ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ޒުވާނުން ބާރުވެރިކުރުވާ ޒުވާނުންނަށް ކުޅިވަރުގެ ރޮގުން ފުރުސަތުތަށް ހޯދައިދިނުމަށް ރާއްޖޭގެ ރަށްތަކުގައި އަޅާ ކުޅިވަރު އެރީނާގެ ދަށުން ބ އަތޮޅުގެ ރަށްތަކުގައި އަޅާ ފުޓްސަލް ދަނޑުތަށް އެޅުމަށް ބޭނުންވާ ސާމާނު އެ ރަށްރަށަށް ގެންދަން ފަށައިފިއެވެ.

ފުޓްސަލް ދަނޑުތަށް އެޅުމަށް ބޭނުންވާ ސާމާނު މިހާރު ބ. ދަރަވަންދޫގައި ހުރި އިރު އެ ސަާމާނު އަތޮޅުގެ އެހެން ރަށްރަށް ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ކުޅިވަރު އެރީނާގެ ދަށުން އަޅާ ފުޓްސަލް ދަނޑު އެޅުމަށް ބޭނުންވާ ސާމާނު ފޯރުކުރަން ނިންމާފައިވާ ރަށްތަކަކީ ބ. ދަރަވަންދޫ، ބ، ކެންދޫ، ބ. ކުޑަރިކިލު، ބ.މާޅޯސް، ބ.ގޮއިދޫ އަދި ކަމަދޫގެ އިތުރުން ހިތާދޫއެވެ.