އަންހެނުން ޚިތާނު ކުރުމާ މެދު އިދާރާތަކުގެ ޚިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ނިންމުމުން އެއީ ޚިޔާލު ހޯދަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ނުރުހުން ފާޅުކުރައްވައިފިއެވެ.

ހިއުމަން ރައިޓްސް ކޮމިޓީން އިއްޔެ ވަނީ އެ މައްސަލައަށް ގާނޫނީ ހައްލުތަކެއް ހޯދަން ނިންމައި، އެ ކަމުގައި އިދާރާތަކުގެ ޚިޔާލު ހޯދަން ފާސްކޮށްފައެވެ. މި ގޮތުން ޚިޔާލު ހޯދަނީ އިސްލާމިކް މިނިސްޓްރީއާއި، އެޗްއާރުސީއެމްއާއި، ހެލްތު މިނިސްޓްރީންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ، ރިޔާސަތުގައި އިންނެވި އީވާ ވިދާޅުވީ އަންހެނުން ޚިތާނު ކުރުމާ މެދު އިތުރު ޚިޔާލު ހޯދަން ޖެހޭ ކަމުގައި އޭނާ ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން ކޮމިޓީގެ ނިންމުން ބަދަލުކުރަން އެދިވަޑައިގެންފައިވާނެ ކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ކޮމިޓީގެ ނިންމުމެއް ބަދަލު ކުރުމުގެ ބާރު ނުވަތަ ނިންމުމެއް ކުރިއަށް ގެންދިއުން ހުއްޓުމަކީ ރިޔާސަތަށް ކުރެވޭނެ ކަމެއް ނޫން ކަން ޤަބޫލު ކުރައްވާ ކަމަށެވެ. އެކަމަކު އެ ނިންމުން މުރާޖައާ ކުރަން އެދިވަޑައިގެނެވޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަންހެނުން ޚިތާނު ކުރުމާ ގުޅޭ ގޮތުން ޚިޔާލު ހޯދަން ކުރަން ޖެހޭ ކަމެއް ނެތް، އަޅުގަނޑުމެން [މަޖިލީހުން] ކުރަންވީ ކަމަކީ މި ކަންކަމަށް ބާރުއެޅުން ހުއްޓުވަންވީ، މި ކަން ކުރުން ހުއްޓުވަންވީ،" ގަލޮޅު އުތުރު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އީވާ ވިދާޅުވިއެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން މި މައްސަލަ ބަލަން ފެށީ، އެ ކަމަށް ހިތްވަރުދީ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވާހަކަ ދައްކަވާތީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި މައްސަލައަކާ މެދު ކޮމިޓީގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އިޔާޒްގެ މައްސަލަ އެ ޔުނިވާސިޓީންނާއި އިސްލާމިކް މިނިސްޓްރީން ވެސް ދަނީ ބަލަމުންނެވެ. އިޔާޒް ފަހުން ވަނީ މައާފައަށް ވެސް އެދިވަޑައިގެން، ޚިތާނު ކުރުމަކީ އޭނާ ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އޭނާ ހާމަކުރެއްވީ ހަމައެކަނި އެއީ ދީނުގައި ހުއްދަ ކަމެއް ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ލޮލް

    އީވާ ބުނާހެން ކޮމެޓީން ޚިޔާލު ހޯދާނެ ކަމެއްނެތް. ކޮމެޓީން ކުރަންވީ ކަމަކީ މަޖިލީހުގައި ތިބި ހައެއްކަ އަންހެން މެމްބަރުން ޚިތާނު ކޮށްފައިތޯ ބަލަންވީ. އަދި ނުކުރާނަމަ އެމެމްބަރުން ޚިތާނު ކުރަންވީ. ކިހާ ބޮޑު ވެއްޖެ މުސިންބީއެއްމީ.

    22
    1
  2. ޢާލިމް

    ލާދީނީ މިލުގެ މަތިން ހަނދާންވެސް ނެތިއްޖެ މިކަމަކާހުރެ.

    19
    1
  3. އަހުމަދު

    ނުރުހެންޏާ ނުރުހޭ. ދީނުގަ އޮއިތް ގޮތް އެއީ އެންމެ ރަނގަޅުގޮތް. އެގޮތް ހޯދަން އިލްމުވެރިން ކައިރި އެހޭނެ.

    19
    2
  4. ތުން ތުނާ

    ޚިތާނުގެ ވާހަކަ ދައްކާ އިރު ޕާޓޭން ގެ ވާހަކަ ދައްކާނެ ޝައިޚެއް މަޖިލީހުގެ މެމްބަރެއް މުއިޒު އެއް ނެތް ތަ

    10
    1
  5. ލާހި

    ޖާހިލުންގެ އަންމަތީން ޤައުމާއި ރައްޔިތުންގެ ކަންކަން ނިންމަން މިޖެހެނީ ކޮންމެ ކަމެއްގައި މަގުމަތިން ހިޔާލު ހޯދައިގެން !

    18
    4
  6. ހުސޭނުބެ

    ބަރާބަރު އީވާ! ތިކަމާ ކޮން ހިޔާލެއް ހޯދާކަށް ތަ މިމީ ހުން މީ އަދި ހިއުމަން ރައިޓްސް ކޮމެޓީއޯ ލޮލް ބޮޑު ޖޯކެއްނު މިވަރު ތަންދޮރު ނޭނގޭ މީ ހުން މިތިބެނީ ތިތަނަށްވެސް ލާފަ

    2
    3
  7. ޢބދ

    އަންހެނުން ޚިތާނުކުރުމާއި 14 އަހަރުން ދަރިން ލިބުމަކީ ގެއްލުމެއް ހުރިކަމެއްނަމަ އިންސާނީ ނަސްލު މިދުނިޔެއަކު ނުއޮތީސް.. އަމިއްލަޔައް ކަންތައްތަކަށް ވިސްނާ ފިކުރުކޮށް ހޯދާބަލަން ނޭނގޭނަމަ ގޭތެރޭން މަންމަޔާ މާމަކާރީގަ އަހާބަލަ .

    7
    1
  8. ކޮރަލް

    އީވާ އަކީ ދީނީއިލްމްވެރި އެއް ނޫނެވެ. ދީނީ ކަންކަމުގަ ކަން އޮތް އޮތް ބަލަން ޖެހެނީ އިލްމްވެރީންނާ ވާހަކަ ދައްކައިގެންނެވެ.

  9. އައްޑޫ ޝަކުވާ ބޯޓު

    އެއްބައިކަންތަށް މީނާއަށް "މުޑުދާރު" ވާނީ. ރޯޔަލް ރޭޕްވެސް އޯކޭ!

    ހިތުން ދެންމާ ޔޫރަޕްހެދިގެން
    ފެމިނިސްޓުން ކަމައްދެއްކެން އުޅޭ ބައިގަނޑެއް މިނާއަައި މީނާގުރޫޕުގައި އުޅޭ އަންހެނުންތަށްމީ. #ހިޕޮކްރިޓްސް

    މިދުނިޔެމަތީ ގަދަބަސް ބުނެ، މާބޮޑާވެގެން އިވާއުޅެނީ، މީނާހިތުން ބޮޑުބޭބެ ނަޝީދަށް ގިޔާމަތްދުވަހުވެސް މީނާއަށް ވާގިވެރިވެވޭނެ.

    ވަރަށް ފޫހިވާ ގުރޫަޕުގަނޑެއްމީ.
    ފެނުނަަސް ... @:
    •ގައިފެން ނިޖަހާ މެލަކައްދާދިޔެ މެން•

  10. އަލީ

    މަޖުލިހައް ކުރިމަތިލާ މީހުންގެ ސަރުތު ތަކުގެ ތެރޭގަ ހިތާނުކޮއްފަވާ މީހަކައްވުން ހިމަނާލަން ފެނޭ. އެމީހަކީ ކޮންމެ ޖިންސެއްގެ މީހަކައްވިޔަސް ވަރިހަމަ.

  11. މ.

    ވަރެއްގެ މީހެއް

  12. ޢއއ

    މިޒަމާނަކީ ޖާހިލއްޔަ ޒަމާނައްވުރެވެސް އަންހެނުންނަށް އަނޔާވެރިކޮށް ހިތޭ ޒަމާނެއް . ހެއްދެވިފަރާތުން އޭނާ ފުރާފުރިހަމ ކުރެއްވާފަ ތިޔަބުނާ ހުރިހާ ހޯމޯން އަކާ ޤަރީޒާ ތަކެއް ފުރިހަމަ ކުރެއްވީމަ އޭނަޔައް އޭނާގެ ހަށިގަނޑުގެ ދުޅަހެޔޮ ކަމައްޓަކާ ކޮއްމެހެން ކުރަންޖެހޭ ކަންތައް ކުރުމުގެ ހައްޤު އިންސާނިއްޔަތުގެ ނަމުގަ ނިގުޅައިގަނެފަވާ އާއްމު އަނިޔާވެރި ޒަމާން.