުން ވާހަކަ ދެއްކުން ނޫން ކަމަށެވެ. ޕީޖީ ގުރޫޕުގެ އެއްވެސް ވާހަކައެއް އަދީބާ ދައްކާފައި ނުވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

މެސެޖްތަކުން އެނގޭ ގޮތުގައި އަދީބު ބޭނުންވާ ކަންކަން ކުރުމަށް ބައެއް އެމްޑީޕީ މެމްބަރުން ރުއްސުމަށް އަދީބު ވަނީ އާޒިމާއި މަޝްވަރާކޮށްފައެވެ.

އަދީބުގެ ގާތް، ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓު)ގެ ގެއަށް ވެސް ވަރަށް ގިނައިން ގޮސްފައި ހުންނާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. މެސެޖްތަކުން އެނގޭ ގޮތުގައި އޭގެ ތެރެއިން އެއް ބައްދަލުވުމަކަށް ދަބަހެއް ހިފައިގެން އައުމަށް އަދީބު އާޒިމަށް އަންގަ އެވެ.

ނަމަވެސް އާޒިމް ވިދާޅުވީ އެއީ ފައިސާ އަޅަން ގެންދަން އުޅުނު ދަބަހެއް ނޫން ކަމަށާއި އެއީ އަބްދުﷲ ޖަލީލް (ކޭންސޭޓް) އަށް ހަދިޔާއެއްގެ ގޮތުގައި އަދީބު ދެއްވި "ދިޔާ އެއްޗެއް" އެޅުމަށް ގެންދިޔަ ދަބަހެއް ކަމަށެވެ.

އާޒިމް ވިދާޅުވީ އޭނާއަށް ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވެސް ތުހުމަތު ނުކުރާ ކަމަށާއި ކުރާ ނަމަ އެ ކޮމިޝަން އުފެދުނުތާ ތިން އަހަރު ވާއިރު އެކަމާ ގުޅޭގޮތުން ސުވާލެއް ކުރާނެ ކަމަށެވެ.

"ވަރަށް ކެރިގެން ސާފުކޮށް އަޅުގަނޑުގެ މައްސަލައެއް ތަހުގީގުކޮށް ނިމިގެން ކޯޓާ ހިސާބަށް ދާ ހިސާބުން ވެސް އަޅުގަނޑު މި ގޮނޑީގައި ނީންނާނަން. ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ވެސް ނީންނާނަން. އެހާ އިތުބާރު އަޅުގަނޑަށް އެބައޮތް އެމްއެމްޕީއާރުސީގެ ފައިސާއެއް އަޅުގަނޑަށް ނުލިބޭކަން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އޭނާ އަކީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކަމުން އަންނަ މީހެއް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު ކިރިޔާވެސް އެ ފައިސާގައި އިންވޯލްވެ، ޖެހިފައި ނުވަތަ ޝައްކެއް ކުރެވިފައި އޮތް ނަމަވެސް އަޅުގަނޑު ނުދައްކާނެ ބައިވަރު ވާހަކަ އަޅުގަނޑު ހުންނާނެ ދައްކާފައި،" އާޒިމް ވިދާޅުވި އެވެ.

އާޒިމްގެ އިތުރުން ފައިސާ ލިބުނު މީހުންގެ ލިސްޓްގައި ހިމެނޭ ގިނަ ބޭފުޅުން ގެންދަވަނީ އެކަން ދޮގުކުރައްވާ މީޑިއާގައި ވާހަކަދައްކަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. Anonymous

  "ދިޔާ އެއްޗެއް"

  37
 2. ؟

  "ދިޔާ އެއްޗެއް" !!!!

  "އަދީބު ބޭނުންވާ ކަންކަން ކުރުމަށް ބައެއް އެމްޑީޕީ މެމްބަރުން ރުއްސުމަށް އަދީބު ވަނީ އާޒިމާއި މަޝްވަރާކޮށްފައެވެ." އެއީ ކޮންކަމަކަށް ރުއްސަންތޯ އަދި އެމެމްބަރުންނަށް އެއްޗެއްދޭވާހަކަ ނުހިމެނޭތޯ؟

  34
 3. ޖާބެ

  ހުސް ވަގުން ބޮޑެތި ވަގުން

  38
 4. ދަލާސްޓް

  އާޒިމޫ އަދީބު ބުނީ ދިޔާއެއްޗެއް އަޅަން އަތް ދަބަހެއް ގެންނަން. މިމީހުން ޤަބޫލު ކުރާގޮތުގައި ރާއްޖޭގައި އުޅެނީ ހުސް މޮޔައިން.

  53
  1
 5. އަށް ޓަ މަހާ

  މި މީހުން ކުރެ އެ ކަކ ކު ވެސް ނަހަދާނެ ތެދެއް@ ނެރުނު ލިސްޓުގައި ތިބި ބޭކ ކަލުން އެއިރު އަދީބާއި ބައްދަލު ކޮށް ހެދީ އެލާރި ހޯދަން@ މިހާރު އޭނަ އަތުގައި މޮ ކުސް ވެސް ނެތުމުން މީނަ ވެސް ނުދޭ ބައްދަލު ކުރާ ކަށެއް!

  31
  1
  • ހަނާ

   އޭނަ އަތުގަ އަދިވެސް ފައިސާާާ އެބަހުރި . މަހިތުން ފައިސާއިން ބަހައިގެން އުޅެނީ މަދު މިންވަރެއް
   އެންވެތާ ޢެތައްބަޔަކަށް މުސާރަ ދީގެން ޓީވީސްޓޭޝަނެއް ހިންގޭނީ

   22
 6. ބޫމް

  އެހެންވީމަ ތިޔަ ދަބަސް ގެންދިޔައީ އަދީބުދެއްވި ދިޔާއެއްޗެއްއެޅުމަށް ކަމަށް ބުނެވިއްޖެ ހެހެހެ ބުނެބަލަ ދަބަސްގެންދިޔައީ ހަނދުލާންވެގެންނޭ އަހަރުމެން ގަބޫލުކުރާނަން އެއީ ހަނދުވެސް ރުނބަޔަށްލާވިއްޔަ.

  39
  1
 7. އިބިލީސް

  ކޮން މޮޅު ވާހަކައެއް ދައްކާކަަށް. ތި މަޖިލީހެއްގައި ތިބީ ހުސް ތީގެ ވަގުން. ރާއްޖޭގައި ސިޔާސީ ދާއިރާއަށް މީހިން ވަންނަނީ ދެކަމެއް އޮވެގެން. އެއްކަމަކީ ވައްކަން ކުރަން. އަނެއްކަމަކީ ބޮޑެތި ކުއްކޮށް އޭގެން ރެކެން ނުވަތަ ހުކުމުންނާއި ތަހުޤީގުން ފިލަން ވެގެން.

  38
  1
 8. ަހަހު

  ކޯޗެއް

  17
 9. ކާފަ

  ހޯނ ހޯހ..އެއްކަލަ ވަގު ފިލާފަ ހުރެ އެންމެފަހުން ވަގުގެ ނަން ލިސްޓިން އުނިކުރީމަ އަނގަފަޅައިފި

  34
  1
 10. ވަގު

  ކަލޭ ކޮން ވާހަކައެއް ދަބަހެއް ހިފައިގެން ގޮސް ދައްކާނީ އަދީބާ. ކޯޓާ ހިސާބަށް ދަންދެން މަޑުނުކޮށް ގޮޑިން ފައިބާ

  30
 11. ނާޅި

  އަދީބް ދިން ހަދިޔާ ލިބުނު ހަމަ އެކަކުވެސް މިހާރު ހުރިކަމުގައި ނުވޭ އެންމެންވެސް ބުނަނީ އަދީބްގެ އަތުން އެންމެ ލޯލާރިޔެއްވެސް ނުލިބެޔޭ !

  19
 12. ރަބަރޭ

  ފައިސާ ލިބުނު ކަމަށް އެއްބަސް ވާނެ ކަމެއްނެތް

  10
 13. ބަުރޯ

  ދަބަހަށް، ވޮލެޓަށް، ޖީބަށް ދިޔާއެއްޗެއް އަޅާނެތަ.

  14
 14. އަހްމަދު

  ރީތި ގޮތުގައި އިސްތިއުފާ ދޭންވީމާ ކޮން ބަހަނާއެއްތޯ މިދައްކަނީ! މީސްމީހުނަށް ވަގަށް ގޮވިއިރު ނޭނގޭދޯ ތިމާވެއަށްވެސް މިހުރެވޭނީ އޭގެއިން އެތިކޮޅެއް ކައިލެވިގެންކަން!!!

  18
 15. ބާރ ބޯއި

  ދިޔާ އެއްޗެހި އުފުލާ ދަބަސް.

  18
  1
 16. ައަބޫބަކުރު އިސްމާއީލް

  އެންމެންވެސް ދަންނާނެ ޙަޤީޤަތަކީ ރައީސް ޢަބްދުﷲޔާމީން ފާޅުގައި އަވަހާރަކޮށްލުމަށް މަސައްކަތްކޮށްފައިވާ ކަން. އަދި އެކަންތަކަށް ދާންޖެހުން ސަބަބުވެސް އެބައޮތް. އެއިގެކުރިން ވިސްނަވަންވީ އެހާރާއި މިހާރުވެސް ޕީޕީއެމްގައި ތިއްބެވި ވަފާދާރު މެމްބަރުންނާއި އަދި ބައެއްބައި ބޭކަލުން ސަލާމަތަށްޓަކައި ޕާޓިއާއި ދުރަށްޖެލި ކަމުގައި ވީނަމަވެސް މިބޭކަލުންގެ ވޯޓްގަތުމަށް މިހާރު ޕީޕީއެމްގައި ވަރަށް އަޑުއުފުއްލަވަމުން އުޅުއްވާ ޑރ. ޖަމީލް ނައިބުރައީސްގެ މަޤާމުން ދުރުކުރުމަށް ވޯޓުގަންނަން އަދީބު އިންވެސްޓް ކުރެއްވީ އެބޭކަލުން ބޭނުންވި ކަމެއްކޮށްދީގެން. ވަރަށް ކާމިޔާބުކަމާއިއެކު އެފޭސް ނިއްމަވާފަ އަދީބު ވަޑައިގަތީ ރައީސްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް. އެހިސާބުން ޕާޓީއަށްލޮޅުން ތަކެއް އައި ޕާޓީގެ އިސް ބޭފުޅެއް އިސްނަންގަވައިގެން ނިކުންނެވީ. ތަފްސީލް ތިބޭކަލުންނަށް. ދެން އަދީބުވިސްނެވީ ހަމައެހިނދުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އަންނަން. ޔާމީން އަޒުލްކުރައްވައި ބަންދުކުރައްވަން އިންވެސްޓްކުރެއްވީ. ޖޫޑިޝަރީއަށް އިންވެސްޓުކުރެއްވީ އެކަންކުރެއްވުމަށް. އަދި މަޖްލީހުން ނޯކޮންފިޑެންޝަލްވޯޓެއްނަންގަވަން އަނެއްކާވެސް އިންވެސްޓްކުރެއްވި. އެފޭސް އެހިސާބަށް ދަތުރުނުދެވި ޔާމީންފުރައިވަޑައިގަތީ ޙަޖުގެ އަޅުކަމަށް. އެހެންނަމަވެސް އެކަންވާގޮތެއްނުވީ. ދެންވިސްނެވީ އަވަހާރަކޮށްލައްވަން. އެކަމަށް ކުރެއްވި އިންވެސްޓް ކާމިޔާބުވި އެހެންނަމަވެސް ލޯންޗްގޮއްވާލުންވީ ފުއްޕާހަމެއް ފަޅާލުންކަހަލަ މަޤްސަދުޙާސިލެއްނުވި. އަދި އެއިގެއިތުރުންވެސް ފިސްތޯލަބޭރުވެ ރައީސް ވަޑައިގަތް ކާރުކޮޅުގައި ހުންނެވި ބޭފުޅާޔަށްވެސް އެކަންކުރައްވާކަށް ނުކެރުނު. އެންމެ ފަހުން އަދީބު މަޅީގައި ބެދިއްޖެ. އަދީބު ފައިސާ ޚަރަދުކުރީ ދައުލަތުގެފައިސާއިން ދައުލަތުގެ ބޮޑުބައެއްގަންނަން. އެހެންނަމަވެސް އަދީބު ބަންދުވުމުން އެކަންތައް ފަންފުލުން ދިޔައީ. ރައީސް ޔާމީންހުންނެވީ ގަޓުގައި އެކަމަކު އިދިކޮޅުވާ މެމްބަރުންނަށް އިވެމުން ދިޔައީ ހަމަހިމޭނުން ގޮނޑީގައި އިންނެވުމަށް. ދޮގުކުރެއްވިޔަސް މަޖްލީސްތެރޭގައި މިނިސްޓަރުންގެ ތެރޭގައި ނެތް ފައިސާނުލިބޭ މީހެއް! ބަހާފައިސާއެއް ބަލައިގަންނާނެ. މަޤާމާއި މުއްސަދިކަން ބޭނުންވާނެ. މިއީ ދިވެހިރާއްޖެއަކީ. އަނެއްދިވެހިރާއްޖޭގައި ވެސް އެބަހުރި ދަބަރުފިލުވަންޖެހޭ ތަންތަން. މިއޮތީ ފިލްމެއް އަދީބުކުޅުއްވާފައިވާ ވަރަށްފުރިހަމަ ފިލްމެއް. ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ބޮންގޮއްވާލުން ވެދާނެ މިބޭކަލުންގެ ނަންތައް މީޑިއާމެދުވެރިކޮށް ހާމަކުރާނެ ކަމަށް ވިދާޅުވުމުން އައިހަމަލާޔަކަށްވެސް.

  6
  1
 17. ރައްކާވޭ

  ވަގުންނޭ ރައްކާވާން އުޅޭށޭ ރައްޔިތުންގެ ޚަޒާނާއިން ވައްކަން ކުރާ ވަގުންނޭ ރައްކާވޭ ވަގުންނޭ ރައްކާވޭ ވަގުންނޭ ރައްކާވޭ ވަގުންނޭ ރައްކާވޭ ވަގުންނޭ ރައްކާވޭ ވަގުންނޭ ރައްކާވޭ ވަގުންނޭ ރައްކާވޭ ވަގުންނޭ ރައްކާވޭ ވަގުންނޭ ރައްކާވޭ ވަގުންނޭ ރައްކާވޭ ވަގުންނޭ ރައްކާވޭ ވަގުންނޭ ރައްކާވޭ ވަގުންނޭ ރައްކާވޭ ވަގުންނޭ ރައްކާވޭ ވަގުންނޭ ރައްކާވޭ ވަގުންނޭ ރައްކާވޭ ވަގުންނޭ ރައްކާވޭ ވަގުންނޭ ރައްކާވޭ ވަގުންނޭ ރައްކާވޭ ވަގުންނޭ ރައްކާވޭ ވަގުންނޭ ރައްކާވޭ ވަގުންނޭ ރައްކާވޭ ވަގުންނޭ ރައްކާވޭ ވަގުންނޭ ރައްކާވޭ ވަގުންނޭ ރައްކާވޭ ވަގުންނޭ ރައްކާވޭ ވަގުންނޭ ރައްކާވޭ ވަގުންނޭ ރައްކާވޭ ވަގުންނޭ ރައްކާވޭ ވަގުންނޭ ރައްކާވޭ ވަގުންނޭ ރައްކާވޭ ވަގުންނޭ ރައްކާވޭ

 18. ޕެޑްމޭނަ

  ޢާޒިމަށް ރިސޯޓު ހަދަން ރަށް ލިބުނީ ދިޔާ އެއްޗެހިން އަގުދީގެންތޯ ޖެހޭ.

  13
 19. އަސްލުވަގުން

  ކަލޯ އޮރިޔާމުން މަގުމަތީގަ އުޅެންވީނު ހައްހާ!

 20. ދޮންދުބުރިމާ

  ސަލާ މަތްވާނެކަ
  މަށްހީނުކުރާތި
  ހަގީގަތްހޯދާފަ
  ހައްގުއަދަބުދޭނަން

 21. އައްޑޫ މީހާ

  ކަލޯ ދިޔާ ތެކެތި ހިއްޕަވާކަން ވަރަށް ސާފު ވެއްޖެ އެހެންވީމަ މިބުނަނީ ފައިސާވެސް. ދިޔާ ތަކެތިވެސް ހާދަހާ ވަރަކަށް ހަދިޔާގެ ގޮތުގައި ކަލޯއަށް ލިބިފަ ހުންނާނެއޭ