ޖުމްހޫރީ ޕާޓީގައި ހުންނަވައިގެން އަޑީ ރޭވުމެއްގެ ތެރެއިން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ކުރެއްވި މަސައްކަތަކީ ޕާޓީން އެންމެ ފަހު ވަގުތާ ޖެހެން ދެން ކުރި އިތުބާރު ގެއްލުވައިލުން ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.
ނާޒިމް އާއި އޭނާގެ އެކުވެރިޔާ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ގެންދެވީ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެ ކަމަށް ބޭނުންވާ 3،000 މެންބަރުންގެ ސޮއި ހޯދެވޭ ވަރު ވުމަށް ފަހު ދެ ބޭފުޅުން ވެސް ވަނީ ޖޭޕީން ވަކިވެވަޑައިގެންފައެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނާޒިމާއި ރިޔާޒް ވެސް ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ވިޔަފާވެރިޔާ އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ ޖޭޕީގެ ޓިކެޓްގައެވެ.
"ސަންގު ޓީވީ" ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ސައުދު ވިދާޅުވީ، ކޮންމެ މީހަކަށް ވެސް ސިޔާސީ ޕާޓީއެއް އުފެއްދުމާއި ސިޔާސީ ދާއިރާއިން ބޭނުންވާ ގޮތަކަށް ކުރިއަށް ދިއުމުގެ ހައްގު އޮންނާނެ ކަމަށެވެ.
ނަމަވެސް ސިޔާސީ ޕާޓީއެއްގައި މަސައްކަތް ކުރައްވާއިރު އާއި، ޕާޓީއަކުން ވަކިވެވަޑައިގަތުމުގައި ކޮންމެ ވެސް މިންވަރެއްގެ އަޚްލާގީ މިންގަނޑެއް އޮންނަން ވާނެ ކަމަށް ސައުދު ވިދާޅުވިއެވެ.
"ރީތި ގޮތަކީ ކުރިއާލާ އަޅުގަނޑުމެންގެ ޕާޓީން ވަކިވެ ޕާޓީއެއް އުފައްދަން އުޅުން. އެކަމަކު ޕާޓީ ކަންކަން އަޑިން ކުރަމުން ގޮސް އޭގެ އަޑު ގަދަވީމަ ސިޓީއެއް ފޮނުވައިގެން ވަކިވުން ރީއްޗެއް ނޫން." ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ، ނާޒިމާއި ރިޔާޒް ގުޅިވަޑައިގެން ސިޔާސީ ޕާޓީއެއް އުފައްދަވާ ކަމުގެ މައުލޫމާތެއް ލިބިވަޑައިގަތީ ކުއްލިއަކަށް ނޫން ކަމަށާއި މީގެ ކުރިން ވެސް ޕާޓީގެ ލީޑާޝިޕަށް އެ މައުލޫމާތު ލިބުނު ކަމަށެވެ.
އެކަމަކު އޭރު ދެ ބޭފުޅުން ވެސް އެ ކަން ދޮގު ކުރައްވާތީ ޕާޓީގެ ލީޑާޝިޕްއިން ބޭނުންވީ ދެ ބޭފުޅުންނަށް ވެސް އިތުބާރު ކުރުމަށް ކަމަށް ސައުދު ވިދާޅުވިއެވެ. ފަހު ވަގުތާ ޖެހެން ދެން ވެސް ޕާޓީގެ މެންބަރުންނަށް އިތުބާރު ކުރުމަކީ ޕާޓީގައި އޮންނަ އުސޫލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއަދު އެބަ އެނގިގެންދޭ ހިޑެން އެޖެންޑާއެއް އެބަ އޮތް ކަން. ފުރުސަތެއް ހޯދުމަށް ޓަކައި އަޅުގަނޑުމެންގެ ތެރެއަށް އައިސްގެން ކާމިޔާބު ކުރަން އުޅުނު މަސައްކަތް މިއަދު މި އޮތީ ފެނިފަ." ނާޒިމާއި ރިޔާޒްގެ އަމަލު ކުށްވެރިކުރައްވަމުން ސައުދު ވިދާޅުވިއެވެ.
ސައުދު ފާހަގަކުރެއްވި ގޮތުގައި، ނާޒިމްއަށް ޖުމްހޫރީ ޕާޓީގެ ދަނގެތި ދާއިރާގެ ޓިކެޓް އަރުވަން އެ ޕާޓީގެ ލީޑަރު ގާސިމް ނިންމެވީ ވެސް ގާސިމާއި ޖޭޕީއަށް ތާއީދު ބޮޑު ދާއިރާއަކުން ފުރުސަތު ދީގެން މަޖިލީހުގައި ރައްޔިތުންނަށް ޚިދުމަތް ކުރަން އޭނާއަށް ފުރުސަތު ދެއްވުމަށެވެ.
"އޭރު ގާސިމްގެ ވިސްނުމަކަށް ހުންނެވި ކަމަށް ވެދާނެ ނާޒިމްގެ ފަރާތުން ރައްޔިތުންނަށް ފައިދާތަކެއް ވާނެ ކަމަށް. އަދި ނާޒިމަކީ ވެސް ސިފައިންގެއާއި މިނިސްޓަރު ކަން ވެސް ކުރައްވާފައި އޮތުމުން އޭގެ ތަޖުރިބާގެ އަލީގައި ރައްޔިތުންނަށް ފައިދާ ކުރަނިވި ގޮތަކަށް މަސައްކަތް ކުރެވޭނެއޭ." ސައުދު ވިދާޅުވިއެވެ.
އެހެން ވިޔަސް ޖުމްހޫރީ ޕާޓީއަށް ބައެއް މީހުން އަންނަ ސަބަބަކީ ވެސް އެ މީހުންގެ އަމިއްލަ ބޭނުންތަކެއް ފުއްދަން ނޫނީ އަމިއްލަ ސިޔާސީ ފައިދާތަކެއް ހޯއްދެވުން ކަމަށް އޭނާ ވިދާޅުވިއެވެ. ނާޒިމާއި ރިޔާޒްގެ ވެސް އޮތީ އެ ބޭނުން ކަމަށް ގަބޫލު ކުރެވޭ ކަމަށް ސައުދު ވިދާޅުވިއެވެ.
"ޕާޓީއަށް އެ އަޑު މާ ކުރިން ވެސް އިވެމުން ދިޔަ. އެކަމަކު ވެސް އަޅުގަނޑުމެން އެ ބޭފުޅުންނަށް އިތުބާރު ކުރިން. ޕާޓީގެ ރިވެތި ސިފައެއް އެއީ ފަހު ވަގުތާ ޖެހެން ދެން ވެސް މެންބަރުންނަށް އިތުބާރު ކުރުން." ސައުދު ވިދާޅުވިއެވެ.
ނާޒިމާއި ރިޔާޒް ވެގެން އުފައްދަވާ ޕާޓީއަށް މަޖިލީހުގެ ބައެއް މެންބަރުންތަކެއް ސޮއިކުރައްވާނެ ކަމަށް އަޑު އިވެއެވެ. އެކަމަކު މީގެ މާ ގިނަ ތަފްސީލްތަކެއް ނާޒިމާއި ރިޔާޒް ވެސް އަދި ނުދެއްވައެވެ.
ޤާސިމް ގެ ލީޑަރ ޝިޕްގެ ދަށުގައި ތިއްބަވައިގެން ނާޒިމް ފަދަ ޤާބިލް ބޭފުޅުންގެ ޚިދުމަތް ރައްޔިތުންނަށް ނުދެއްކޭނެ ކަމަށް ބަޔަކު ބުނާތީ ވެސް އިވެއެވެ.
މިވެސް ދެން ހާދަ ބޮޑުވެގަނެގެން އުޅެން އުޅޭ މީހެކޭ.
ވެލް، ނައު ޔު ނޯ..
އެބޭފުޅާ މޮޔަފުޅު ވީތޯ؟ ބަލަ އަޅުގަނޑޭ އެބޭފުޅާއަށް ކާންދީ ބޯންދީ މީހަކަށް ހެދީ. ކިހިނެތް ވެގެންތޯ އެބޭފުޅާ އޮޅިވަޑައިގެން އުޅުއްވަނީ؟ މިއީ ކާނަލް ނާޒިމަށް ގާސިމްގެ ފަރާތުން އަންނާނެ ބަސްތައް. ގާސިމް ކައިރިއަށް އެންމެންނަކީ ގާސިމް ފެލަން ދާ ބައެއް ކަމަށް ގާސިމަކަށް ނޭނގޭ. ގާސިމަށް ހީވަނީ ގާސިމު ވަރުގެ ސިޔާސީ މީހަކު ނެތިގެން ދާ ބައެއް ކަމަށް ސިޔާސީ ބާބުރުތަކަކީ. ހެހެހެހެހެހެހެ.
ގާސިމް ޕާޓީދޫކޮ އްލާ ސްޓަރފުން ހޭބޯނާރާ ކުރާ. މަސަ އްކަތުން ލިބޭ ހަލާލު މުސާރަކޮޅުވެސް ދޭންނުކެރޭ. އަބަދުވެސް ގާސިމަށްވާނީ ތިވަރު މި އަދު ވޯޓެ އްނެގިޔަސް ގާސިމް ފެ އިލްވާނެ ގާސިމްގެ ތިބީ މުޅިންވެސް ބޭރު މިހުން އެމީހުންނަށް ވޯޓްލެވޭދުވަހަކުން ގާސިމްދެން ތާ އީދު ލިބޭނީ.
ގާސިމް 3 ބަލިވީ މަވެސް އެހެން މީހަކަށް ފުރުސަތު ނުދީ ހިފަހައްޓަންވީމަ ހެދޭނީ ގޯސް ގާސިމް އަތަކު މިހާރު ފައިސާ އެއްނެތް.ނާޒިމް އަތުގަ ފައިސާ އެބަހުރި އެފުރުސަތުގެ ބޭނުން ގަސިމް ހިފިނަމަ ޖޭޕީއަށް 2023 ކާމިޔާބު ކުރެވުން ވަރަށް ގާތް.
ބަލަ ތަނެއްގެ އިސްމީހަކަށްހުރެ އެތަނުގައި ތިމާޔާއެކީ މަސައްކަތްކުރަން ތިބި އިސްމީހުންނާ ތަނުގައި އެޔަށްވުރެދަށުން މަސައްކަތްކުރަން ތިބިމީހުންނާ ޖައްސާ، މިކަހަލަ ދައް ފެންވަރު ކަންތައްކުރާ ބޮހަކާއެކު ކިޔަވަގެން ތިބި މީހުންނަކަށް މާގިނަދުވަހަކު ނުތިބެވޭނެޔޭ. ނާޒިމްމެން އެހެދީ ރަގަަޅަށް!