ޤާނޫން އަސާސީން ބޭރަކަށް ދިވެހި ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވަޑައިނުގަންްނަވާކަމަށް ރައްޔަތުންގެ މަޖިލީހުގެ މެންބަރު އާރިފް ވިދާޅުވެއްޖެއެވެ.

މިގޮތަށް އާރިފް ވިދާޅުވީ މިހާރު ރުމާލު 2 ޖަގަހައިގައި ކުރިޔަށްދާ ޖައްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާރިފް ވިދާޅުވީ ޤާނޫން އަސާސީ އޮޅުވާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށާއި ބައެއްް ޤާނޫނީ ވަކީލުންވެސް ރައްޔަތުންނަށް އޮޅުވާލުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. މިޖަލްސާގައި އާރިފްވަނީ ޤާނޫން އަސާސީގެ އެތައް މާއްދާތަކެއް ރައްޔަތުންނަށް ހާމަކޮށްދެއްވާފައެވެ. މިޖަލްސާގައި ވަރަށް ފޯރީގައި ވާހަކަ ދައްކަވަމުން އާރިފް ވިދާޅުވީ ދައުލަތުގެ އެންމެ މަތީ ވެރިޔަކީ، އަދި ސަރުކާރުގެ އެންމެ މަތީ ވެރިޔަކީ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހުރިއްޔާކަމަށް ދިވެހި ރާއްޖޭގެ ޤާނޫން އަސާސީގެ 106 ވަނަ މާއްދާ އޮންނާނެ ކަމަށެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އާރިފް ވިދާޅުވީ ބޭރުގެ ޕުރެޝާރތައް ރާއްޖެއަށް އަންނަނީ ރާއްޖޭގައި އިސްލާމީ ނިޒާމްތައް ތަންފީޒްކުރަމުންދާތީ ކަމަށާއި ދިވެހި ރާއްޖޭގައި ބޭރުގެ ފަރާތްތަކުން އެބުނާ ދީނާ ޚިލާފު ކަންތަކަށް ޖާގަ ދޭންފަށާފިނަމަ ބޭރުގެ ފަރާތްތަކަށް ރައީސް ޔާމީންވަރުގެ ވެރިޔަކު ނުހުންނާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަރުގޮނު

    ބަލަ އާރިފް. ޤާނޫނު އަސާސީ އޭ ނުކިޔާ. އެހެން ކިއުމުން އެފޮތަށް ލިބުނު ހައިބަތު މިހާރަކު ނެތް. ދެންވީ އެހެން ނަމެއް ކިޔަން. އޭގެ އަގު ވައްޓާލީ ތިޔަ ޕީ.ޕީ.އެމް.

  2. ހިޔަޅު

    ކަލޯއާރިފޫ ޤާނޫނު އަސާސީއޭ ނުކިޔާތި
    ޔާމީނުއަސާސީ ކިޔާބަލަ އޭރުން އޯކޭ