މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް ޓެކްނޮލޮޖީގެ ގޮތުންނާއި މާލީގޮތުން އެހީތެރިކަން ލިބުމަކީ ރާއްޖެ ފަދަ ގައުމުތަކަށް ވަރަށް މުހިއްމު ކަމެއް ކަމަށް ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް ސަބްރާ އިބްރާހީމް ނޫރައްދީން ވިދާޅުވެއްޖެއެވެ.

ސަބްރާ އެހެން ވިދާޅުވީ އިނގިރޭސި ސަރުކާރުން އޭޝިއާ ޕެސިފިކް ސަރަޙައްދާއި ދެކުނު އޭޝިއާ ސަރަހައްދުގެ ކޮޕް26 ގެ ސަރަހައްދީ އެމްބެސެޑަރަކަށް ކަނޑައަޅާފައި ހުންނަވާ ކެން އޯ ފްލަހަޓީއާއެކު އިއްޔެ ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގައި ކުރިއަށް ދިޔަ ބައްދަލުވުގައި ސަބްރާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅުތައް އެޅުމާއި، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު އަހަންމިއްޔަތުކަމެއް ދޭން ޖެހޭ ކަމަށެވެ.

ދެހާސް ތިރީސް ވަނަ އަހަރު ރާއްޖެ ނެޓްޒީރޯ ގައުމަކަށް ހެދުމަށް އަމާޒު ކަނޑައަޅާފައިވާކަން ފާހަގަކުރައްވައި، ދުނިޔޭގެ ފިނިހޫނުމިން މައްޗަށްދިއުން ކޮންޓްރޯލުކުރުމުގައި، ހަމައެކަނި ރާއްޖެއިން ކުރާ މަސައްކަތުން އެކަނި ނުފުދޭނެކަން މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ފަރާތްތަކުން ވަނީ ފާހަގަކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ވަނީ، ކުރިޔަށް އޮތް ނޮވެންބަރު މަހު އިނގިރޭސި ވިލާތުގެ ގްލަސްގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް26 ގެ ބައްދަލުވުމަށް ކަންކަން މަގުފަހިކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަމާ މެދު މަޝްވަރާކުރައްވައިފައެވެ.

އަދި، އެންމެ ފަހުން އިންޓަ ގަވާމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) ރިޕޯޓުގައި ފާހަގަކޮށްފައިވާ ފަދަ އެދެވޭ ނަތީޖާއަކާ ހަމައަށް ވާސިލުވުމަށް މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް އަމަލީ ގޮތުން މަސައްކަތް ފެށުމުގެ މުހިންމުކަން މި ބައްދަވުމުގެ ބައިވެރިން ފާހަގަކުރެއްވިއެވެ.

އަދި މި ބައްދަލުވުމުގެ ބައިވެރިން ވަނީ ކޮޕް26ގެ ބަދަލުވުމުގައި ރަނގަޅު ނަތީޖާއަކާ ހަމައަށް ދެވޭނެކަމުގެ އުންމީދު އައު ކުރައްވައިފައެވެ.

އެ މަޝްވަރާތަކުގައި ސަބްރާގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާއާއި، އިނގިރޭސި ސަފީރު ކެރޮން ރޮސްލަ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަބަރޭ

    ކާލާނެ ލާރިގަޑެއްވާނީ ހޯދަން
    ‎އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  2. ކޮރަލް

    މިމީހުން ދައުރު ނިމުމުގެ ކުރީން ބޭރުން ފްލެޓް ގަންނަން ވެސް ވެސް ހިލޭ އެހީގެ ފައިސާ ބޭނުން ވެއެވެ. ހުތުބާ އަށް ހޮޓްބާރ ކީމީހުންނެވެ.