މަސްދަރު ހާމަނުކޮށް، ބައެއް ނޫސްތަކުން ދެކޭ ގޮތަށް ލިޔަމުންދާ ކަމަށާއި އެކަމާ މެދު ހިތާމަކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އެމްޑީޕީގެ މެންބަރު ހިސާން ހުސައިން މިއަދު ވިދާޅުވެއްޖެއެވެ.
"ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި" ސުރުޚީގެ ދަށުން "މިހާރު" ނޫހުގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ނަޝީދުގެ ސެކިއުރިޓީ އާއި އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ.ކެނެރީގެ ސަލާމަތާ ގުޅުން ހުރި ކަންތައްތަކާ ގުޅޭ ގޮތުން މަޖިލީހުގައި ކުރިއަށްދާ ބަހުސްގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ، މަޖިލީހުން ބަލަމުންދަނީ މީޑިއާގައި އޮތް ހަބަރެއް ނުވަތަ ވަކި ނޫހެއްގެ މަސްދަރެއް ނޫން ކަމަށެވެ.
"މިހާރު" ނޫހުގެ އާޓިކަލްގައި މައުލޫމާތު ދިން މަސްދަރު ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ހަވާލާދިފާއިވަނީ އެމްއެންޑީއެފްގެ ބޭފުޅަކާއެވެ.
އޭނާ ވިދާޅުވީ، ބަލަމުން ދަނީ ގައުމީ ސަލާމަތަށް ނުރައްކާތެރިވާ ގޮތަށް ބަޔަކު އަމަލުކޮށްފައިވާ މައްސަލަ ކަމަށެވެ. ނުވަތަ ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ ހައްސާސް މައުލޫމާތުތަކެއް ލީކުވި މައްސަލައެވެ.
ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ހިސާން ވިދާޅުވީ މަޖިލީހުގެ ވިސްނުމަކީ އެއްވެސް ހާލެއްގައި ނޫސްވެރިޔަކު ހާޒިރުކޮށް މައުލޫމާތު ހޯދުން ނޫން ކަމަށެވެ. ނަމަވެސް "މަސްދަރު" ހާމަނުކޮށް ބައެއް ނޫސްތަކުން އަމިއްލަ ވާހަކަތައް ލިޔަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ވަރަށް ފާހަގަކޮށްލަން ހިތާމާއާއެކު. އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ ނޫސްތަކުން ބައެއް ފަހަރު މަސްދަރު ވިދާޅުނުވެ އެ ބޭފުޅުން އަމިއްލައަށް އެ ބޭފުޅުންގެ ސިކުނޑިއަށް ގެންނަ ވިސްނުމެއްވެސް ލިޔާކަަން" ހިސާން ވިދާޅުވިއެވެ.
މަޖިލީހުން ކުރަމުންދާ މަސައްކަތަކީ މީޑިއާގެ މިނިވަންކަން ދަމަހައްޓައި މުއައްސަސާތައް ޖަވާބުދާރީ ކުރުވުންކަން އޭނާ ފާހަގަކުރެއްވިއެވެ.
"މިހާރު" ނޫހުގައި ޝާއިއު ކުރި ރިޕޯޓާ ގުޅިގެން 241 ކޮމިޓީން އެ މައްސަލަ ބަލަމުންދާ ކަން މަޖިލީހުގެ އިދާރާއިން މިދިޔަ ހޮނިހިރު ދުވަހު ވަނީ ހާމަކޮށްފައެވެ. މި ކަމާ ގުޅިގެން ނޫހަށް މައުލޫމާތު ދިން މަސްދަރު ހޯދަން މަސައްކަތް ކޮށްފާނެތީ ދިވެހި ނޫސްވެރިން ތަމްސީލް ކުރައްވާ ޖަމްއިއްޔާތައް ކަމުގައިވާ އެޑިޓާސް ގިލްޑްއާއި، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ އިތުރުން މީޑިއާ ކައުންސިލުން ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ހާދަ ވަރަކަށް ފުށް ޖަހައިގެން
މިކަމުގައި މާރިއާ އިސްތިއުފާއަށް ގޮަވައި، އަދި މަޖިލިސް ތެރެއިން ހިސާން މިކަން މިހާބޮޑަށް ކުއްވެރިކުރާއިރު ނަޝީދުގެ އަނބި ކަނބަލުން ލައިލާ އެއްޗެއް ވިދާޅުވިތޯ.
ދެން ކީއްވެ ތިވަރަށް ތި ތެޅިބާލަނީ؟ ހަމަ ޖެހޭ ވާހަަކަ ދައްކަން ދަސްކޮއްދީބަލަ ޕާޓީ ކުދިންނަށް!
މިއުަޅޭ އައުރަނިވާނުކުރާ ހިސާނު ކޫލޫނު މާމޮޅު ގާނޫނީ މީހަކައްވެގެ މީނަގެލޯފަމުން މައްސަލަބަލަމުން ދާއިރު ހިތަކައްނާރާބާ މިހާރު ބާރުކެޑެމުންއަނަކަން މިވެރކަން ދިޔާމާ ކުޑަގޮޅި ހިތުން ލައިލާއައް ލޮޓިދިނީމަ ވަރައްބޮޑާވެފައި ތިހިރި؟؟
ލައިލާ ބުނީ ނަސީދަށް މިހާރު ހަތަރެސް ފައިން ޓާ ޓާ ކިޔައިފީމޭ ދެން ހޯ ހޯ ހޯ ...
ހައް......ހާ.......ހާ........!
މިކޮއި ވަރަށް ހާޓް ވާނެ ސޭކު ސޮރުގެ ސެކިޔުރިޓީ މައްސަލައިގައި. އެއީ މޮޔަސޮރުގެ ސައިޑް ކަޓެއް.
ހިތުގައިވާ ގޮތްވެސް ، ސިއްރުގޮތްވެސް ހިސާނުއަށް އިގޭދެއްތޯ ...ހެހެހެ