ސިމްބޮލިކްގެ ރެޕް އާޓިސްޓް އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓް) ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކޮށް ޕެސްޓްގެ މައްޗަށް ފަސް ދައުވާއެއް އުފުލިއެވެ. މި މައްސަލައިގައި އޭނާއާއެކު އިތުރު ހަތަރު މީހަކު ވެސް ހައްޔަރު ކުރިއެވެ.
ޕެސްޓަށް ދައުވާ ކުރުމަށް ފަހު، ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ އޭނާގެ ބަންދުގެ މުއްދަތުގެ ގޮތުގައި ދިނީ 10 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވުމާކު ބޭއްވި އަޑުއެހުމެއްގައި ދައުލަތުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށް ޝަރީއަތް ނިމެންދެން ބަންދު ކުރަން ނިންމިއެވެ.
ޕެސްޓްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރި މަައްސަލަ ބަލައިގަނެ، އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އިއްޔެ މެންދުރުފަހު 1:15 ގައި އެ ކޯޓުގައި ބާއްވާފައިވެއެވެ. މި އަޑުއެހުމުގައި އަމުރާ މެދު ވަކި ގޮތެއް ނުނިންމައެވެ.
ޕެސްޓާއި އިތުރު ހަތަރު މީހަކު މިދިޔަ ފެބްރުއަރީގައި ހައްޔަރުކުރީ، މަސްތުވާތަކައްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނަކަށް ފަހުގައެވެ.
މި އޮޕަރޭޝަނުގައި މާލޭގެ ހަތަރު ގެއަކާއި ސައިކަލަކާއި މާލޭގެ އުތުރު ބަނދަރުގައި އޮތް ބޯޓެއް ބަލައިފާސްކޮށް ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދައިފައެވެ.
ޕެސްޓްގެ މައްޗަށް އުފުލާފައިވާ ދައުވާތައް
- ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ
- ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ
- މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ
- ކެނެބިަސް ބޭނުން ކުރުމުގެ ކުށުގެ ދައުވާ
- ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުން ކުރުމާއި ސިއްރު ކުރުމުގެ ކުށުގެ ދައުވާ
ޝައްކެއްވެސްނެތި އުންސުރާފަންސުރުދިމާވާނެ! މައުސޫމްކުދިންނާމެދު ޝައްކެއްގެމައްޗަށްބިނާކޮށް ދައުވާއުފުލުން ކޮށްގެންވާނެކަމެއްތޯ؟ އެކަހަލަކަންތައްކުރަން ހުންނާނެޚާޞަފަރާތެއް އެނޫންފަރާތަކާމެދުދައުވާއުފުލީމަ؟؟؟؟
މީނާ އުމުރަށް ކަނޑާލާ!!