ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް ތުނބުޅި ބެހެއްޓޭނެ ގޮތް ހަދައި ދިނުމަށް އެދި ދައުލަތުގެ ކަމާއި ބެހޭ އިދާރާތަކަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފިއެވެ.
މީސްމީޑިއާގައި މިހާރު ދައުރުވަމުން އަންނަ އެ ޕެޓިޝަނަކީ އިބްރާހީމް ސިއްދީގު ނަމަކަށް ކިޔާ މީހަކު ހަދާފައިވާ ޕެޓިޝަނެކެވެ. އެޕެޓިޝަންގައި އޭނާ ބުނެފައިވަނީ އެއީ ރިސޯޓު މުވައްޒަފުންނަށް ތުނބުޅި ބަހެއްޓޭ ގޮތް ހަދައި ދިނުމަށް އެދި ދައުލަތުގެ މުއައްސަސާތަކަށާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލުމަށް ސޮއި ކުރާ ޕެޓިޝަނެއް ކަމަށެވެ.
މީގެ ދެ ދުވަސް ކުރިން ހަދާފައިވާ މި ޕެޓިޝަނަށް 1،500 މީހުންގެ ސޮއި ހޯދަން ނިންމާފައިވާއިރު، މިހާތަނަށް 1،174 މީހަކު ވަނީ މި ޕެޓިޝަންގައި ސޮއި ކޮށްފައެވެ.
މި ޕެޓިޝަންގައި ސޮއިކުރި މީހަކު ބުނެފައި ވަނީ، ތުނބުޅި ބެހެއްޓިއަސް ފަތުރުވެރިންނަށް އެއީ މައްސަލައަަކަށް ނުވާ ކަމަށެވެ. އެހެންކަމުން ފަތުރުވެރިންނަށް އެއީ ނޫން ކަމުގައިވާނަމަ، އެކަން މަނާ ކުރަންވީ ކީއްވެތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.
ޕެޓިޝަންގައި ސޮއި ކުރި ގިނަ ފަރާތްތަކުން ބުނެފައިވަނީ އެއީ ހައްގެއް ކަމަށާއި އެކަން އެގޮތަށް ނުކުރެވުމުން އެނގިގެން ދަނީ އެމީހުންގެ ޙައްގަށް އަރައިގަތުން ކަމަށެވެ.
ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަބަދު ވެސް ގިނަގުނަ ދަތިތަކާ ކުރިމަތިލާން ޖެހޭ ކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ކޮވިޑް-19ގެ ސަބަބުން ބައެއް ރިސޯޓުތައް ބަންދު ކުރުމުގެ ސަބަބުން އެކަމުގެ ދަތިތައް ވެސް މުވައްޒަފުންނަށް ވަނީ ކުރިމަތިވެފައެވެ.
އިސްތަށި ރެގިއުލޭޓު ކުރަންތަ ޓުއަރިޒަމް މިނިސްޓުރީއިން އުޅެނީ.
ރިސޯޓުގެ ބޭރު މުއައްޒަފުން މިހާރުވެސް ތުނބުޅި ބަހައްޓާތަން ފެނޭ.
ވަރައް ބޯދާ ގަވާއިދެއް އެއީ.
ރިސޯޓްތަކުގެ މުއަައްޒަފުންނަށް ހަމަ މުސާރަދޭންވެސް ބިލެއްދޯ ހަދާންޖެހޭނީ؟؟ ރިސޯޓް މުއަަ އްޒަފުންނަށް ލުއި ލޯނުދޭން ސަރުކާރުން އެބަޖެހޭ
ލިންކު ކޮބާ
ކިހިނެއްތަ ސޮއި ކުރަނީ؟ ކޮބާ ލިންކ؟
ތީ ރަނގަޅުވާހަކައެއް...ރިސޯޓުގަ ނުވަތަ ޓޫރިޒަމްދާއިރާގެ ވަޒީފާއެއްގަ އުޅެންޏާ ހުންނަންޖެހެނީ އަންހެނެއްގެ ދަތްދޮޅިހެން ެެެެެެެެެެެެެެެެެ.
ފުލުހުންނަށް ވެސް ތުބުޅި ނުބެހެއްޓުނު ޒަމާނެއް ދިޔެ. ކޮބާ ހިއުމަން ރައިޓްސް މީހުން؟
ގޯސް. ފުރަތަމައިނުންވެސް ތުނބުޅި. އެއިގެ ބަދަލުގައި ތުނބުޅި ބަހައްޓަން ދެކޮޅުހަދާ އިންޑިއާއިން އައިސްތިބި ރިސޯޓްމެނޭޖަރުން . އިސްވެރިން ބޭރުކުރަން ހިފަންވީ.
ފަތުރުވެރި ފިރިހެނުން ތިބެންވީ ނަމާދުތާކިހާ އަޅާފަ. އަންހެނުން ބޮޑު ބުރުގާ އަޅާފަ.
އިންޑިއާ މީހުންނަށް މަތިމަސް ބެހެއްޓޭ އެމީހުންގެ ސަގާފަތެއްވީމަ ދިވެހިންނަށް މުސްލިމް ސުނަނަތް ދިރުވަން ކުޑަ އިސަތައްޓެއް ފެޅުވިޔަސް ވޯނިން އަޅާ.