ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ ބޮޑު ބައެއް ނިމިއްޖެއެވެ.

އެމްޓީސީސީން މިއަދު ވިދާޅުވީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 60 އިންސައްތަ ނިމިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ވާޑް އިމާރާތުގެ ސީލިން މަސައްކަތެވެ.

މި މަޝްރޫއުގެ ދަށުން ލެބޯރެޓަރީ އަކާއި ވާރޑް އިމާތާތެއް އެޅުމުގެ އިތުރުން އޯ.ޕީ.ޑީ ސަރަޙައްދު މަރާމާތު ކުރުމުގެ މަސައްކަތް ހިމެނެއެވެ.

ހެލްތު މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކުރި މި މަޝްރޫއަށް 30.3 މިލިއަން ރުފިޔާ ހޭދަވެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގެ ރަށްތަކުގައި ދިރިއުޅޭ ގިނަ ރައްޔިތުންތަކެއް ހިދުމަތް ހޯދަން އަންނަ ހޮސްޕިޓަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައްޔިތުމީހާ

    ހޮސްޕީޓަލް މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދާއިރު ޑޮކްޓަރަށް ދައްކަންދާ އެތަށް ބަޔަކު ބޭނުންކުރުމަށް ފެށުނީސުރެހުރީ އާއްމު ދެ ފާޚާނާ. މީ އަސާސީ ހައްގެއް... ޑޮކްޓަރަށް ދައްކަންދާ ސަބަބު ބައެއްފަހަރު އޮޅޭ އެބަ ފާޚާނާގެ ކިއު ބޮޑުވެގެން ގޮސް ހުރެވޭ ނުހުރެވޭ ތަނެއް ނޭގުމުގެސަބަބުން..... ޓެސްޓްހަދަން ނަގާ ކުޑަކަމުދާ ތަކެތި ނަގަންޖެހެނީވެސް މި ދެފާޚާނާގެ ކިއުގައިޖެހިގެން....

  2. Mike

    shukuriyyaa