އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ހިޔާނާތުގައި ޝާމިލްވި ފަރާތްތައް ކަމަށް ތުހުމަތުކޮށް އެސެޓް ރީކަވަރީ ކޮމިޝަނުން ލިސްޓެއް އެކުލަވާލާފައި ވަނީ ވަރަށް ނާތަހުޒީބުކޮށް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓުގައި ހުސެއިން ވަހީދުގެ ނަން އޮތެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ހުސެއިން ވަހީދަށް ދެ ލައްކަ ރުފިޔާ ލިބިފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި އެ ފައިސާގެ އިތުރުން ޗެކަކުން ވެސް ފައިސާ ހަވާލު ކުރި ކަމަށާއި އެއީ "10،000 ނޫނީ 50،000" ގެ ޗެކެއް ކަމަށްވެސް ތުހުމަތު ކުރެވިފައެވެ.
ހުސެއިން ވަހީދު ވަނީ މި ތުހުމަތުތައް ދޮގު ކުރައްވައިފައެވެ.
ހުސެއިން ވަހީދު "ވަގުތަށް" ވިދާޅުވީ މިހާރު އާންމުކޮށްފައިވާ ލިސްޓް އެކުލަވާލާފައި ވަނީ އިންސާފްވެރިކޮށް ކަމުގައި ގަބޫލު ނުކުރައްވާ ކަމަށެވެ. އޭނާ ވަނީ މައުސޫމް އެތައް ބައެއްގެ ނަން އެލިސްޓުގައި އޮތްކަން ފާހަގަކުރައް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
"ތި ލިސްޓް އެކުލަވާލާފައި ވަނީ ވަރަށް ނާތަހުޒީބުކޮށް، އިންސާފްވެރިކޮށް އެކުލަވާލާފައިވާ ލިސްޓެއް ކަމަކަށް އަޅުގަނޑެއް ނުދެކެން." ހުސައިން ވަހީދު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ 281 މީހުންގެ ނަން ރިޔާސީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހާ ޚިއްސާ ކުރި އިރު، އެ ލިސްޓު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ހިމެނޭހެން އެކުލަވާލާފައިވާ ޖޮއިންޓް ކޮމިޓީން ދިރާސާ ކުރުމަށްފަހު ވަނީ އާންމުކޮށްފައެވެ.
ވަހީދުގެ އިތުރުން ސުޕްރިޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދުގެ ނަން ވެސް އެ ލިސްޓުގައި އެބައޮތެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި މިދިޔަ ސަރުކާރުގެ އިސް ބޭފުޅުންނާއި މި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވައެވެ. މަޖިލިސް މެންބަރުންނާއި ވަޒީރުންނާއި ބައެއް ވިޔަފާރިވެރިންނާއި އާންމުން ވެސް ލިސްޓުގައި ހިމެނެއެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމް ބޭނުމަށް ދޫކޮށްފައިވާ ފަޅުތަކާއި ފަޅު ރަށްތަކުން ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާއިރު، އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ސޯލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ކަމަށް ޓަކައި ރިޔާސީ ކޮމިޝަނެއް އެކުލަވާލައްވައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހާއި، ފުލުހުން ހިމެނޭ ގޮތަށް ޖޮއިންޓް އިންވެސްޓިގޭޓިވް ކޮމިޝަނެއް ވެސް އެކުލަވާލާފައިވެއެވެ.
ބިރު ގަތީ ދޯ ! ވަރަށް އަވަހަށް މައްސަލަ ބަލަން އުޅެނީ! ތި ވާހަކަ ޝަރީޢަތުގައި ދައްކަން ރެޑީވެ ހުރެ
ޗޯރް
ރިއަލް ސީ.ޕީ ހުސެން ސަރ 03 ލައްކަ؟ ލޮލް އަދި އެހާ ޑީ.ގްރޭޑް ނުވާނެ ސަރ އެއް. އެހެން ނޫން ޑޭވިޑް ކޮށްފާނެ އެއީ ސީން އަކުން 500ރ ވެސް ޖީބައްލަިގެން ދާން އުޅުނު މީހެއް. އިންޝާ ﷲ އަހަރެމެންގެ ދުުޢާ އެއް ހުސެން ސަރ އަވަހަށް އައިސް ސީޕީ ކަމާ ހަވާލު ވުން އިންޝާ ﷲ. އާނީން.
ތަހުޒީބުވިއަސް ނުވިއަސް ބޭފުޅާ އަދީބުއަތުން ރިސްވަތު ނުހޯދަވަންތޯ. މާތްﷲ ދެ ކެބިރުވެސް ނުގަންނަނީތޯ.
ޢެކަމަކު ފައިސަގެ އަތްލެވިދޮއްތީ ހުރީ؟
މިރާއްޖޭގައި ތަހްޒީބްކޮށް ކުރާކަމެއް އޮވޭތަ. އެތަނެއްގައި އުޅޭމީހުން އުޅޭގޮތަށް ދޯ ހުރިހާ ކަމެއް ހިގާނީ. ކިތެއްމެވަރަކަށް ބޭރުން ކިޔައިވައިގެން އަޔަސް އުޅޭނީ މިދެއްނެވިގޮތަށް. ފައިސާ ދިއްކޮއްލައިފިއްޔާ ހިފާމީހުން ގިނައީ.
ދެން އިންސާފުން ނުން ކަމަށް ބުނެ، މައުސޫމް މީހުންގެ ވާހަ ކަ ބުނާއިރު ، އިންސާފަ ކީ ކޮބަ އި ކަން މަރުމޯލް ސީޕީ ބުނެދީބަލަ