ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ހާލުކޮޅު ރަނގަޅު ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އަށް ފައްސިވެފައިވާ ނަސްރީނާގެ ހާލަތާއި ގުޅޭ ގޮތުން މައުމޫން ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާތްﷲ ގެ ހެޔޮ ރަޙްމަތްފުޅުން ނަސްރީނާގެ ޙާލު ރަނގަޅު ކަމަށެވެ.

"މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން ނަސްރީނާގެ ޙާލު ރަނގަޅު. ހުރިހާބޭފުޅުންގެ ހެޔޮދުޢާއަށް ޝުކުރުދަންނަވަން. ކޮވިޑް ބަލި ތަޙަންމުލު ކުރައްވަމުން ގެންދަވާ އެންމެހާ ބޭފުޅުންނަށް މާތް ﷲ އަވަސްޝިފާއެއް މިންވަރު ކުރައްވާށި! އާމީން!." މައުމޫންގެ ޓްވީޓްގައި ވިދާޅުވިއެވެ.

ނަސްރީނާ ކޮވިޑަށް ފައްސިވީ މީގެ ތިން ދުވަސް ކުރިންނެވެ.

ނަސްރީނާގެ އުމުރުފުޅުން މިހާރު 71 އަހަރެވެ. އެހެންކަމުން އެކަމަނާ އަކީ ކޮވިޑްގެ ހައިރިސްކް ކެޓަގަރީގައި ހިމެނޭ ބޭކަނބަލެކެވެ.

ރައީސް މައުމޫނާއި ނަސްރީނާ ވެސް ވަނީ ކޮވިޑް ވެކްސިން ފުރިހަމަ ކުރައްވާފައެވެ.

މީގެ ކުރިން ރައީސް މައުމޫން ވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ. ރައީސް މައުމޫން ކޮވިޑަށް ފައްސިވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުއެވެ. ތިން ހަފްތާ ދުވަހު އެމަނިކުފާނު ހޮސްޕިޓަލްގައި އޮންނެވިއެވެ.

ނަސްރީނާގެ އިތުރުން އާއިލާގެ އެހެން ބޭފުޅަކު ކޮވިޑަށް ފައްސިވިކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރީނދޫ

    މައުމޫނު މިއީ މިގައުމުގެ ހަލާކު

    4
    10
    • ފާއިޒާ

      ފާޑުފާޑަށް އަހަރެމެންގެޒަ އީމާނުބެހޭތި!!

  2. Anonymous

    الحمدلله

    7
    1
  3. ގުއްޓި

    މައުމޫނާއި ނަސްރީނާ އަކީ ރައްޔިތުންނައް ޖެހިފަ އޮތް ދެވަނަ ކޮރޯނާ މި ދެމީހުން މިގައުމު އެއްކޮއް ކައި ހުސް ކޮއްފި

    2
    7
    • ފާއިޒާ

      ގު އްޓިބުނަންތަވާހަކަ އެ އް ތިޔަ އަނގަ މަޑުންލަ އިގެންހުރެވޭތޯބަލާ !! މަށަށްހީވަނީ ގު އްޓި އަކީ
      ވަކަރުގޭދަރި އެ އްހެން ؟؟ ރަނގަޅަށްތަމިހީކުރެވުނީ ؟،

      • އައްދެއްޔޯތް

        ފާއިޒާ ގެންގުޅޭ ފޯނުގެ “ސްޕޭސް” ބަޓަން މައްސަލަ ޖެހިފަތަ؟

  4. ފާއިޒާ

    އަލްހަމްދުލިﷲ