އިންޑިއާގެ ނެޝަނަލް އިންޓަ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޖޯޒީ ލައިގެން އިންޑިއާގެ ދުވުންތެރިޔަކު ރާއްޖެ ޓީމުގައި ބައިވެރި ކުރި މައްސަލާގައި އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.
މުބާރާތުގެ ރިލޭ އިވެންޓުގައި ރާއްޖޭގެ ފަރާތުން ބައިވެރިިވީ އިންޑިއާގެ އެތުލީޓެކެވެ. މިކަމާއި ގުޅޭ ގޮތުން ތޮލާލްގެ ބަހެއް ހޯދާލަން "ވަގުތު" އިން ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީވެ އެކަން ހިނގައި ދިޔަގޮތް ސާފުވާ ގޮތް ވަނީ ނުވެފައެވެ.
މިއަދު ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖލީހުގެެ ޖަލްސާގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސޭން) ވަނީ މިކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ.
މަޖިލީހަށް ހުށައަޅާފައިވާ ފޮރިން ސާވީސް ބިލުގެ ބަހުސްގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ނިޒާމީ ނުކުތާ ނަންގަވައި އަނދުން ވިދާޅުވީ، ބޭރުގެ ނުފޫޒު ސަރުކާރަށް އޮންނަ ކަމަށް އިދިކޮޅުން ބުނަމުންދާއިރު އެ ނުފޫޒު އޮންނަނީ ޕީޕީއެމަށް ކަމަށެވެ. ތޮލާށް ފާޑުކިޔަމުން އަނދުން ވިދާޅުވީ، ތޮލާލުގެ ފަރާތުން ފެނުނީ ރާއްޖެއަށް ގެއްލުން ލިބޭ އަމަލެއް ކަމަށެވެ.
"ރާއްޖެއަށް ގެއްލުން ލިބޭ މިފަދަކަންތައް ޕީޕީއެމް އެސްޖީ ކުރުން ބަލައި ނުގަނެވޭނެ" އަނދުން ވިދާޅުވިއެވެ.
ބައެއް އޮންލައިން ނޫސްތަކަށް ތޮލާލި ވިދާޅުވީ އެގޮތަށް ހަދަން ޖެހުނީ ރާއްޖޭގެ ރިލޭ ޓީމުގައި ހިމެނުނު އެތުލީޓް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ކަމަށެވެ. އަދި އެއީ މައްސަލައެއް ނޫން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މިތާ އެބައުޅޭ ސުކޫލު ތަކުގެ ޔުނީފޯމު ލައިގެން ބަންގާޅީންވެސް، ކަލޭމެންނަކަށް އެކަން ބޮޑުކަމަކަށް ނުވޭ.
ކޮބާ މައްސަލައަކީ؟މިއަދު ހުރިހާ ދާއިރަާ އެއްގައިވެސް ތިބީ އެކުދީން
ސަރުކާރާ އެމްޑީޕީ އާ އިންޑިއާ އެންބަސީ ގުޅިގެން ރައްޔިތުން ނަށް ދައްކަން ބެނުން ވަނީ ރައްޖެ މީ އިންޑިއާ ގެ ބަޔެއް ކަމަށް. އެކަމަކު ދިވެހި ރައްޔިތުން މިކަން ކަމާ ސީދާ ދެކޮޅު ހަދާނެ ކަން ނޭގެ މި ބައި ގަޑަކަށް. އިންޑިއާ އައުޓް ވާން ޖެހޭނެ މިގައުމުން! މަކަރު ވެރި ހިޔަޅުން ގެ ބެލެނި ވެރި ކަމުގަ ދިވެހިން ބޭނުމެއް ނޫން އޮންނާކަށް
މީ މައްސަލައެއް. އަހަރުމެންގެ ގައުމުގެ މައްޗަށް އަތްގަދަކޮށް މިގައުމު އިރާކުދިކޮށް ކަމުންދާ ރަންނަމާރީ އަކަށް ނިސްބަތްވާ މީހަކު ބައިވެރިކުރުމަކީ މިގައުމަށް ދިން އަނިޔާއެއް.
އަންޑިޔާ އައުޓް🤲🏻
ޢޭ ވަ ރަށް ފައްކާ. އަހަ ރަމެން ކުޑަ އި ރު ހުސްފައިގައި ބޯޅަކުޅޭ އި ރު ޓީމު ބަދަލުކޮށްލަން. އެކަހަލަކަމެއްދޯ. ޔޫ ރޯގައި ނޯވޭދޯ މިކަހަލަ ގަވާއިދެއް. ޑިބު ރުނީގެ ބަދަލު ކު ރިސްޓިއާނޯ ލެވިއްޖެއްޔާ ރޮނާލްޑޯ ފޭން ވަ ރަށް އުފާވާނެ ކަންނޭގެ. ޑިބު ރޯނާ އެންޖެ ރީ ވީމަ ހަމަ ލެވިދާނެ ދޯ ތިގޮތަށް ކޮވިޑު ޖެހިގެން ކުޅުންތެ ރިން ލެވެންޏާ
ތިޔައީ އުވާްލްންޖެހޭ ޖަމާއަތެއް މިގަޢުމައް ގައްދާރުވެފަ ތިޔައޮތީ ކުޅިވަރު ކުޅޭނީ ވަކިކަންކަމެއްގާ ހައްދުފަހަނައަޅާ ދިޔައީތިޔަ ހުސް ޤައްދާރުން
ނެޝަނަލް އިންޓަ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ (އިންޑިޔާގެ ސްޓެއްތަ މިއީ) ތިޔަ ޖަމާއަތް ދިވެހިރާއްޖޭގެ ގަޢުމީ މިނިވަންކަން އަދި ޕްރައީޑް އިންޓަރގްރެޓީ ނަގާލީތިޔަ ހަލާކު ހުރި ތިޔަޖަމްއިއްޔާގެ ހުރިހާ ބައިގަޑައް..
ތަމިލްނާޑުގެ އަވަށެއް ވިއްޔާ މިއީ
ޕ މޭން އަށް ކަޑަވީ ދިވެހި ޓީމްގެ ޖޯރޒީގަ އިންޑިއާ މީހުން ދުވީމަ. ޕ މޭން އަށް އޯކޭ ދޯ މުޅި މި ޤައުމުގައި އިންޑިއާ ސިފައިން އަޅާ ފުރާލިޔަސް؟ ބަލަ ޕ.މޭންނަށް އަށް ބުނަން ނުކެރުނަސް އިންޑިއާ ހައިކޮމިޝައިން ޤަބޫލު ކުރަނީ މީ އިންޑިއާގެ ސްޓޭޓް އެއް ގޮތަށޭ އެހެން ވީމަ ޖޯރޒީ އެއް ނޫން ދިދަވެސް ދޭނުން ކުރާނެ.
ދެން ރާއްޖޭގެ އަސްކަރިއްޔާ އާއި ފުލުހުންގެ އޮފިސަރުން ތެރެއިން ބަލިވާ ކޮންމެ އޮފިސަރެއްގެ ބަދަލުގަ ފަރަންޖީ އަސްކަރީންވެސް ނުވަތަ ފުލުހުން ވެސް ބޭނުން ކުރަންވީ ދޯ؟ މީދެން ކުހާ ހެއްވާ ކަމެއް.
އެހެން ވެއްޖިއްޔާ ރާއްޖޭގެ ވެރިއެއް ކޮވިޑު ޕޮސިޓިވް ވެއްޖިއްޔާ އިންޑިޔާ ވެރިއެއްވެސް އެވަގުތައް އޯކޭ އެއް ނު..