ފޮރިން ސާވިސް ބިލުގެ ސަބަބުން ފޮރިން މިނިސްޓަރުގެ ވަކި ސަރުކާރެއް އުފެދި އެތައް މައްސަލައެއް ކުރިމަތިވެދާނެ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވަނީ ކަންބޮޑުވުން ހުރި މާއްދާތަކާއި އޭގެ ސަބަބުން ނުކުމެދާނެ ނަތީޖާ ވިދާޅުވެފައެވެ.
ހަތަރު ވަނަ މާއްދާގައިވާ ގޮތުން ފޮރިން ސާވިސްގެ މައިގަނޑު މަގްސަދަކަށްވާން ވާނީ ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖޭގެ ސިޔާދަތަށް އިހުތިރާމް ކުރުން އިތުރު ކުރުމަށް ރައީސަށް އެހީތެރިވެ ދިނުމާއި ގާނޫނުގެ މަގްސަދު ހާސިލްކުރަން ބޭނުންވާ ހާއްސަ ތަމްރީނާއި ހުނަރާ ތަޖުރިބާ ފޮރިން ސާވީސްގެ މުވައްޒަފުންނަށް ދިނުމާއި ޕްރޮފެޝަނަލް ސާވީސްއެއް އެކުލަވައިލައި ދަމަހައްޓައި ކުރިއެރުވުމެވެ.
އާދަމް ޝަރީފްގެ ކަންބޮޑުވުމަކީ އެ މާއްދާގެ މަގްސަދުތަކުގެ ތެރޭގައި ހާރިޖީ ސިޔާސަތު ހަރުދަނާކުރުން ނުވަތަ ހާރިޖީ ހިދުމަތްތައް ހަރުދަނާ ކުރުމުގެ ބައެއް ހިމެނިފައެއް ނެތުމެވެ.
ހަތް ވަނަ މާއްދާ އާއި އަށް ވަނަ މާއްދައަށް އިޝާރާތް ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ މިނިސްޓަރާއި މިނިސްޓްރީގެ މަސްއޫލިއްޔަތުތައް ވަކިން ބަޔާންކޮށްފައި އޮތުމުން މިނިސްޓްރީގެ ޒިންމާ އަދާނުކުރެވިދާއިރު އެކަމުގެ ޒިންމާވާނެ ފަރާތެއް ނެތް ަމަށެވެ.
"އަޅުގަނޑުގެ ކަންބޮޑުވުމަކީ މިނިސްޓްރީގެ މަސްއޫލިއްޔަތުތައް ވަކިން ލިޔެފައި ހުންނައިރު މިނިސްޓަރާއި މިނިސްޓްރީއާ ދެ މެންޑޭޓުގެ ގޮތުގައި އައީމަ މިނިސްޓްރީގެ ޒިންމާ އަދާނުކުރެވިގެންދާ އިރު ޒިންމާ ނަގާނީ ކާކުތޯ. އިދާރީ ހުސްކަމެއް އަންނާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ އެ ސަބަބަކާ ހުރެ. ކޮމިޓީ މަރުހަލާގައި އިތުރަށް ވާއްކަ ދައްކަން ޖެހޭ" ޝަރީފް ވިދާޅުވިއެވެ.
އޮސްޓްރޭލިއާއިން މިސާލު ނަންގަވައި ޝަރީފް ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގައި ވެސް ފޮރިން ސާވިސް މުވައްޒަފުން ތިބެނީ ޕަބްލިކް މުވައްޒަފުންގެ ގޮތުގައި ކަމަށެވެ. ބިލް ފަރުމާކުރެވިފައި އޮތް ގޮތުން އެހެން ތަސައްވަރެއް ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ބިލުގެ 13 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ފޮރިން ސާވީސްގެ މުވައްޒަފުންނާއި ފޮރިން ސާވީސްއިން ބޭރު މީހުންގެވެސް އައްޔަންކުރެވިދާނެއެވެ. ސަފީރުންގެ މުއްދަތެއް ކަމަށް ބުނެފައިވަނީ ތިން އަހަރު ދުވަހެވެ. އެއް އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް އިތުރުކުރުމުގެ ބާރު ރައީސަށް ލިބިވަޑައިގަންނަވައެވެ.
ބިލުގެ 37 ވަނަ މާއްދާގެ ދަށުން ފޮރިން ސާވިސްއަށް މުވައްޒަފުން ނެގުމުގެ ބާރު ސީދާ މިނިސްޓަށް ލިބޭ ގޮތަށް އޮތުމުން ވަރަށް ގިނަ މުވައްޒަފުން ތިބުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެކަމުގެ ސަބަބުން ބަޖެޓަށްވެސް ވަރަށް ބޮޑަށް އަސަރު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބިލުގެ 45 ވަނަ މާއްދާއެވެ. މާއްދާގެ ހ ގައި ބުނާ ގޮތުން ފޮރިން ސެކެރެޓަރީ ފިޔަވައި އެކްޒެކްޓިވް ސްޓާފުންގެ ގިންތީގެ މަގާމުތަކަށް މީހުން އައްޔަންކުރާނީ ގާނޫނޫގެ ދަށުން އެކުލަވައިލާ ގަވާއިދާ އެއްގޮތަށް މިނިސްޓަރެވެ.
އަދި 45 އަދި 46 ވަނަ މާއްދާ އެ އޮތް ގޮތަށް ބިލު ފާސް ކޮށްފިނަމަ ފޮރިން މިނިސްޓަރުގެ ނުފޫޒު ވަރަށް ބޮޑަށް ބޮޑުވެދާނެކަމުގެ ބިރު އެބައޮތް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މިހާރު ފެންނަ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ވަކި ސަރުކާރެވެ.
ފޮރިން މިނިސްޓްރަގު ސަރުކާރާއި އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރެއް އޮންނަ ގޮތަށް މިކަން ވެއްޖެއްޔާ ހާރިޖީ ސިޔާސަތުތައް ވަކި ފަރާތަކަށް ޖެހި ރާއްޖޭގެ ސަރުކާރާ އޮންނަންވީ ގުޅުން ހަރާބުވުމަކީ ވެދާނެ ކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މުޅިމިޤައުމުގެ ދުވަސް ދުއްވާލާއިރު ބަަން ދިވެހި ރައްޔަތުން ތިބެފަ ޤައުމާ ޤައުމުގެ މިނިވަންކަން ދިޔައީމަ ދެން މަގޭ ޤައުމޭ ދިނޭ މިނިވަންކަމޭ ކިއުމުގެ ބޭނުމެއްނެތް. 17 އަހަރު އަޅުވެތިކަމުގަ އުޅުގޮތް އެ ތަކުލީފް ތަހައްމަލް ކުރަން ދިވެހިން ބޭނުންވަނީތޯ؟
ފަރަންޖީ ގައުމުތަކުގެ ބާރުގެ ދަށަށް ދިވެހިރާއްޖެ ގެންދަން މަގުފަހިކުރަނީ ، ދިވެހިން ހޭވެރިވެ މިކަމާ ވިސްނާނެބާ ؟
ދިވެހި ގައުމުގެ ރަށްޔަތުންގެ ލޮލަށް މިވަނީ އަނދިރިކަންވެރިވެފަ ކުރާނެކަމެއްނެތޭ ކިޔާފަ މިއަދު ދެއަތް އުރާލައިގެން ތިބެވޭކަށް ނެތް ގައުމުގެ ދުވަސްދަނީ މިގައުމު ކޮޅަށްޖެހޭނެ ފަހުލަވާނަކު ހަމަ ނެތީބާ؟
ޝާހިދު ވެރިކަމަށް އަންނަން ވެގެން ރާވާ ރޭވުން !