އަތޮޅުތެރެއިން ބޭސްފަރުވާ ހޯދުމަށް މާލެ އަންނަ މީހުން ގިނައެވެ. ބޭސްފަރުވާއަށް އަންނަ ގިނަ މީހުންނަކީ ދުވަހު ކުއްޔަށް ކޮޓަރި ހިފައިގެން އައި ބޭނުން ފުދުމުން ރަށަށް ދާގޮތަށް އަންނަ މީހުންނެވެ. މިފަދަ ގޮތަކަށް ބޭސްފަރުވާ ހޯދަން މާލެ އައިސް އެކަން ކާމިޔާބުނުވެ، ރަށަށް ދާން ޖެހުމަކީ އެއިން އެއްވެސް މީހެއް އުންމީދުކުރާނެ ގޮތެއް ނޫނެވެ.

މީސް މީޑިއާގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައި މިވަނީ އޭޑީކޭއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އޭނާ ކުރިމަތިލާން ޖެހުނު ކަމެއް އާންމުންނާއި ހިއްސާކޮށް ފޭސްބުކްގައި ޕޯސްޓް ކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ ލ. މާވަށުން ފުރައިގެން އޭޑީކޭއިން ޑޮކްޓަރަށް ދައްކަން މާލެ އަންނަން ފުރީ އޭޑީކޭ އިން އެޕޮއިންޓްމެންޓް ހަމަޖެހުނުކަން ޔަގީން ކޮށްދިނުމުން ކަމަށެވެ. މާލޭގައި އެގޮތަށް ތިބޭތާ ހަތް ދުވަސް ވީއިރު ވެސް ޑޮކްޓަރަށް ދެއްކޭގޮތް ނުވިކަން އޭނާ ފާހަގަ ކޮށްފައިވެއެވެ.

ޑޮކްޓަރަށް ނުދެއްކުން ސަބަބު ބަޔާންކޮށްދީ އޭނާ ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ ހަތަރު ފަހަރެއްގެ މަތިން ހޮސްޕިޓަލުން އެޕޮއިންޓްމެންޓް ޗޭންޖް ކޮށްފައިވާ ކަމަށާއި އެންމެ ފަހުން ރަށަށް އަންނަން ޖެހުނީ ޑޮކްޓަރަށް ނުދެއްކި ކަމަށެވެ.

ދުވަހު ކުއްޔަށް މާލޭގައި ތިބުމަކީ ހަރަދުތަކެއް ދާނެ ކަމެކެވެ. އެގޮތުން އޭނާ ވަނީ ޑޮކްޓަރަށް ދެއްކުމުގެ ފޮނި އުންމީދުގައި ހޭދަކުރި ހަތް ދުވަހަށް ދިޔަ ހަރަދުގެ ތެރެއިން ބައެއް ހަރަދުތައް ހާމަކޮށްފައެވެ. ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓުގައި އަތުން ގޮސްފައިވާ ހަރަދުގެ ގޮތުގައި 10،552ރ ފާހަގަ ކޮށްފައިވެއެވެ. ވަކިވަކިން ތަފްސީލުކޮށް ކިޔައިދީފައިވާ ގޮތުން ދެމީހުންގެ ފްލައިޓް ޓިކެޓަށް 4،452ރ ހޭދަވެފައިވެއެވެ. އޭގެ އިތުރުން ދެކޮޅަށް ލޯންޗް ދަތުރަށް 2،400 އަދި ކޮޓަރި ކުލީގެ ގޮތުގައި 7 ދުވަހަށް 3،500ރ ހޭދަވެފައިވެއެވެ. މީގެ ތެރެއަށް އޭޑީކޭއިން އެޕޮއިންޓްމެންޓް ފީގެ ގޮތުގައި ނަގާފައިވާ 200ރ ވެސް ހިމަނާފައިވެއެވެ.

ފޭސްބުކްގައި އޭނާ ހިއްސާކޮށްފައިވާ ލިޔުންކޮޅު ނިންމާލަމުން މިފަދަ ގޮތަކަށް މިހާތަނަށް ކިތައް މީހުންނަށް ދިމާވެފައިވޭތޯ ސުވާލު އުފައްދާފައިވެއެވެ.

މާލޭގައި ބައެއް ޑޮކްޓަރުންގެ އެޕޮއިންޓްމަންޓްތައް ހަމަޖެހުނު ނަމަވެސް އެންމެ ފަހުވަގުތު އެޕޮއިންޓްމަންޓްތައް ކެންސަލްވުމާއި ނުވަތަ އެހެން ދުވަސްތަކަށް އެޕޮއިންޓްމަންޓް ބަދަލު ކުރަން ޖެހުމަކީ ވަރަށް އާއްމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އިބިލީސް

    ރާއްޖޭގެ ސިއްޙީ ނިޒާމު އޮތީ ބޮއްސުންލާފަ. ފަރުވާކުޑަ ޒިންމާދާރު ކުޑަ ޑޮކްޓަރުންނާއި ނަރުހުން އަދި އެތަން ތަން މެނޭޖް ކުރުމާއި ހަވާލުވެ ތިބީ. ޒިންމާދާރުކުރުވާނެ ނިޒާމެއް އޮތަކަސް އަމަލު ނުކުރާކަމުގައި ވާނަމަ ތިކަހަލަ ކިތަންމެ ހާދިސާއެއް ބަރިބަރިއަށް ފެންނާނެ.

    33
    • ގައުމު

      ތީ 1000 ހުގެ ވާހަކެއް އަޅުގަނދު އޭޑީކޭ ޑޮކްޓަރަކަށް ދަށްކަނވެގެން އެޕޮއިނޓްމަންޓް ހެދީ މިމަހު 14ފުރަތަމަ އެޕޮއިންޓް މަންޓް ލިބުނީ ކޮއިފުޅާ މިހާރު ވަނީ 4ވަނަ ފަހަރަށް ބަދަލްވެފަ ޑިލޭވެފަ މީ ފުކެއް ބޮޑުވަރު އޯލްރެޑީ ޕެއިޑް

  2. ނނނ

    މާ ރަގަޅުވާނެ ތިލާރި ތައް ހިފައިގެން އަމިއްލަ ގޮތު އިންޑިޔާ އަށް ދިޔާމަ

    24
    1
  3. ރައްޔިތު

    ހުވަދު އަތޮޅު މީސްތަކުން މިޖެހެނީ ސުކޭނާއިއެމްއާރެއް ހަދަންޖެހުނަސް ސަލާންޖަހަން މާލެ އަށާއި އައްޑުއައް ދުވަން އެކަމަކުތިނަދޫގައި ބޮޑު ހޮސްޕިޓަލެއް ހުރޭ ކޮބާތޯބޭނުމަކީ؟ސިއްހީ ނިޒާމޭ ކިޔަން ލަދުވެސްގަނޭ

    20
    1
  4. އަފޭ

    ކޮންމެ ސަރުކާރެއް ގައި އަޑުގަދަކޮއް ގޮވާނެ ބޭސްްފަރުވާއައް ސަލާންޖަހާކައް ނުޖެހޭނެ ކިޔާފައި އެކަމަކު ހަޤީގަތަކީ ބޭހައްވެސް ފަރުވާ އައްވެސް ސަލާން މިޖައްސަނީ

    20
  5. ކެޔޮޅު

    ގައުމުގަ މިއޮތް ސަރުކާރަކީ ނާގާބިލުސަރުކާރެއް ވީމާ ތިފަދަ ކަންކަން އިތުރު ވުމަކީ ވެދާނެކަމެއް.

    18
  6. ބަކުރުބެ

    ވަރަށް ދެރަ ޚަބަރެއް. ޑޮކްޓަރުން ގިނަ ފަހަރަށް ގަޑިއަށް ބަލި މީހުން ބަލަން ނުފެށުމާއި ޑިއުޓީއަށް ނުނިކުތުމުގެ ސަބަބުން އެޕޮއިންޓްމެންޓް ބަދަލު ކުރަން ޖެހުން ވަރަށް އާންމު ވެެއްޖެ. އެކަމަކު ހޮސްޕިޓަލް ތަކުންވެސް ވާނެ ކަންނޭގެ ބަލަން ރަށްރަށުން ހަމަ ސީދާ ވަކި ޑޮކްޓަރަކަށް ދައްކަން އައިސް ބޮޑެތި ޚަރަދު ކޮށްފައި މާލޭގަ ތިބޭ މީހުން، މިސާލަކަށް ފްލައިޓް ޓިކެޓް ކަހަލަ ކޮންމެވެސް އިތުބާރު ހިފޭ ޑޮކިއުމެންޓަކަށް ބަލާފަ އެންމެ އަވަހަށް އެޑޮކްޓަރު ބަލާ ގަޑިއެއްގައި އެބަލި މީހާ ޑޮކްޓަރަށް ދެއްކޭ ގޮތް ހެދުމަކީ އެކަމަށް ހޮސްޕިޓަލުން އިތުރު ޚަރަދެއް ކުރަން ނުޖެހި އެއްކަލަ ނިކަމެތި މީހާގެ ހާލަތަށް ބޮޑު ލުޔެއް ހޯދާދެވޭނެ ކަމެއް. އަދި އެކަމުގެ ސަބަބުން ހޮސްޕިޓަލާއިމެދު މީހުން ދެކޭގޮތް ރަނގަޅުވެސް ވާނޭ ކަމެއް. ބަލި މީހުންނަށް ފަރުވާ ކުުރުން ފަދަ އިންސާނީ ހިދުމަތްތަކުގައި ކޮމްޕިއުޓަރު ޖަވާބު ދޭގޮތަށް ކަންކަން ކުރުމަކީ އެހާ ރަނގަޅު ގޮތެއް ނޫން.. މިފަދަ ހިދުމަތްތައް ދޭންވާނީ ލޯތްބާއި އަޅާލުމާއި ހިތްހެޔޮކަމާއިއެކީ. ބަލި ހާލުގައި ހުއްޓާ ކޮށްދެވޭ ކިތަންމެ ކުޑަކުޑަ ކަމެއްވެސް ބަލިމީހާ ހިތުގެ އަޑީން ބަލައިގަނެ އެތައް ޒަމާނެއް ވަންދެން ހަނދާނުގައި ހުންނާނެ

    31
  7. ވައްލަ

    ފުލައިޓު ވެސްތިހާލުގާއޮތީ

    13
  8. ވުޖޭ

    މިރާއްޖޭގައި އާންމު ރައްޔިތެއްގެ އެއްވެސް ހައްގެއް މިހާރަކު ނުލިބޭނެ. ރަސްމީ ފަރާތްތަކަށް ހިނގައި ސަލާން ޖެއްސަސް، ހައްގަށް އަރައިގަތީ މުއްސަންޖެއް ކަމަށް ވަންޏާ، ވަގުތުން ފެންނާނީ ސަދޫމް ސިޓީގެ މަންޒަރުތައް. އޭޑީކޭ ކުއްޔަށް ދީފައިވާ އަދަރު ސަރުކާރުން ހާމަކުރަން ކެރޭނެބާ؟

  9. ޙާއްސަ

    މަރުވިއަސް އޭ.ޑީ.ކޭ އައް ނުދާންވީނު...