އިހުސާން ފިހާރައިގެ އައުޓްލެޓެއް ވިލިމާލޭގައި ހުޅުވައިފިއެވެ.

ގޭތެރެ އަށް ބޭނުންވާ އެކި ޒާތްޒާތުގެ ސާމާނު ލިބެން ހުންނަ މި ފިހާރަ ހުޅުވާފައި ވަނީ މިއަދު ހެނދުނުއެވެ. އެ ފިހާރަ ހުޅުއްވައި ދެއްވީ އިހުސާން ފިހާރައިގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ނިހާދުއެވެ.

‏‎އިހުސާން ފިހާރައިގެ އައުޓްލެޓެއް ވިލިމާލޭގައި ހުޅުވަނީ:ވަގުތު އިމޭޖެސް-އަހްމަދް އަލީ

މިއީ އިހުސާން ފިހާރައިގެ ހަތަރު ވަނަ އައުޓްލެޓްއެވެ.

އިހުސާން ފިހާރައިގެ މެނޭޖަރ އާދަމް ފަހުމީ "ވަގުތު" އަށް ވިދާޅުވީ މިއީ މާލެއިން ބޭރުގައި ހުޅުވި އިހުސާން ފިހާރައިގެ ފުރިހަމަ އައުޓްލެޓް ކަމަށެވެ. އަދި ގޭތެރެއަށް ބޭނުންވާ ސާމާނުގެ އިތުރުން ދިރިއުޅުމަށް ބޭނުންވާ ސާމާނު އެއްތަނަކުން ހޯއްދެވުމަށް އެ ފިހާރައަށް ޒިޔާރަތްކުރުމަށް ވެސް އޭނަ އެދިވަޑައިގަންނަވައެވެ.

 

‏‎އިހުސާން ފިހާރައިގެ އައުޓްލެޓް. :ވަގުތު އިމޭޖެސް-އަހްމަދް އަލީ

މީގެ އިތުރުން އިހުސާން ފިހާރައިގެ ވިލިމާލެ އައުޓްލެޓުން ވެސް ލިބިވަޑައިގަންނަވާ ތަކެއްޗަކީ ހެޔޮ އަގުގައި ލިބެން ހުންނާނެ ތަކެތިކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

"ވިލިނގިލީގައި މި ފިހާރަ ހުޅުވީ އަޅުގަނޑުމެންގެ އައުޓްލެޓް އެއް މާލެއިން ބޭރުގައި ހުޅުވުމުގެ ބޭނުމުގައި. ވިލިނގިލީގައި މިކަހަލަ އިތުރު ޝޮޕިން މާޓެއްވެސް ނެތުމާއެކު. މިތަނުން ލިބޭނެ މާލޭގެ ފިހާރަތަކުން ލިބޭ ހުރިހާ ސާމާނެއްވެސް އެ އަގުގައި. ހެޔޮ އަގުގައި އެއްތަނަކުން ތަކެތި ލިބޭނެ. އެއީ މަގްސަދަކީ." އޭނާ ވިދާޅުވިއެވެ.

‏‎އިހުސާން ފިހާރައިގެ އައުޓްލެޓް:ވަގުތު އިމޭޖެސް-އަހްމަދް އަލީ

އެ ފިހާރައިން ލިބެން ހުރި ތަކެތީގެ ތެރޭގައި ކެއިން ބުއިމަށް ބޭނުން ކުރާ ސާމާނާއި، ރީތިވާ ސާމާނު، ގޭތެރެ ބަލަހައްޓާ ސާފުކުރަން ބޭނުންވާ ސާމާނު ފަދަ ޒަރޫރީ ދިރިއުޅުމަށް މުހިންމު ގިނަ ސާމާނުތައް ލިބެން ހުއްޓެވެ. އަދި ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނާއި ކުޑަ ކުދިންގެ ހެދުމާއި ކުޅޭ އެއްޗެހި ވެސް އެތަނުން ލިބެން އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހައްމަދު އަލީ

    އިހްސާން ފިހާރާގެ މެނޭޖްމަންޓަރ ވ ބޮޑަށް ޝުކުރު، މީ ވިލިމާލޭޭޭގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް މުހިއްމު ތަނެއް. ތިކަމަކި ވިލިމާލެ ރައްޔިތުން ވަރަށް ގިނަ ދުވަހު އިންތިޒާރު ކުރަމުން އައި ކަމެއް. އެއްތާކުން ގިނަ މުދާ ހެޔޮ އަގުގައި ލިބޭނެ ގޮތެއް ވުން

    ޝުކުރިއްޔާ މެނޭޖްމަންޓް އެންޑް ޓީމް

    10
  2. ޛޖގ

    ހުޅުމާލޭގަ ކޮންއިރަކު ހުޅުވަނީ؟