ބައެއް ދާއިރާތަކުގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓު ނުކުރެވޭ ގޮތަށް ނިންމައިފިއެވެ.
މިގޮތަށް، ނިންމާ މިކަމަށް މިއަދު ޢަމަލުކުރަން ފަށާފައިވާކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް އިން ވަނީ ވިދާޅުވެފައެވެ.
އެ މިނިސްޓްރީން މިއަދު ނެރުއްވާފައިވާ އިޢުލާނުގައި ވާގޮތުގައި މުނިފޫހިފިލުވުމުގެ ދާއިރާގައިވެސް، ފޮރިން އިންވެސްޓަރުންނަށް ދެން ހަރަކާތްތެރި ނުވެވޭނެއެވެ. އެހެންކަމުން، އެސިނާއަތުގައި ބިދޭސީންނަށް ވިޔަފާރި ކުރުން މިއަދުން ފެށިގެން މަނާވާނެއެވެ. އަދި، އެފަދަ ވިޔަފާރިއެއް ބެލެހެއްޓުމަކީވެސް، މަނާކަމަކަށް މިއަދުން ފެށިގެން ވާނެއެވެ.
މީގެއިތުރުން، އެހެން ބައެއް ދާއިރާތަކުގައިވެސް، ބޭރުގެ ފަރާތްތަކަށް މިއަދުން ފެށިގެން ރާއްޖޭގައި އިންވެސްޓް ނުކުރެވޭނެއެވެ. އޭގެތެރޭގައި ރާއްޖޭގައި ބާއްވާ ޙަފްލާތަކާއި އެނޫންވެސް ހަރަކާތްތައް ރާވާ، އިންތިޒާމުކުރުމުގައި ދާއިރާ ނުވަތަ އިވެންޓް ޕްލޭނިން އާއި އިވެންޓް މެނޭޖްމަންޓުގެ ދާއިރާގައިވެސް ބޭރުގެ ފަރާތްތަކަށް ހަރަކާތްތެރި ނުވެވޭނެ ކަމަށެވެ.
ހަމައެހެންމެ، އެހެން އުފެއްދުންތެރި މަސައްކަތްތަކުގެ ޕްރޮޑްކްޝަން ވިޔަފާރީގައިވެސް ބޭރުގެ ކުންފުނިތަކަށް ނުވަތަ ފަރާތްތަކަށް އިންވެސްޓް ނުކުރެވޭނެއެވެ. މި އިޢުލާނުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން، ޚާއްޞަ ހަފްލާތައް ފާހަގަކުރުމަށް ތައްޔާރުކުރާ ބާވަތްތަކުގެ ވިޔަފާރިވެސް ފޮރިން އިންވެސްޓަރަކަށް ނުކުރެވޭނެއެވެ.
އަދި ސައުންޑާއި ލައިޓް އަދި މިއުޒިކް ކުޅުމަށް ބޭނުންކުރާ އާލާތްތަކާއި ސާމާނު ކުއްޔަށް ދޫކުރުމުގެ ވިޔަފާރީގައި ބިދޭސީން ހަރަކާތްތެރިވުމާއި އެދާއިރާތަކުގައި ބިދޭސީން އިންވެސްޓް ކުރުމަކީވެސް މަނާކަމެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.
މި އިޢުލާނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ޢަމަލު ކުރަން ފެށުމުން، މިހާރު، އިސްވެ ފާހަގަކޮށްފައިވާ ދާއިރާތަކުގައި ބިދޭސީން ކުރަމުންދާ މަސައްކަތްތައްވެސް ހުއްޓާލަން ޖެހޭނެއެވެ.
އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި މިފަދަ އުޞޫލަކަށް ޢަމަލު ކުރަން ފަށާފައިވަނީ، މި ދާއިރާތަކުގައި މަސައްކަތްކުރާ ދިވެހިންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަށްކަމަށެވެ.
ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ފޮރިން އިންވެސްޓަރުން ވިޔަފާރި ކުރުން މަނާކޮށްފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. ހަމަ ތިޔާ ގޮތަށް ރިސޯރޓްސް ތަކަށް ވަޒީފާ އަށް އަންނަ ހުރިހާ ބޭރު މީހުންނަކީ އެއީ ރިސޯރޓް މުވައްޒަފުން ނޫނޭ އެމެން އަންނަން ޖެހޭނީ ހެދޭ ކޮންޓްރެކްޓެއްގެ ދަށުން ބިޒްނެސް ވިސާގައޭ އެމެން ނަށް ނުޖެހޭނެއޭ ސާރވިސް ޗާރޖް ވެސް ދޭން. އަދި މަހަކު 250 ޑޮލަރަށް ވުރެން ބޮޑު މުސާރަ އަށް ގެންނަ ބޭރު މީހުންނަށް ރިސޯރޓްސް ތަކުގެ ވަޒީފާ އަށް އާދެވޭނީ މޯލްޑިވްސް ޔުނިވަރސިޓީން ހިންގާ ދިވެހި ޑިގްރީ ކޯހުގައި ބައިވެރިވެ ދިވެހިން ލިޔަން ކިޔަން އެނގި އަދި ދިވެހި ބަހުން ޑިގްރީ ނެގުމަށް ފަހުގައެވެ. އެގޮތަށް އިކޮނޮމިކް މިނިސްޓްރީން ގަވާއިދު ހަދަންވީ މަނާ ކުރަންވީ ރިސޯރޓްސް ތަކުގައި ބޭރު މީހުން ވަޒީފާ އަދާކުރުން.
މުނިފޫހިފިލުވުމުގެ ދާއިރާގައި ބޭރުގެ އިންވެސްޓަރުންނަށް ދެން ހަރަކާތްތެރި ނުވެވޭގޮތަށް ސަރުކާރުން ކަންކަން ރާވާ ކަން އެެއީ ރަނގަޅު ކަމެކެވެ. އެކަމަކު މާލެ ތެރޭގައި 25 ހާސް ބިދޭސީން އަދި މާލެ ކައިރި ރިސޯރޓްސް ތަކުގައި 10 ހާސް ބިދޭސީން ގަވާއިދާއި ޚިލާފަށް ސައްހަ ވާރކް ވިސާ ނެތި ފިލައިގެން މަސައްކަތް ކޮށްގެން އެމެންނަށް ލިބޭ އާމްދަނީ އެމެން ރަށަށް ފޮނުވާއިރު މިކަމަށް އިކޮނޮމިކް މިނިސްޓްރީ ބްލައިންޑް އައި އެއް ދިނުން އެއީ އިކޮނޮމިކް މިނިސްޓްރީން އެހިތްވަރު ދެނީ ގާނޫނާއި ގަވާއިދާއި ޚިލާފަށް ރާއްޖޭގައި ވާރކް ވިސާ ނެތި މަސައްކަތް ކުރަން އެވެ. މިކަން ހައްލު ކުރަން އިމިގްރޭޝަން އާއި ޕޮލިހުންނާއި ގުޅިގެން މިމަސައްކަތް ފަށަން އިކޮނޮމިކް މިނިސްޓްރީން މަސައްކަތް ނުކުރަނީ އެއީ ކީއްވެގެންތޭ ގަވާއިދާއި ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ 40 ހާސް ބަންގާޅުން ހެޔޮ ނުވާނެ ފުލުހުން ނާއި ހަވާލު ކޮށްގެން އެމެން ރަށަށް ފޮނުވުމުގެ ޕްރޮގްރާމް މެދުނުކެނޑި ކުރެވޭނެ ގޮތެއް ވަޒީރުންގެ މަޖްލީހުން ހަމަޖައްސަން ވެއްޖެނޫންތޭ މީރާއްޖޭގެ މިނިވަން ކަމާއި ވެސް ގުޅިފައިވާ ކަމެކޭ އިކޮނޮމިކް މިނިސްޓަރު ސައީދު މިކަމަށް ބްލައިންޑް އައި އެއް ދެނީ އެއީ ކީއްވެތޭ މީ މަމެންގެ ވެރިކަމުގައި ހައްލު ނުވެ އޮތް ވަރަށް ބޮޑު ކަމެކޭ ހެޔޮނުވާނެއޭ މިކަން އިމިގްރޭޝަން އަށް ނުވާނެއޭ މިކަން ހައްލު ކޮށްދީ ފުލުހުން ނުވަތަ ސިފައިން މެދުވެރިކޮށް.
ބޭރު މިޔުޒިކް ބޭންޑް ނުވަތަ ބޭރު މީހުންނައް ރިޒޯޓް ތަކުގަ ނުކުޅެވޭ ގޮތައްވެސް ހަމަޖައްސަވައި ދެއްވުން ވަރައް ބޮޑައް އެދެން މިކަމަކާހެދި ރާއްޖޭގެ ބޭންޑްތަކައް ވަރައް މަދުންނޫނީ ފުރުސަތެއް ނުލިބޭ.
މިކަން މިހެން ކުރީމަވެސް ޔެލޯ ބުއްޅަބޭމެން ބުނާނެ ފީކަޅާކަމެކޭ، މިހާރު ފޮޓޯގްރާފަރުންނަށްވެސް ބައިވަރު ފުރުސަތުލިބޭ، އަދި ކުރިޔަސް އޮތްތަނުގައި، ޓްވަރިޒަމް މެނޭޖްމަންޓް ދާއިރ'ަގައި ދިވެހިން ނޫން ބަޔަކަށް ފުރުސަތު ނުލިބޭގޮތަށް ހަމަޖެހިއްޖެއްޔ'ަ ރަނގަޅުވާނެ!