ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގުމަށް އިންޑިއާގެ ކުންފުންޏަކާއެކު 48 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 740 މިލިއަން ރުފިޔާ)ގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި ޕްރޮޖެކްޓް އިންޑިއާ ކުންފުންޏަށް ދީފައި ވަނީ ބިޑް ކުރުމަކާއި ނުލައެވެ.
މި އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. އެޕްރޮޖެކްޓް ހިންގުމަށް ހަވާލުކޮށްފައި ވަނީ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީއާއެވެ. އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ފައުންޑަރ އަދި ޗެއަރމަން މރ. ބުޕޭޝް ނާގަރާޖަން އެވެ.
ފުލުހުން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން 61 ޕޮލިސް ފެސިލިޓީއާއި އިމަރާތް ބިނާ ކުރާނެ ކަމަށެވެ. އޭގެ ތެރޭގައި، ކ. ދޫނިދޫގައި އިމާރާތްކުރާ ކަސްޓޯޑިއަލް ފެސިލިޓީއާއި މިހާރުވެސް ބޭނުންކުރަމުންދާ ދެ އިމާރާތެއް އުމްރާނީގޮތުން އިތުރަށް ތަރައްޤީ ކުރުމާއި، އަތޮޅު ތެރޭގެ ރަށްރަށުގައި އިމާރާތްކުރާ 23 ޕޮލިސް ސްޓޭޝަނާއި 21 ޕޮލިސް ޕޯސްޓްގެ އިތުރުން 8 އަތޮޅު ޕޮލިސް ސްޓޭޝަނާއި މާލޭގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހުޅުމާލެ ފޭސް ދޭއް ގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހަތަރު އެކޮމޮޑޭޝަން އިމާރާތް ހިމެނެއެވެ.
ފުލުހުން ވިދާޅުވީ، ދެ އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގެ ސަބަބުން ފުލުހުންގެ މަރުކަޒުތައް ތަފާތު ސަރަހައްދުތަކުގައި ގާއިމުކޮށް، ލާމަރުކަޒީ އުސޫލުން ރައްޔިތުން ބޭނުންވާފަދަ ޒަމާނީ ޑިމޮކްރަޓިކް ހިދުމަތެއް ދިނުމުގެ މަގު ތަނަވަސް ވެގެން ދާނެ ކަމަށެވެ.
އޭގެ އިތުރުން، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް މީހުން ބަންދުކުރެވޭނެ ވަސީލަތްތައް ގާއިމުވެ، އަސާސީ ގޮތުން ފުލުހުންގެ މަރުކަޒުތަކުގައި ހުންނަންޖެހޭ ކަންކަން ފުރިހަމަވެގެން ދާނެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރައްވާ ހަމީދު ވިދާޅުވީ، މި ޕްރޮޖެކްޓަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އުމްރާނީ ތަރައްގީއަށް މިހާތަނަށް ހިންގޭ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާގެ ދަށުން ފުލުހުންގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި، އިންސާނީ ވަސީލަތާއި ޤާނޫނާއި ޤަވާއިދުތަކާއި ފުލުހުން ޒިންމާދާރު ކުރުވޭނެ ޑިމޮކްރެޓިކް އުސޫލުތަކުގެ އިތުރުން އެކަށީގެވާ އުމްރާނީ ވަސީލަތަކީ ކޮންމެހެން ބެނުންތެރި ކަމެއް ކަމަށް ވިދާޅުވިއެވެ. .
މި މަޝްރޫއަށް ފައިނޭންސް ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއަން އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާއެކު ވެވޭ ލޯން އެއްބަސްވުމެއްގެ ދަށުން މަޝްރޫއުގެ 85 އިންސައްތަ އެގްޒިމް ބޭނުންކުން ފައިނޭންސް ކުރާގޮތަށެވެ. ބާކީ 15 އިންސައްތަ ހަމަޖައްސާނީ ދިވެހި ސަރުކާރުންނެވެ.
މި މަޝްރޫއަކީ ބިޑްކުރުމަކާ ނުލައި ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލުން ކުރިއަށް ގެންދިޔަ ނަމަވެސް މި މަޝްރޫއު ހިންގުމަށް ދާ ހަރަދާ ގުޅޭގޮތުން ދިވެހި ފުލުހުން ކުރިއަށް ގެންދިޔަ އެސެސްމަންޓަށް ބަލާއިރު، މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ޕީއެސްއައިޕީގެ ދަށުން ހިންގާފައިވާ އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކަށްވުރެ މި މަޝްރޫއަށް ކުރަނެޖެހޭ ހަރަދު ނިސްބަތުން ކުޑަކަމަށް ފުލުހުން ވިދާޅުވިއެވެ.
އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީގެ ފައުންޑަރ އަދި ޗެއަރމަން މރ. ބުޕޭޝް ނާގަރާޖަންގެ އިތުރުން، އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއާއި ފުލުހުންގެ ޚިދުމަތުގެ އިސް ބައެއް އޮފިސަރުންނާއި އިންޑިއަން ހައި ކޮމިޝަންގެ ބައެއް އޮފިޝަލުން ބައިވެވެލެއްވިއެވެ.
އިންޑިޔާ ކުންފުންޏަކަށް ނޫން ބަޔަކަށް ޕްރޮޖެކްޓެއް ނުދެވޭތަ؟ ހާދަ ބޮޑު ކޮރަޕްޝަނެކޭ ދޯ އެކަމަކު މިއީ.
މިއީ ވިސްނަން ވެއްޖެކަމެއް!! އިންޑިޔާގެ ކަސް ސްލޯ ކުންފުނިތަކާ ރާއްޖޭގެ ހުރިހާ މަސައްކަތެއް މިޙަވާލުކުރަނީ!! އަނެއްކާ މިއީ އިންޑިޔާއިން ނަގާ ލޯނު!! ދިވެހި ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން މިލޯނުތައް ދައްކަންޖެހޭ!! މަސައްކަތުގެ ވައްޓަފާޅި ނުހުންނަ މަސައްކަތުގެ ފެންވަރާ ބޭނުންކުރާ މެޓީރިއަލް އެހާ ދަށްވާނެ!! ތި އިމާރާތްތައް މިރާއްޖޭގައި އަޅަން 10 އަހަރުނަގާނެ!! މިވެސް އަޅުވެތިކަމެއް!! ތިއިންޑިޔާ މީހުން ނޭޕާލްގެ މަގުތައް ހަދާ ނަމުގައި ނޭޕާލްގައި އުޅޭތާ 40 އަހަރުވެއްޖެ މަގުހެދޭކަމަކަށްނުވޭ!! އެގައުމުވެސް އެވަނީ ހިންދަމާ ނުލެވިގެން އިންޑިޔާގެ ދުއްޕާނާހުރެ!! މިގައުމަށްވެސް އެހެން ހަދަމުން އެގެންދަނީ!! ޕަޕެޓަކު މިތާ ބަހައްޓައިގެން!!
ޕޮލިސް ލޯގޯވެސް އެއިނީ އެއްފަރާތަށް ޖެހި "އިންދިރާ" ލޯގޯ މެދަށް އަރާ. ދަށު ވެވޭނީ ދެން މިހާވަރަށް.
މީދެން ބޮނޑުވެއްޖެކަމެއް ތާ ދިވެހިން ކުރާނެ މަސެއްކަތެއް ނެތީތަ
ކޮބައިތޯ އެންޓި ކޮރޮޕްޝަން ކޮމިޝަން؟ ކޮބާ 0 ޓޮލަރޭޝަން ގޮވާނެގި މީހުން؟
ތިހަރަދުކުރަން ބުނިވަރާގާތައްވެސް ތިމަސެއްކަތެއް ނުކުރާނެ އިންޑިޔާ މީހުންދޯ
ދެން މިއިންޑިޔާ މީހުންފަހަތުން ދިވެހި ކުދި ކިންޓެއްކްޓަރުން ދުވާގޮތައް ކަންތަކުރުވަނީ
ދީފަ ބަހައްޓާ. ޕީޕީއެމްގެ ވެރިކަން އައީމަ ތި ހުރިހާ ބިޑެއް ބާތިލުކޮއް އެކަމުގެ އެވޯޑު ދިން އެންމެން ފަހަރަކު މީހެއް ޝަރީއަތްކޮއް ޖަލައްލީމަ ނިމުނީނުން. އެންޖޯއި...
ބާތިލު ކުރީމަ ބަދަލު ދޭން ޖެހެނީ ހަމަ ކަލޭގެ ޓެކްސް ފައިސާއިން. އެވޯޑް ކުރި މީހާ ޖަލުގަ ތިންމަހު ކުކުޅު ކާން. އެވެސް ކަލޭގެ ޓެކްސް ފައިސާއިން
ބަލަ ޗައިނާ ބޭންކުން ލޯނު ދޭނީ ޗައިނާގެ ކުންފުނިތައް ލައްވަ މަސައްކަތް ކުރަން. އޭޑީބީން ދޭނީ އޭޑިބީގެ މެމްބަރު ގައުމުތަކުގެ ކުންފުނިތަކަށް. އެހެންވެ ބިޑް ކުރިޔަސް ނުކުރިޔަސް ލިބޭނީ ހަމަ އިންޑިއާ ބަޔަކަށް
ކިތަށް ޕްރޮޖެކްޓްތޯ މަޖިލީސް މެންބަރުންގެ މަސްލަހަތު އޮތް ކުންފުނިތަކަށް ދީފަހުރީ، ވަގެހިފަނި މެންބަރުވެސް މިހާރު ޕްރޮޖެކްޓްތަށް ނަގާގެ ހުވަދު އަތޮޅުގެ ބައެއް ރައްތަކުގަ މަސައްކަތް ހިންގަޔޯ އެއީ ތެދެއްބާ؟
ދެން އިންޑިއާ މީހުންނަށް ރާއްޖެ ހިފަން ފަސޭހަވާނެ ، އެމީހުންފަރުމާކުރީމަ، ތިތަނަށް ލާނީވެސް ދިވެހި ޕޮލިހުންގެ ބަދަލުގަ އިންޑިއާ ސިފައިން،
ބިޑްނުކޮށް އެދިނީވެސް،
ކޮބާ އެއްކަލަ މައުމޫނު، ކޯލިޝަނުން ނުކުންނާކަށް ނުކެރުނު،
ރ.ޔާމީން ކަންކުރާގޮތް ކަމުނުގޮސްގެން އެމްޑިޕީއާ ކޯލިޝަން ހަދައިގެން ، މިހާރު މައުމޫނު ހުރީ،
ބީރުވެ، މަންމަންވެ، ކަނުވެފަ!
صم، بكم، عمي،
ތިހެން ބުނާއިރަށް ސަރުކާރުން ބުނާނެ މިދިޔަ ސަރުކާރުގައިވެސް އެގޮތަށޭ ހެދީ.
ނުވިސްނޭކަމަކީ މިމީހުންނަޢި ވެރިކަން ހަވާލުކުރީ ނިމިދިޔަ ސަރުކާރުގެ ގޯސްތަށް ރަނގަޅުކުރާނަމޭ ބުނީމަކަން.
މަރުހަބާ ނ މޕ ޕާޓީއަށް ސޮއިޖަހަންތިބި މަޖުލިސް މެ މްބަރުންނާ ސޮއިކުރަނތިބި އާއް މު މީހުންނަ...ބަޅޭންގާ އިންޑިއާ ބަގާއޭންގާ މާލްދީފް...
ދޭންޖެހޭ ނޫނީ ރުޅިއައިސްގެން ވެރިކަން ވައްޓާލަފާނެ.
މި އިންދިރާ ކުންފުނީގެ ވެބްސައިޓުގަ އެބައިން އޮންގޮއިން ޕުރޖެކްޓުސް ތަކުގެ ދަށުގައި މޯލްޑިވްސް އިމިގުރޭޝަން ހިޔާ ޕުރޮޖެކްޓާއި އެމްޓީސީސީ ހިޔާ ޕުރޮޖެކްޓާއި މޯލްޑިވްސް ނެޝަނަލް ޔުނުވާސިޓީ ގެ ހިޔާ ޕުރޮޖެކްޓުވެސް މި މީހުންނައް ދީފައި ހިނގަމުންދާކަމައް. ވީމާ މިއޮތީ މިހުރިހާ ޕުރޮޖެކްޓެއްވެސް އެމީހުންނައް ވަގުވަގައް ދީފަތާ. އަހަރެމެން ނުދެކެން މިއިން ޕުރޮކްޓެއްގެ ޓެންޑަރ ކުރިތަނެއްވެސް. އޭސީސީއަށް ގޮވާލަން މިމައްސަލަ ނިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމައް. އިންދިރާ ޕުރޮޖެކްޓުސް ޑޮޓްކޮމް ވެބްސައިޓު ބައްލަވާ އަޅެފަހެމީ ދޮގެއްތޯ ބަލަން. މި ސަރުކާރުން މިއޮތީ އިންޑިޔާއަށް ގައުމުދި ހުސްކޮއްފައެއްނުން ނޭނގިތިއްބާ.
ނުދެވޭނެ ތިހެން. ތި ހޯދި ގޮތަށް ގެއްލިގެން ދާނެ
އިންޑިއާ އައުޓް
ޤާނޫނާއި ޤަވައިދުތައް ހިންގަންތިއްބާބޭފުޅުންވެސް ޤައުމަށް ފަރުވާތެރިނުވެ އިސްކަންދެނީ އޭނާއަށް
ބެއްޔާގެ މަކަރުވެރި ރޭވުން އެއީ ބާތިލު އެއްޗެއް މީނަ ހަށްޔަރު ކޮށް ކަރަޕުސަނުން ހިންގި ޖަރީމާތަށްބަލާ ލައިވުކޮށް ޝަރީއަތް ހިންގާނެ ދުވަސް އެބަކައިރިވޭ އެދުވަހުން ބެއްޔާނުރޯތި.
ހަމީދު ހަށްޔަރުކޮށް މަށްސަލަބެލުމަށް މިނިވަން މުއަށްސަސާތަކަށް ގޮވާލަން މިއީކީ ރަނގަޅަށް ކުރިކަމެއްނޫން މިއީ ވަށްކަންކުރުން ބަޔަކު ދަށުވެފަވީމަ މިކަހަލަ ޖަރީމާހިންގާނެ މިއީ ބަލައިގަނެވޭނެ ކަމެއްނޫން.
އިންޑިއާ އައުޓް
ލިބޭމިންވަރުން ދިރިއުޅުން ހަމަޖައްސަން ނޭގި އެހެންމީހުންގެ މުއްފަތުން އުޅެންޏާ އޭގެ ބަދަލު އެމީހުން އަތުލާނެ .ބައެއްފަހަރައް އަނބިމީހާ އާއި ބޮޑު ނުވާ ކުދިންވެސް ބުނީމަ ދީގެން ގާފިލު ކަންނެތް މީހުނައް އުޅެވޭނީ . އެހެން މީހުން އަޅާދޭ ބުރިޖު ގަ ދުއްވާފަ ދާއިރު އެނގެންޖެހޭނެ މީގެ އަގެއް އޮންނާނެކަން.
ލާދީނީ ވަގުންގެ ސަރުކާރު އިސްތިޢުފާ. އިންޑިއާ އައުޓް!