އިދިކޮޅު ފަރާތްތަކުން ވާދަވެރި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ދައުވަތު ދެއްވީ ގައުމީ މަސައްކަތެއް ކުރަން ކަމަށާއި ސިޔާސީ މަސައްކަތްތަކާއި އިންތިޚާބުތަކަށް އެއްވެސް އެހެން ޕާޓީއެއްގެ އެހީ ބޭނުން ނުވާ ކަމަށް ޕީޕީއެމް އާއި ޕީއެންސީގެ އެކްޓިން ލީޑަރު އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އާއި ޕީއެންސީން އެއްވެސް ގޮތަކަށް ކޯލިޝަނެއް ހެދުމުގެ ވިސްނުމެއް ނުގެންގުޅެއެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ދާދި ފަހުން އިދިކޮޅު ފަރާތްތަކާ ކޯލިޝަން ހެދުމުގެ ވިސްނުންފުޅު ގެންގުޅުއްވި ނަމަވެސް އިދިކޮޅު ފަރާތްތަކުން އެކަމަށް އެއްބަހެއް ނޫނެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީއަކާ އިއްތިހާދުވާ ސުވާލު އަމާޒު ކުރެވޭ އިރަށް ޕީޕީއެމް އާއި ޕީއެންސީގެ ލީޑާޝިޕުން އަބަދުވެސް ބުނަނީ މި ސަރުކާރުގައި ބައިވެރިވުމެއް އޮތް އެއްވެސް ބަޔަކާ ގުޅިގެން ކުރާނެ މަސައްކަތެއް ނޯންނާނެ ކަމަށެވެ.
އެކަމަކު "މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ނަމުގައި ކެމްޕޭނެއް ލޯންޗުކޮށް އެ ކެމްޕޭންގައި ބައިވެރިވާން އެހެން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ދައުވަތު ދޭން ނިންމިއެވެ. އެމްޑީޕީ ފިޔަވައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކަށް ދައުވަތު ފޮނުވިއެވެ.
މި ކަމާ ގުޅޭ ގޮތުން އަދުރޭ "ވަގުތު" އަށް ވިދާޅުވީ، އެ ދައުވަތަކީ ގައުމީ މަސައްކަތެއް ކުރުމުގެ ނިޔަތުގައި ޕީޕީއެމްއާއި ޕީއެންސީން ފޮނުވި ދައުވަތެއް ކަމަށެވެ. އެހެންވިޔަސް ގައުމީ މަސްލަހަތު އޮތް މަސައްކަތެއް ކުރުމުގެ ޝައުގެއް ޕާޓީތަކުގެ ލީޑަރުންގެ ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
"ގައުމީ މަސްލަހަތު އޮންނަ ކަމެއްގައި އެކުގައި މަސައްކަތް ކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ، އެކަމަކު ލީޑަރުންނަށް އަމިއްލަ މަސްލަހަތު މާ މުހިއްމު،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ސިޔާސީ މަސައްކަތްތަކަށާއި އިންތިޚާބުތަކަށް ކޯލިޝަން ހެދުމުގެ ވިސްނުމެއް އަދިވެސް ޕީޕީއެމްއާއި ޕީއެންސީގައި ނެތް ކަމަށެވެ. ދައުވަތު ދިނީ އިންތިޚާބަށް ކޯލިޝަނެއް އުފައްދައި، އެ ލީޑަރުންނާއެކު ސިޔާސީ މަސައްކަތް ކުރަން ނޫން ކަމަށް އޭނާ ވދިާޅުވިއެވެ.
"އަޅުގަނޑުމެން ސިޔާސީ މަސައްކަތެއް ކުރަން، އިންތިޚާބަށް ކޯލިޝަން ހަދަން ވެގެނެއް ނޫން މި ދައުވަތެއް ދެނީއެއް، އަޅުގަނޑުމެން ސިޔާސީ މަސައްކަތް ކުރަން ކޯލިޝަނެއް ނުހަދާނަން އިތުރު ޕާޓީއަކާއެކު،" އަދުރޭ ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން މި ދައުވަތު ދިނީ ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީއާއި، އެމްއާރުއެމްއަށް ޕީޕީއެމްއާއި ޕީއެންސީއަށާއި އެމްޑީއޭއަށެވެ. އޭގެ ތެރެއިން އެމްޑީއޭ ފިޔަވައި އެހެން ޕާޓީތަކަކީ ސަރުކާރުގެ ބައިވެރިންނެވެ.
އެމްޑީއޭ ނޫން އެހެން ކޮންމެ ޕާޓީއަކުން ވެސް ވަނީ އެ ދައުވަތު ގަބޫލު ނުކުރާ ކަމަށް ބުނެފައެވެ. އެމްޑީއޭއިން މި ކަމާ ގުޅޭ ގޮތުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރުންނަށް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ހަރަކާތެއްގައި ބައިވެރިވާން އެކްޓިން ލީޑަރު އަދުރޭ ދައުވަތު ދެއްވިއިރު، މި ހަރަކާތަކީ އިންޑިއާގެ އަސްކަރީ ނުފޫޒުތައް ރާއްޖެއަށް އަންނަ ކަމަށް ބުނެ ފަށާފައިވާ ހަރަކާތެކެވެ.
ރައީސް ސޯލިހް އެންމެ ގާތް ގުޅުމެއް ބާއްވަވަނީ އިންޑިއާއާއެވެ. މި ވެރިކަމުގައި ގިނަ މަޝްރޫއުތައް ހިންގަނީ އިންޑިއާއިން ދޫކުރާ ލޯނުތައް މެދުވެރިކޮށެވެ. މިފަދަ ބައެއް މަޝްރޫއުތަކުގެ ބޭނުމަކީ އިންޑިއާގެ އަސްކަރީ އަދި ޖާސޫސީ މަރުކަޒުތައް ރާއްޖޭގައި ގާއިމް ކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެކަމަކު މިކަން ދެ ގައުމުގެ ސަރުކާރުން ވެސް ދޮގުކުރެއެވެ.
ރާކަނިމަސްކެވިއްޖެއެއްނޫން
ކަލޭތީ ކާކު ؟މީސްމީހުންނަށް ދައުވަތު ދޭން ؟
ދައުވަތުދޭންޖެހޭނީ ހަމައެކަނި ސޭޓާބާޣީނާޒިމުއެކަނިތޯ!! މިހާރުބޮކިދިއްލަންދާންޖެހެނީ ކޮންކޮޅަކަށްތޯ؟؟؟؟؟
ކަލޭތީކީކު މީހަކާ ރީތި ބަހުރުވަޔަކުން ވާހަކަދައްކަންނޭގޭ މީހެއް ތީ. ދެންކިހެނެއް އެހެންމީހަކަށް ދައުވަތުދެވޭނީ 24 ގަޑިއިރު ކަލޭ ތިޔަ ހޭދަކުރަނީ ނެތިމޮށުމާއި ޣީބަބުނުމާއި ހަޔާތްގޮވުމަށް!
އަހަރެން ބޭނުންވަނީ ގުޅިގެން ދައުވަތު ދިނުން!
ޖައްބާރުކޮއް ގައުމީ ކަންތަންކުރަން 5ސް އަހަރު ލިބުނެއްނު. ދެން މަޑުންހުރެބަލަ ހެޔޮނުވާނެ. ކަޔޭމެންގެ އުނދަގޫ އޭރު އެހާބޮޑު. އަދި މިހާރުގެ ވެރިކަމުގަ ހުރިގުރޫޕުގެވެސް. އެލެކްސް ޓީމް މިހާރު ތެޅި މަރުވަނީ މިތާގަ ހަރުކަށި ސެކިއުލާ ފިކުރު ނުފެތުރިގެން..
އޮހޮހޯ ތިއުޅެނީކީ ގައުމި ވެގެނެއް ނޫން. އިބުރާހިމް ވެރިކަމުން ބާލަން ރާވާލި ޑްރާމާއެއް.
ވެރިކަމާއި ދެކޮޅަށް މުޒާހަރާކޮށް ވެރިމީހާގެ އިސްތިއުފާއަށް ގޮވާ ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން މަސައްކަތް ކުރުމަކީ އަދުރޭ އަށް ޤައުމީ ކަމަކަށް ފެނުނަސް އެގޮތެއް އެންމެން ޤަބޫލެއް ނުކުރާނެ !
އަދުރޭބާ މިހާރު ގާޢުމީ ކަންކަމައް ދައުވަތު އަރުވަން ހަޥާލު ކޮށްފަ އޮންނަނީ
ކަލޭ ހީކުރީ ބަޔަކަށް ދައުވަތު ދީގެން ވަރަށްބޮޑު ކާއްޓެއް ކެވިދާނެ ކަމައްތަ ؟ މިހާރު ހުންނާނީ ކަޑުގުރުވަމަސް ކެވިފަ ! އަދިވެސް ތަނެއް އޮތިއްޔާ މަށަށް ވާނޭ ކިޔާފަ ބޯގަޅާލާތީ !
މިނިވަންކަމަށް ބުރޫއަރާނެ ހާލަތެއް ނެތްކަމަށް ލީޑަރުން ވިދާޅުވަނީ އަމިއްލަ އެދުމަށްޓަކައި!؟
އަދުރޭ ސައިޒް އޮޅުވާނުލާވަވާ. އަދުރޭދޭ ދައުވަތް ގަބޫލުކުރާ ފެންވަރުގެ މީހުން ރާއްޖެއަކުނެތް ކަން ގަބޫލު ކޮށްބަލަ.ތިމާގެ ރަށުމީހުންވެސް ގަބޫލުކނުކުރާމީހެއް އަދުރޭ އަކީ ދެންކޮންބަޔަކު އަދުރޭ ގަބޫލުކުރާނީ. ސިޔާސީ މަގުން އެއްކިބާވެ ގައުމަށްޓަކާ އެހެންބަޔަކަށް ޗާންސް ދީބަލަ. ބަގުޑި ބެއްދަިޔަސް އދުރެއަކަށް ވާނެ ކަމެއްނޯންނާނެ. ޓިނުކޮޅެއްހަވާލުކޮށްފިނަމަ ވާނެގޮތެއްނެގޭ.ބަލަގަ ޕީއޭ ހަދައިގެން 300 ހަމަނުވި ހަނދާން މަގޭހިތަކުން އަދި ނުފިލާ.
އަދުރޭއަށް ތިންމީހަކުތިބެގެންޖެހިހިސާބު ބޮލާލާޖަހާފަ އަނގޮޓިހިސާބުންލިބުނުނަތީޖާއާއި މިހާރުތިޔަޖަހާ ހިސާބުގެމައްޗަށް" ވަށިވަށިންމާ "އަލައިގެންޖަހާހިސާބު ކުރިހޯދާކަންވިސްނާ ކުރިއާލާފިޔަވަޅެއްއެޅޭތޯބަލާށެވެ. ރައީސްޔާމީނަށް މަތިމައްޗަށްކުރާދައުވާތަކުގެފައިދާލިބެނީ ހަމައެކަނި އެމްޑީޕީކޯޅޭޝަނަށްނޫންކަން ދަންނާށެވެ.