މިއަދު ރާއްޖެ އިން އިތުރު 150 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 11 މީހުން ފައްސިވީ މާލެ އިންނެވެ.

އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު ވެސް 95 މީހުން ފައްސިވިއެވެ. މިއަދު ރިސޯޓްތަކުން 17 މީހުން އަދި ތަރައްގީ ކުރަމުންދާ ރިސޯޓްތަކުން ހަތް މީހުން ފައްސިވިއެވެ. އޭގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްތަކުން 20 މީހުން މިއަދު ފައްސިވިއެވެ.

މިއަދު 5266 މީހުން ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. މިއަދު ޓެސްޓް ކުރި މީހުންގެ ތެރެއިން %2.85 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ކޮވިޑް ޖެހިފައި މިހާރު ތިބި މީހުންގެ އަދަދު މިއަދު ވަނީ 3276 އަށް މަދުވެފައެވެ. މިއަދު 326 މީހަކު ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ.

މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 20 މީހުންނަށެވެ.

މެއި މަހު ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ކޮންޓްރޯލުން ނައްޓާލުމުން އެޅި ވަރުގަދަ ފިޔަވަޅުތަކަށް ފަހު މިހާރު ފައްސިވާ މީހުންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް މަދުވަމުންނެވެ. އަދަދުތައް މަދުވާން ފެށުމުން ޖުލައި 01 ވަނަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގައި ވަނީ ގިނަ ލުއިތަކެއް ދީފައެވެ. މާދަމާ އިން ފެށިގެން މާލޭ ސަރަހައްދުގެ އޮފީސްތައް ވެސް ހުޅުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހާރޫނު

    ކުއްލިއަކައް ހިނގައްޖެ ހާދައަވަހޭ