ވަގުތު ލައިވް

ހަނިމާދޫ އެއާޕޯޓު މަޝްރޫއު އަވަހަށް ފެށުމަށް ހދ. އަތޮޅު ކައުންސިލުން އެދެފި

 • 2 މަސް ކުރިން ( ޖުލައި 17, 2021 )
 • 3
 • |

ހދ. ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް އަވަހަށް ފެށުމަށް ހދ. އަތޮޅު ކައުންސިލްގެ މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން ރޭ އެދިވަޑައިގެންފިއެވެ.

އުތުރުގެ އެންމެ ބޮޑު އެއް އަތޮޅު ކަމަށްވާ ހދ. އަތޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު ރޭ ވަނީ ހދ. އަތޮޅު ކައުންސިލް މެމްބަރުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފައެވެ.

ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމުގައި ވަނީ އަތޮޅު ކައުންސިލް މެމްބަރުން ވަނީ އަތޮޅުގެ އެކި ރަށްރަށުގައި ތަރައްގީ އަށް ބޭނުންވާ މުހިންމު ކަންކަމާ ގުޅޭ ގޮތުންނާއި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.

ރައީސް، ހދ. އަތޮޅު ކައުންސިލް މެމްބަރުންނާ ބައްދަލު ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

އެގޮތުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އަވަހަށް ފެށުމަށް ބޭނުންވާ ކަމަށާއި ރަނގަޅު ދަތުރުފަތުރު ނިޒާމެއް ގާއިމު ކުރުމާ ގުޅޭ ގޮތުންނާއި ރަށްރަށުގެ ބަނދަރާއި ފެނާއި ނަރުދަމާ އަދި ސްކޫލްތަކާއި ޒުވާނުންނަށް ބޭނުންވާ އިޖްތިމާއީ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން އަތޮޅު ކައުންސިލްގެ މެމްބަރުން ރައީސްއާ މަޝްވަރާ ކުރެއްވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ބައެއް ވަޒީރުން. --- ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލަރުން ހުށަހެޅުއްވި ކަންކަމާއި އަތޮޅުގެ ރަށްރަށުގެ ތަރައްގީއަށް ކުރިއަށްގެންދާ މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތުތައް ކައުންސިލަރުންނާ ހިއްސާކުރައްވައިފައެވެ. އަދި ހާއްސަ ގޮތެއްގައި ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އާބެހޭ ފަހުގެ މައުލޫމާތުތައް މި ބައްދަލުވުމުގައި ޙިއްޞާކުރައްވައި، ރައީސް ވަނީ މި ސަރަޙައްދުގައި ރަނގަޅު ފެންވަރުގެ އިންޓަނޭޝަނަލް އެއާޕޯޓެއް ގާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. މީގެ އިތުރުން، އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ހައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސް ވަނީ ކުޅުދުއްފުށި ސިޓީގެ ބައެއް ވިޔަފާރިވެރިންނާވެސް ބައްދަލުކުރައްވައި އެބޭފުޅުންގެ ކަންބޮޑުވުންތައްވެސް އަޑުއައްސަވައިފައެވެ.

ރައީސްގެ ދެކަނބަލުން މިހާރު ކުޅުދުއްފުއްޓަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ. ކުމުންދޫ އަދި ހދ. ހަނިމާދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސްގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ހަރަދުވާނެ ކަމަށް ބެލެވެނީ 85 މިލިއަން ޑޮލަރު ނުވަތަ 1.3 ބިލިއަން ރުފިޔާއެވެ. އަދި އެ މަސައްކަތަށް ދެ އަހަރު ނަގާ އިރު، ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް އަލުން ތަރައްގީ ކުރުމަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ސްކީމްގެ ދަށުން ހިންގުމަށް ދިވެހި ސަރުކާރުން ނިންމާފައިވާ އުމްރާނީ ތަރައްގީގެ ބޮޑު އަށް މަޝްރޫއުގެ ތެރެއިން އެއް މަޝްރޫއުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ނުކުރާތި

  ހަނިމާދޫ އެއާރޕޯރޓް ތަރައްގީ ކުރަނީ އެއީ ފައިނޭންޝަލީ އެއްގޮތަކަށް ވެސް ފީސްބްލް ކަމެއް ނޫނޭ ހދ. އަތޮޅުގައި ރިސޯރޓްސް ތައް ނެތީސް 800 މިލިއަން ޑޮލަރުގެ ބޮޑު ހޭދަ އެއްކޮށްގެން ހަނިމާދޫ އެއާރޕޯރޓް ހެދުން އެއީ އެލޯން އެއްގޮތަކަށް ވެސް ދެއްކޭނެ ކަމެއް ނޫނޭ ބަދަލުގައި އެ ފައިސާ އިން ގުޅިފަޅު ހިއްކާ އެތަނުން މާލެ ސަރަހައްދުގައި ގޯތި ނެތް މީހުންނަށް ގޯތި ދިން ނަމަވެސް ތިއަށް ވުރެން މާބޮޑު ތަން ރަނގަޅުވީސްއޭ ފުރަތަމަ ހަނިމާދޫ ގައި ރިސޯރޓްސް ތައް ހުރެގެން ނޫންތޭ ތިޔާ ކަން ފީސްބްލް ވާނީ ދެން ދައްޕަރުން އިންޑިއާ އަށް ބިން ތައް ހިލޭ ދީގެން އިންޑިއާގެ އަވަށަކަށް ހދ. އަތޮޅު ހަދަން ރައީސް އިބޫ އާއި ފޮރިންގް މިނިސްޓަރު ޝާހިދު އަޑީގައި ތިބެގެން ހިންގާ ބޮޑު ވައްކަމެކޭ މީ މީ ސީދާ ގައުމުގެ މިނިވަން ކަން ވިއްކާލަން ވެގެން ރައީސް އިބޫ އާއި އިންޑިއާ މޮދީ ދެމީހުން ކުރާ ކަމެކޭ ހެޔޮނުވާނެއޭ މިކަން ކުރަން ހދ. އަތޮޅު ކައުންސިލް އެއްބަސްނުވާށޭ ތަމެންނަށް ދޭ ރިޝްވަތު ފައިސާ ދޭ ނަމަ އެފައިސާ އަތުލައިގެން ނަމަވެސް ތިޔާ ކަމަށް އެއްބަސް ވެގެން ނުވާނެއޭ ނުވާނެއޭ ނުވާނެއޭ...

  3
  1
 2. ހެޔޮނުވާނެއޭ

  ހަނިމާދޫ އެއާރޕޯރޓް އިންޑިއާ ގެ ވަގު ވިޔަފާރިވެރިން ތަކަކާއި މިސަރުކާރުގެ ފޮރިންގް މިނިސްޓަރާއި އަދި ރައީސް އިބޫ ގުޅިގެން ކުރަން އުޅެނީ އެއީ ބޮޑު ވައްކަމެކޭ އެއީ އެއްގޮތަކަށް ވެސް 800 މިލިއަން ޑޮލަރު ޚަރަދު ކުރާނެ އެއާރޕޯރޓެއް ނޫނޭ އެއީ އެއްވެސް ގޮތަކުން ހިސާބު ނަމްބަރު ތަކުން ބަލާއިރު މާބޮޑަށް ބޮޑު އަދަދެކޭ އަދި މަމެން ޔަގީން ކޮށްދޭނަމޭ އިންޑިއާ އިން ތޭ ތިޔާ އެއާރޕޯރޓް ހަދަނީ އެހެން ކަމަށްވާނަމަ ކުޅަދާނަ އެއް ނޫނޭ ކުރިއަށް އޮތް 10 އަހަރު ވެސް ތިޔާ އެއާރޕޯރޓް ނިންމަން ދެން ލަންކާ ކުންފުނި ތަކަށާއި އިންޑިއާގެ ކައްޕަޅި ކުންފުނި ތަކަށް ދީގެން އެއާރޕޯރޓް ހިލާލާނީއޭ ކުރާ މަސައްކަތެއް ގެ އެއްވެސް ފެންވަރެއް ވެސް ނުހުންނާނެއޭ ޖީއެމްއާރުން ވެލާނާ އެއާރޕޯރޓްގައި ހޭވި ހަޑި މަމެން ދެކުނީމޭ ހެޔޮ ނުވާނެއޭ އިންޑިއާ އަށް ރާއްޖޭގެ ތަރައްގީގެ ޕްރޮޖެކްޓެއް ދޭން އެހެރީ އައިޖީއެމްއެޗް ބޮލަށް ވެއްޓިފައި އޮތްވައޭ އެތަން އެއޮތީ ދައުލަތުގެ ބަޖެޓުން އެވަރުގެ ދެ ހޮސްޕިޓާ އަޅާ ފައިސާ ޚަރަދުކޮށްގެން އެތަން ހަދާފައި..

  3
  1
 3. އައުޓް

  އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  1
  1