މީސް މީޑިއާގަައި ދިން އިންޒާރުތަކާއި ގުޅިގެން ދިވެހި ރާއްޖޭގައި ހުންނަ ޗައިނާ އާއި އިންޑިއާ އެމްބަސީގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

ކާކުކަން ނޭނގޭ ރޯޔަލް ހަސަން ތަކުރު ކިޔާ އެކައުންޓަކުން ކުރި ޓްވީޓެއްގައި ބުނީ، އިންޑިއާގެ ހައިކޮމިޝަން ގޮއްވާލަން ބާރުގަދަ ގޮވާޒާތުގެ، "އާރްޑީއެކްސް" ބޭނުންވާ ކަމަށެވެ. އެކަން ވަރަށް އަވަހަށް ކުރާނެ ކަމަށްވެސް އޭނާގެ ޓްވީޓްގައި ބުންޏެވެ.

މި އިންޒާރުތަކާއި ގުޅިގެން ފޮރިން މިނިސްޓްރީން ވިދާޅުވީ، ޤައުމުތަކާމެދު އޮންނަ ގުޅުންތަކާ ބެހޭ ހަގީގަތެެއް ނެތް ވާހަކަތަކާއި ރާއްޖޭގައި ހުންނަ ބައެއް ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރާ ޑިޕްލޮމަޓުންނާ ގުޅޭގޮތުން ދިޔަރެސް ނޫހުން ކޮށްފައިވާ ޓްވީޓުތަކުގެ ސަބަބުން، ރާއްޖޭގައި ހުރި ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާކުރާނެ ކަމަށާއި އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރު މީސް މީޑިއާގައި ދައުރުވެފައިވާތީ، އެ ދެ އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ދެ މިޝަނުން އެދިފައިވާ ކަމަށެވެ.

އަދި އެ އެދުމުގެ މަތިން، ރާއްޖޭގެ ސަލާމަތީ ބާރުތަކުން މިހާރު އެ ދެ އިމާރާތާ ގުޅޭ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ދޭދޭ ގައުމުތަކާ އެކު އޮންނަ ގުޅުންތަކާ ބެހޭގޮތުން ހަގީގަތެއް ނެތް ވާހަކަތަކާއި، ރާއްޖޭގައި ހުންނަ ބޭރު ޤައުމުތަކުގެ ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރާ ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ ހަބަރުތައް ފެތުރުމަކީ އެ ގައުމުތަކާއެކު އޮންނަ ޒަމާންވީ ގުޅުމަށް ބުރޫއަރައި، އެ ގައުމުތަކާ މެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެދުމަށް މަގުފަހިވެ، ދިވެހި ރައްޔިތުންނަށްވެސް އޭގެ ނޭދެވޭ އަސަރުތައް ކުރުން އެކަށީގެންވާ ކަމެއް ކަމަށެވެ.

އަދި ބޭރު ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ތަސައްވުރު ކިލަނބުވެ، ރާއްޖެއަށް ލިބެން ހުރި ވިޔަފާރިއާއި، ފަތުރުވެރިކަމުގެ ފުރުސަތުތަކަށްވެސް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ރާއްޖެއަށް ކަނޑައަޅާފައިވާ ޑިޕްލޮމަޓުންނާއި ޑިޕްލޮމަޓިކް މިޝަންތަކާއި ޑިޕްލޮމަޓުން ދިރިއުޅޭ ތަންތަނަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމަޓިކް ރިލޭޝަންސް 1961 ގެ ދަށުން ދިވެހި ދައުލަތުގެ ޒިންމާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ނީނާ

    ކިހާ ދެރަކަމެއް މިވެރިކަމެއް އައިފަހުން ގައުމުމުޅިން އެހެންގައުމަކަށް ވެއްޖެ

    63
    7
    • ޙައްގުބަސް

      ކީއްކުރާނީ ދިވެހިން ވޯޓްލައިގެން މިވަރެއް ނެތްކަމެއް ދެކިގެން 2018 ވަނަ އަހަރު ގެނައި ވެރިކަމެއް މިއީ! އެމްޑީޕީގެ ވެރިކަމެއް އެމީހުން އެގެންގުޅޭ ފިރުއައުނުގެ ސިޔާސަތެއް ދުވަހަކު ބަދަލެއްނުވާނެ! 2008 ވަނަ އަހަރުގައިވެސް އެމްޑީޕީގެ ވެރިކަމެއް ރައްޔިތުން ގެނައި! ހަމަ އޭރުވެސް ގައުމު ހަނާކުރީ! އަދި މިހާރު މާބޮޑަށް ގޯސްކޮށް ދާތަން މިފެންނަނީ!! އަވަށްޓެރި އިންޑިޔާގެ ޕަޕެޓަކަށް މުޅި ދައުލަތް ވެފައިވާތަން މިފެންނަނީ!! މިގައުމު މިހާރު ހިންގަނީ މިރާއްޖޭގައި ހުރި އިންޑިޔާގެ އެންބަސީންނޭ ބުންޏަސް ދޮގަކަށްނުވާނެ! މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއްނޫން!! ދެން 2023 ގައިވެސް ރައްޔިތުން ޖަޒުބާތުގައި ޖެހި މިމީހުން ދައްކާ ދޮގުވާހަކަތަކަށް ހެއްލި އެމްޑީޕީ ވެރިކަމަށް ގެނައީމަ ރަގަނޅުވާނެ!! މިއީ ދިވެހިން ބޮލަށް ޗިޕްޖެހޭ!

      31
      3
  2. ﷲ އައްވަކީލް

    ކޮންބަޔަކައް ދެރަވާނެ ކަމަށް ހަމަ އަމިއްލަ ގައުމައް ދެރަވާނީ
    ޗައިނާ އިންޑިޔާ އިން މިތަނައް މިސައިލެއް ފޮނުވާއިރު މިތަން އެއްކޮން އަޑިޔައްދާނެ
    އާއެހެންޔާ މިތާ ވަޅުކޮނެލިޔަސް މި އޮއްނަނީ ފެނާ ޖެހިފަ
    އެކަހަލަ އެއްޗެއް މަތިން އައިސް އަޅާއިރު މުޅި ރަށް އަޑީގަ އޮއްނާނީ

    14
    19
  3. ކޯފާ

    ﷲ މިތަނައް ކޯފާއެއް ފޮނުއްވާ 😐 ގަދަ ފަދަ ވެގަނެގެން އުޅޭ އެންމެން އެއީ އެއްވެސް ބައެއްނޫން ކަމުގާ ލައްވާށި 🤲

    7
    15
    • Anonymous

      ކަލޭ އައް އެކަނި ތިޔަބުނާ އެއްޗެއް ޖެހޭތޯ އުޅެބަލަ އަހަރުމެން ނުބާނަ ކަލޯ

  4. Anonymous

    ޖަ އްބާރުވެރިންތަކެ އް ފާޅުވުމުން ގަ އުމަށްޖެހުނު މުޞީބާތް މި އީ.

    24
    3
  5. މުޙައްމަދު ކާރިމް ނައިފަރު

    އިންޑިއާ އައުޓް. އެނޫންގޮތެއްނެތް. މަވެސް މިހިރީ އައުޓްވެފައި

    29
    2
  6. ށުމަން

    2ބޯގެރި ދުއްވާ ޑްރާމާ ކުޅެނީ!

    24
    2
  7. ޙައްވަ

    މ މީއަބަދު އިންޑިއާ އައުޓުގޮވާ މީހުން ނާއި މެދު ފިޔަވަޅުނޭޅޭތީ މިކަހަލަ އިންޒާރުތައް އެދެނީ

    15
    10
  8. އަސްލު ސިއްރު

    އިންޑިއާގެ ރޯ އިން ރާވައިގެން ކުޅޭ ޑްރާމާއެއް. ރާއްޖޭގެ ރީތިނަމާ ޓްއަރިޒަމް ސިނާއަތު ދުއްވާލައި އެމީހުން ފާވެގަންނަން ޖަހާ މޮޅު ސްޓަންޓެއް

    14
  9. އައްޑޫ މީހާ

    މިހުރިހާ ކަމެއްގެ ޒިންމާ ކެނެރީގެ ސޮރު ނަގަންޖެހޭ މިގައުމު މިހާ ހިސާބައް ގެންދިޔައީ އޭނަ މިގައުމުގަ ނިރުބަރިން އެބަ އުޅެޔޭ މިގައުމަށް ދަތުރު ނުކުރާށޭ ކިޔާފަ ދެއްކިވާހަކަތައް އަހަރުމެން ހަނދާން އެބަހުރި މިހާރު އެވާހަކަ ދެއްކި މީހުންގެ ވެރިކަމުގައި މިގައުމުން ނިރުބަވެރިކަން ފެނި ބޮޑު އަނދަވަޅަކަށް ގައުމު ވެއްްޓުނީ ރާކަނި މަސްކައިގެން އަންނާރު ދިޔަ ބޮވިއްޖެ އެއްނުން ހުރިހާ ދެރައެއް ލިބެނީ ނިކަމެތި ރައްޔިތުންނަށް

    10
  10. ާަެެައބދ

    ރާއްޖޭގެ މިނިވަންކަމާ ޟަރަފު ބޭނުން ކަމުގަ ވާނަމަ މީސްމީޙުންގެ އެހީގަ ގައުމު އާރާސްތުކުރުން ހުއްޓަންޖެހޭނެ އެމީހުންގެ މުއްފަތުން ދިރިއުޅޭންޏާ އަންހެން ދަރިންވެސް އެމީޙުންނަށް ދޭންޖެހޭނީ.

  11. އައްބޭބެ

    މީހަމަ އަމިއްލައަށް ފާޑުފާޑުގެ އެކައުންޓް ހަދައިގެން ކުޅޭ ޑްރާމާ. ކާކުތަ ތިމަންނަ ތަނެއް ގޮއްވަނިއްޔޭ، ކަލޭ ފިހާރަ ފަޅާނިއްޔޭ ކިޔާ އިންޒާރު ދީފައި އެކަންކުރާނީ މިޒަމާނުގައި.

  12. މަހަލްދީވް

    އިންޑިއާ އައުޓު. މޑޕ އާއި އެޕާޓީގެ ރައީސަކީ މިގައުމުގެ ހަލާކު. އެއީ މީހުން ބޭނުންވާ ގޮތް. ގައުމުގެ މަސްލަހަތު ގެއްލުވާލާގެން ފާއިދާތަކެއް ނަގަން، ހުސްވަގުންނާއި ޚާއިނުން. އެއްވެސް ކުށެއްނެތް ދިވެހި ރައްޔިތުންނަށް ހުރިހާ ގެއްލުމެއް. ސިޔާސީންތަށް ބޮއެ ބޮއެ ނަށާލަ ނަށާލާ އެތިބެނީ.

  13. ރިޔާޒުބެ

    ދަރިންނޭ ތަންތަން ފުންޑުފުންޑު ކުރާވާހަކަ ނުދައްކާ ގުޅިގެން ކުރިޔަށް ދެވޭތޯ ބަލަންވީނު އޭރުން އަ މާން ވެއްޓެއް ލިބޭނެ.