ޓްރާސްޕޯޓް މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ ސައްހަ ލައިސަންސެއް އޮތް މީހުންނަށް އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދިނުމަށް ހަމަޖެހިފައިވާ ގައުމުތަކުގެ ލިސްޓަށް ބަންގްލަދޭޝް އިތުރުކޮށްފިއެވެ.
މި ލިސްޓަށް ބަންގްލަދޭޝް އިތުރު ކޮށްފައިވާއިރު، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މި ފަހުން ގެނައި އިސްލާހާއެކު ޓްރާސްޕޯޓް މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ ސައްހަ ލައިސަންސެއް އޮތް މީހުންނަށް އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދިނުމަށް ޓްރާސްޕޯޓް މިނިސްޓްރީއަށް ވަނީ އިހްތިޔާރު ދީފައެވެ.
ޓްރާންސްޕޯޓަށް ލިބިފައިވާ އެ އިހުތިޔާރާއި އެކީ އިމްތިހާނަކާއި ނުލައި ލައިސަންސް ދޫކުރުމަށް 25 ގައުމެއް ހިމަނައި ލިސްޓެއް އާއްމު ކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.
އެލިސްޓުގައި ހިމެނެނީ އަފްޣާނިސްތާން، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން، ސްރީލަންކާ، ބުރުނައީ، ކެމްބޯޑިއާ، އިންޑޮނީޝިއާ، ލާއޯސް، މެލޭޝިއާ، މިޔަންމާ، ފިލިޕީންސް، ސިންގަޕޫރު، ތައިލެންޑް، ވިއެޓްނާމް، ޖަޕާން، އިނގިރޭސިވިލާތް، އެމެރިކާ، ޗައިނާ، ޔުނައިޓެޑް އެރެބް އެމިރެޓްސް، ސްވިޓްޒާލެންޑް، ސައުދީ އަރަބިޔާ، ބެލްޖިއަމްގެ އިތުރުން ޖަރުމަންވިލާތެވެ.
މި ލިސްޓަށް ބަންގްލަދޭޝް އިތުރުކޮށް ސަރުކާރުން މިހާރު ވަނީ އާ ލިސްޓު ގެޒެޓް ކޮށްފައެވެ.
ދިވެހި ޑްރައިވަރުންނަށް ވަޒީފާގެ ފުރުސަތު ތައް ގެއްލު ނީ އެވެ.
ތިޔަވީ ދެންނުވެ އޮތްކަނތައް
ހާދަ ހެއްވައޭ ދޯ، ދިވެހިންގެ ގައުމު، ދިވެހިން ޖެހެނީ އިންތިހާނު ހަދާން، ބަންގާޅީންނައް ލައިސަންސް ހިލޭ. ބޯގޮވި މިނިސްޓަރު
ކައިވެންޏަކާއި ނުލާ އަނބަކު ވެސް މި ޤައުމުން އެމީހުންނަށް ލިބިދާނެ
ކަބުލޯ ކީއްތަތިކުރަނީ ދިވެހިޒުވާނުން ލައިސަންސް ނުލިބިގެން ތެޅިފޮޅެނީ ވަޒީފާއަށް ދެވެންއޮތީ ލައިސަންސް ލިބިގެން އެކަމަކުވެސް ވެކްސިން ފުރިހަމަނުވާތީއޭބުނެ ތިއަރީޓެސްޓެއްނުދިން ބިދޭސީއެއްވިއްޔާ އޯކޭ ޓެސްޓްނުހެދިޔަސް ދެންމިގައުމުގަ ދިވެއްސަކައް ވަޒީފާއެއް ލިބޭނެގޮތެއްނުވިސްނޭ މަށަކަށް
ޢައްޑޫ ފުލައިން ސުކޫލަށް ކިހިނެއްތޯ ތިގެއްދެވީ ކަމާފާނު
ފުރަތަމަ ދިވެހިންނަށް ދޭންޖެހޭ ހިދުމަތް ދީބަލަ ސައި ކަލެއް ރަޖިސްޓްރީ ކުރަން 2 މަސް. މީ ބޮޑުވަރު.
މިޤައުމުގެ އަންހެނުން މިތިބެނީ ކިހިނެއްވެގޮސްބާ! ގޭކާރީ ހުންނަ ފިހާރައިން ޑެލިވަރީކުރާ ބޯއި ކޮޓަރިޔަށް ވައްދަނީ! ގޭސާފު ކުރަން އަންނަމީހާ ގޭސާފު ކުރުމާއި އެކު އެހެންކަންކަންވެސް ކުރަނީ! ބޭރަށް ދާ ދަތުރު ތަކުގައި ޕްރައިވެޓް ހެލްޕަރެއްގެ ގޮތުގައި ގޮސް އެއްކޮޓަރިއެއްގައި ނިދަނީ! ލާރީ ދީގެން އެމީހުން ގެއަށް ގެނަސް ފާހިޝް އަމަލު ހިންގަނީ! މީހާރު އަދި އިތުރަށް އެމީހުން ހިންހަމަޖެހޭ ގޮތަށް ޤާނޫނުވެސް ބަދަލުކުރަނީ!
ހާދަ ވަރަކަށް އަންހެނުންނާ ޖައްސާލާފަ! ބައެއް އަންހެނުން ތިވައްތަރަށް ނޫޅެއެކޭ ނުބުނަން! އެކަމަކު ތި ބުނާ ވައްތަރަށް އުޅޭ ފިރިހެނުން މާ ގިނަވާނެ. ކޮންމެހެން އިހުޒަމާނުގެ ބޯދާ ތަފާތު ކުރުން ދައްކަން އުޅޭނެ ކަމެއް ނެތް!
ފިރިހެނަކު ތިވައްތަރަށް އުޅެފިއްޔާ ގޮވާނީ "ފިރިހެން ވަންތަކަން"، "ކެރޭކަން"، "ފިސާރި ފިރިހެނެއް" އެކަމަކު އަންހެނެއް އެވައްތަރަށް އުޅެފިއްޔާ ގޮވާނީ "ދޯކާ ދިނީ"، "ބޭވަފާ"، "ތިހިރީ ވަރިކޮއްފަ" ފިރިހެނުންގެ ތެރޭގައިވެސް އަންހެނުންގެ ތެރޭގައިވެސް ތިވައްތަރަށް އުޅޭ މީހުން އުޅޭނެ. އެކަމަކު ނަސްލީ ތަފާތުކުން ނައްތާލަން އެބަޖެހޭ.
އެކަމު ތިޔަގައުމުތަކުން ކަމަނާ ދެއްވާ ލައިސަންސް ގަބޫލެއް ނުކުރޭ..ދެން މިވީ ކޯއްޗަކަށްތޯ ކަމަނާ؟ ދެކޮޅު އެއްވަރުވާންޖެހޭނެ
ރަނގަޅު ނިންމުމެއްކަމަށް ނުފެނޭ. ފޭކްލައިސަންސް ގިނަ، ލައިސަންސް ގަނެވޭ ތަނެއް އެއީ.
އަމިއްލަ ގައުމުގަ ދިވެހިން މިޖެހެނީ މާ ހާލުގަ އުޅެން
ލަންކާގަ ދިރިއުޅޭ ދިވެއްސަކު ލަންކާއިން ލައިސަންސް ނަގާފަ އޮތަސް ރާއްޖޭއައިސް ރާއްޖޭގައި ދުއްވަކް ލައިސަންސް ނަގާއިރު އިމްތިހާނާއި ދުއްވުމުގެ ޓެސްޓް ހަދަްޖެހޭ
އަންހެނުން މާކުރިއަށް ނެރެ މާމަތީ މަގާމު ދިނީމާ ވާގޮތް ފެނޭތަ. އެއްކަމެއް ވެސް ރަނގަޅަކަށް ނުކުރާނެ.
މިހާރު ގައުމުގެ ވެރިއަކަށްވެސް އެހުރީ އަންހެނެއްތަ. ބޮޑު ފިރިހެނެއް!
90 ދުވަހަށް ބަންގާޅު ލައިސަންސްގަ ރާއްޖޭގައި ދުއްވޭ ކަމުގެ ހުއްދަ. އާ ލައިސަންސެއް ދޭ ވާހަަކައެއް ނޫން. ވަކި ދެ މާއްދާ އެއް އެއީ
ބިދޭސީންގެ މައްސަލަތަށް ހައްލު ކުރަނީ އޭ ގޮވާއަޑު އިވޭ ! ފެންނަނީ ޚާއްސަކޮށް މިބަންގާޅީ ބައިގަޑު އިތުރު ކުރަން ހުރިހާ ކަމެއްވެސް ކުރާތަން ! މިއީ މިޤައުމަށް ޖެހިފައިވާ ބޮޑު މުސީބާތެއް ! ތަންތަނުގެ ވެރިންނަށް ލާފަ މިތިބެނީވެސް އަމިއްލައެދުމުން ފޯވެފާ ތިބި ބައިގަޑެއް !
މިނިސްޓަރު ނުހާ، ވޯރކްޕާމިޓް ކާރޑު ނެތް މީހުނަށް ލައިސެންސް ދޫނުކުރާތި
ޑީޕޯރޓު ކޮއްލިޔަސް ވަގު ސެޓްފިކެޓުގައާއި ވަގު ޕީ.އެލް ގައި ރާއްޖެ ވަންނަ ބަޔަކު ސައްހަ ލައިސެންސް ގެންގުޅޭނެތަ ؟؟؟