ބާ ކައުންސިލުން ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީ ހިމެނޭ ސިއްކަ، ޤާނޫނީ ފަންނުގެ ޤާނޫނާއި، ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދާއި ޚިލާފަށް ބޭނުންކޮށްފައި ވާތީ ޤާނޫނީ ވަކީލު އަލްއުސްތާޛާ މެހެނާޒް ޙުސައިން، އާއި އަލްއުސްތާޛު ޒުންނަވާރު ސަލީމްް -/50,000 (ފަންސާސް ހާސް) ރުފިޔާ އިން ޖޫރިމަނާ ކުރުމަށާއި، އަލްއުސްތާޛާ މެހެނާޒް ޙުސައިންގެ ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ އެއް އަހަރު ދުވަހުގެ މުއްދަތަށް ހިފެހެއްޓުމަށް، ބާކައުންސިލުން ނިންމައިފިއެވެ.
ބާކައުންސިލުން ނެރުނު ބަޔާނެއްގައި ވިދާޅުވީ އަމިއްލަ ދެ ކުންފުންޏެއްގެ ދެމެދުގައި ކުރެވުނު އެއްބަސްވުމެއް ނޯޓަރައިޒްކުރުމަށްޓަކައި އަލްއުސްތާޛާ މެހެނާޒް ޙުސައިން ދިވެހިރާއްޖޭގެ ބާ ކައުންސިލުން ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީ ހިމެނޭ ސިއްކަ، ބާ ކައުންސިލުން ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ދީފައިނުވާ ފަރާތެއް ކަމުގައިވާ އަލްއުސްތާޛު ޒުންނަވާރު ސަލީމްއަށް ދީފައިވާ ކަމަށެވެ.
އޭނާ ޖޫރިމަނާކޮށް ސަސްޕެންޑް ކުރުމުގައި އިތުރަށް ބެލި ކަންކަމުގެ ތެރޭގައި ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރާ ޤާނޫނީ ވަކީލަކީ ނޯޓަރީގެ ޚިދުމަތް ލިބިގަންނަ ފަރާތުގެ ޤާނޫނީ ވަކީލަށް ވެގެން ނުވާނެކަމަށް ބަޔާންކޮށްފައިވާއިރު އެ އުސޫލާ ޚިލާފަށް މެހެނާޒް ޙުސައިން ޢަމަލުކޮށްފައިވުން ވެސް ބާކައުންސިލުން ފާހަގަ ކުރެއެވެ.
މީގެ އިތުރުން ނޯޓަރައިޒްކޮށްދޭ ލިޔެކިޔުމުގެ ބާވަތާއި ސޮއިކުރި ފަރާތްތަކުގެ މަޢުލޫމާތު ބަލަހައްޓާފައިނުވާތީ އާއި، އަދި ބާ ކައުންސިލުން މެހެނާޒް ޙުސައިން އަށް ޕަބްލިކް ނޯޓަރީގެ ހުއްދަ ދޫކުރުމުގެ ކުރިން އެކި ފަރާތްތަކަށް ނޯޓަރައިޒް ކުރުމުގެ ޚިދުމަތް ފޯރުކޮށްދީފައިވެސް ވާކަމަށް ވެސް ބާކައުންސިލުން ވިދާޅުވިއެވެ.
މެހެނާޒް ޙުސައިން އާއި ޒުންނަވާރު ސަލީމް ހިންގާފައިވާ ޢަމަލަކީ، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގައި ޤާނޫނީ ވަކީލުން ޢަމަލުކުރަން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ޚިލާފު، ޢާންމު މުޖުތަމަޢުގެ މެދުގައި ޤާނޫނީ ވަކީލުންނާއި ޤާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާމެދު އިތުބާރު ގެއްލޭ ފަދަ އަދި ނަޒާހަތްތެރިވުމުގެ އުސޫލާ ޚިލާފަށް ކޮށްފައިވާ ޢަމަލަކަށްވާތީ، މި މައްސަލަތައް ކަމާބެހޭ އިޖުރާޢަތުތަކުގެ ތެރެއިން ކުރިއަށް ގެންދިއުމަށްވެސް ވަނީ ނިންމާފައިވާ ކަމަށް ބާކައުންސިލުން ވިދާޅުވިއެވެ.
ޕަބްލިކް ނޯޓަރީއެއްގެ މަސައްކަތަކީ ޤާނޫނީ ލިޔެކިޔުންތަކުގައި ސޮއިކުރާ ފަރާތްތަކުގެ އައިޑެންޓިޓީ ބަލައި، ކަށަވަރުކޮށްދީ، އެފަދަ ލިޔެކިޔުމުގައި ސޮއިކުރާ ފަރާތްތަކަށް އޭގައި ބަޔާންކުރާ އެއްޗެއް އެނގޭކަން ކަށަވަރުކޮށް، އެފަދަ ލިޔެކިޔުންތަކުގައި އެފަރާތްތަކުން ސޮއިކުރިކަން ހެކިކޮށްދީ، އެނޫންވެސް އެފަދަ ލިޔުންތަކުގެ ޞައްޙަކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމެވެ.
ސިއްކަ ބޭނުންކުރެވޭނީ ސިއްކަގޭ ކުދިންނަށްއެކަނި!
ކަނޑައެޅިގެން ޙަޤީޤަތާއި ޚިލާފަށް ވަކާލާތުކުރާ ވަކީލުންނާއިމެދުވެސް އެބަޖެހޭ ފިޔަވަޅުއަޅަން.
ބަލަ އެހެންވިއްޔާ ހާދަގިނަ ގާޒީނެއް މިހާރުވެސް އެއްކަމެއްގައި އެކިމީހުންނަށް ތަފާތު ހުކުންތައްކޮށް ޖަލުގައެއްބަޔަކު. އަނެއްބަޔަކު ގޭގައެބަތިއްބޭ، 800 އަހަރަށް ޖަލަށް ލުމުގެ ހުކުންހުރިމީހުން 1ދުވަހަށް ހުކުން ބަދަލުކުރުންވެސް ވާނެދޯ ޤަވައިދާ ޚިލާފުވީކަމަށް،
ބާކައުންސެލް ވެސް އުޅެނީ ބޯވަޔެއްހެން މުޅި އޮޑީގައި ހަސަނުގެ ދެފައި އޮވެޔޭ ބުނާހެން ބާކައުން ސެލުން ނުބެހޭ ކަމެއްނޯވޭ !
ތ..ތި ކަން ނުކުރާ އެ ކަކުވެސް ތިތާ އުޅޭނެބާ ތިޔައީ ހަމަ ޓްރާންސްޕޯޓް، ކަސްޓަމް ، އިމިގްރޭސަން ކަހަލަ ތަންތަން ހުރިހާ އެންމެން ބައި އަޅާނެ...މިފަހަރު ކޮންމެވެސް ޖެލަސީ އެއް އުޅޭތީ ....ފަޅާއަރުވާޯ...
ތި ތަން ވެއްޖެނޫންބާ ބަންދުކުރަން! ޒުންނަވާރުގެ އަތުގައި ކީއްވެބާ ހުއްދަ އޮންނަނީ މިހާރުވެސް؟ ސެޓްފިކެޓްތައް ފޯޖުކޮށް ހުށަހެޅުންފަދަ ކަންކަމަކީ އާދައިގެ ކުޑަކަމެއްނޫން. އެފަދަ މީހަކަށް ޤާނޫނީ ފަންނުގެ ދާއިރާގައި މަސައްކަތް ކުރުމަށް ހުއުްދަ ދޫކޮށްފައި އޮތުމަކީ ދާއިރާގެ އަގުވެސް ވެއްޓޭނެކަމެއް. މިހުންނަނީ ވަރަށްދެރަ ކަަންތައްތައް.
މިހާރު ހުއްދަ ނެތީމަ، އަނބިމީހާ ވަކީލަކަށްވީމަ އެކަމަނާގެ ހުއްދަ ބޭނުންކުރާ ވާހަކަ މީގަ ލިޔެފައޮތީ...ރަނގަޅަށް ކިޔާބަލަ