ސަރުކާރުން ފައިސާ ލައިގެން ވިޔަސް ހިޔާ ފްލެޓްތަކުގެ މަހު ކުލި 5000ރ. އަށް ކުޑަކޮށްދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އެމްޑީޕީ މެންބަރު އަހުމަދު ސަލީމް (ސައްލެ) މިއަދު ވިދާޅުވެއްޖެއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފައިވާ ގޮތުގައި ހިޔާ ފްލެޓްތަކުގެ ކުއްޔަކީ މަހަކު 7,500ރ.އެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000ރ. ނަގާނެއެވެ. އެހެންވިޔަސް ކުރީގެ ސަރުކާރުގައި އެ އަގު ކަނޑައަޅާފައިވަނީ ޖުމުލަ 6،600 ރުފިޔާއަށް ކަމަށް އެ ސަރުކާރުގެ ބޭފުޅުން ވިދާޅުވަމުންދެއެވެ.

ކުލި ކުޑަކޮށްދޭން ގޮވާލައި "ހިޔާ ޔޫނިއަން" އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭ ގޮތުން ޕެޓިޝަން ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި ސަލީމް ވިދާޅުވީ ހިޔާގެ މަޝްރޫއަކީ ބޮޑު ހިޔާނާތެއް ކަމަށެވެ. އެ މަޝްރޫއުގައި "ހިޔާނަތް ނެތް ގޮތަކީ ނެތް ގޮތެއް" ކަމަށް ވިދާޅުވިއެވެ. އެ އަދަދަކީ ސޯޝަލް ހައުސިން ޔުނިޓަށް ބޮޑު އަދަދެއްކަން ފާހަކުރައްވައި ސަލީމް ވިދާޅުވީ އެތަން އިމާރާތް ކޮށްފައިވަނީ ބޮޑު ރޭޓްގައި ކަމަށެވެ.

ހިޔާ ފްލެޓްތަކުގެ ކޮންސްޓްރަކްޝަން ކޯސްޓަކީ އަކަފޫޓަކަށް 110 ޑޮލަރުއެވެ. އެކަމަކު ރާއްޖޭގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނިތަކުން އެއަށްވުރެ ދަށް ރޭޓެއްގައި ފިނިޝިންއާއެކު ރަނގަޅު އެޕާޓްމެންޓްތައް ހެދޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

"105 ޑޮލަރަށް ފިނިޝިންއާ އެކުގައި ރަނގަޅު ފެންވަރުގެ އެޕާޓްމެންޓް ހެދޭނެ ކަމަށް ބޮޑެތި ކޮންސްޓްރަކްޝަން ކުންފުނިތަކުން އެބަ ބުނޭ. ހަތް ބިލިއަން ޑޮލަރުގެ ދަރަނި ނަގާއި މި ނިންމީ 110 ޑޮލަރަށް އަކަފޫޓެއްގެ ރޭޓުން. ދަޅުތަނޑި އޮތް ތަނެއް ނޭނގެ. 10،000-8،000 ޑޮލަރުގެ ބޮޑު ވުމެއް އެބަ އާދޭ ކޮންމެ އެޕާޓްމެންޓެއް ނިންމި އިރުގައި. ކޮބައިތޯ އެ ލާރި. އެ ލާރިއަށް ވީގޮތް ނޭނގެ. މިއަށް ޖެހޭ ޖަވާބުދާރިވާން" ސަލީމް ވިދާޅުވިއެވެ.

އެއަށް ފަހު ސަލީމް ވަނީ ފްލެޓްތަކުގެ ކުލި 5000ރ. އަށް ކުޑަ ނުކުރެވެނީ ކީއްވެގެންތޯ ވިދާޅުވެ ސުވާލު އުފައްދަވައިފައެވެ.

"5000ރ. އަށްވުރެ ބޮޑު ނުވާނެ ގޮތަކަށް މިކަން ކުޑަކޮށްދެއްވަން އޮތީ ކޮން ހުރަހެއްތޯ. ކީއްވެގެންތޯ 5000 މިކަން ނުކުރެވެންވީ؟"ސަލީމް ވިދާޅުވިއެވެ.

ސަލީމް ވަނީ ހިޔާ ފްލެޓުތަކުގެ ގްރޭސް ޕީރިއަޑްގެ ގޮތުގައި އެއް އަހަރު ދިނުމަށާއި ޖުމްލަ ކުލިން އެއް ލައްކަ ރުފިޔާ ކުޑަކޮށް ދިނުމަށް ގޮވާލައްވއަިފައެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވި އަގުކުޑަކުރުމުގައި މިހާރުވެސް ކުލިން ބޮޑު އަދަދެއް ސަބްސަޑައިޒް ކޮށްދީފައިވާނެ ކަމަށެވެ. މިހާރު ހުރި އަގަށް ލޯނު ދައްކާ ކަމަށްވަންޏާ ކޮންމެ ޔުނިޓަކަށް 10،000 އަރާ ކަމަށާއި، ސަރުކާރާ ވާހަކަ ދައްކައިގެން ޕްރޮޖެކްޓް މެނޭޖްމެންޓުގެ އަދަދު އެއްކޮށް ކަނޑާލާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އިންޓްރެސްޓް ރޭޓްވެސް ކުޑަކޮށްފައިވާ ކަމަށާއި، ނަމަވެސް މި ވަގުތަށް ކުލިކުޑަކުރެވެން ނެތް ކަމަށް ވިދާޅުވިއެވެ.

"މި ހުރިހާ އެއްޗެއް ކަނޑާޅާފާއި ހެދީމާ 7500 އަންނަނީ. ކުރީ ސަރުކާރުންވެސް އިންޓްރެސްޓެއްގެ ގޮތުގައި ހަދާފައު ހުރި 8 ޕަސެންޓް އިންޓްރެސްޓް ރޭޓް އެހެރީ 6.8-6.7 އަށް ކުޑަކޮށްފައި. ކުޑަކޮށްގެން އެ އަދަދު އަންނަނީ." ސުހައިލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. سعدية عبدالله

    ސާބަސް ސަލީމުައަށް

    20
    5
  2. ސައި

    ސަލީމު އަނެއްކާ އަންނިކޮޅަށް އެރީތަ؟؟ އިބޫ ފަކީރު ދޫކޮށްލީ؟؟ ބޮޑު އެއްޗެއްތާ ތި ދިޔައީ އިބޫއަށް..

    10
    1
  3. ވާވާ

    ސަރުކާރަށާއި މަޖިލީހަށް ގޮވާލަން. ރާއްޖޭގައި މިހާރު ހުރި ކޮމިޝަންތައް މުރާޖާކޮށް ޚަރަދު ކުޑަ ކުރުމަށް ކޮމިޝަންތައް އުވާލާ އެ ފައިސާއިން މުޅި ސަރުކާރު ހިންގާ ނިކަމެތި ސިވިލް ސަރވިސް މުވައްޒަފުންނަށް ރަގަޅުގޮތެއް ހައްދަވާ ދެއްވުމަށް.
    ގިނަ ކޮމިޝަންތަކުގައި ލިވިން އެލަވަންސް ދޭ އެކަމަކު ގިނަ މީހުން އުޅެނީ ކުއްޔަކަށްވެސްނޫ. އަދި ސިވިލް ސަރވިސް މުވައްޒަފުންގެ ހަރުދަނާކުރުމަށް އަދި ސަލާމް ޗުއްޓީ މަދުކުރުމަށް ސިވިލް ސަރވިސް މުވައްޒަފުން ނުުކުންނަ ދުވަހަކަށް ހާޒިރީ އެލަވަންސްއެއް ހަމަޖައްސައިދިނުމަށް ގޮވާލަން.

    14
  4. ބ

    ސުހޭލު ކަލެއަކަށްނޭގޭނެ ކޮންސްޓްރަކްޝަން ކޮސްޓާއި މެނޭޖްމެންޓްކޮސްޓާއި ފައިނޭންޝިއަލް ކޮސްޓަކީ ކޯޗެއްކަންވެސް. ދެންވެސް އަގަނުތަޅާ ކުރީސަރުކާރުން ކަޑައަޅުއްވާ ދެއްވާފައިވާ އަގަށް އަގުތިރިކުރާށެވެ. ކުރީސަރުކާރުން އެއްބަސްވި އަގައް އަގުތިރިނުކުރިއަސް ފްލެޓްތަކުން 2023 ނޮވެމްބަރުގެ ނިޔަލަށް ދައްކަމުން ދާނީ ކޮންމެ މަހަކު އެޕާޓްމަންޓަކަށް 5600 ރުފިޔާއާއި މެނޭޖްމަންޓް ފީގޮތުގައި 1000 ރުފިޔާއެވެ. 2023 ޑިސެމްބަރުން ފެށިގެން މުޅިއެކު ދައްކަމުންދާނީ 5000 ރުފިޔާއެވެ. މިއަގަށް ނުރުހޭ ކަމަށްވާނަމަ ހުރިހާފްލެޓްތަކުގެ މީހުން އެއްބަސްވެފައިވަނީ ސީދާ ހިމޭން އިޖްތިހާދެއް ކުރާގޮތަށެވެ. އެކެއްގެ އަތުންވެސް ތަނެއް އަތުލައިފިނަމަ ހުރިހާ އެންމެން އެފާރާތުގެ ދިފާއުގައި ނިކުންނާނަމެވެ. ޗަރުކޭސް ދެއްކޭވަރަށްވުރެ ކަލޭމެންނަކީ ބަލިކަށި ބައެކެވެ. ސުހޭލު ޔާމީނުގެ ވެރިކަމުގައި ކަލޭ އެޗްޑީސީން ބޭރުކުރީވެސް ނުބައިކޮށް ހިސާބުހަދާކަން ޔާމީނަށް އެގުނު ހިސާބުންނެވެ.

    10
    4
  5. އަދުނާނު

    ސުވާލަކީ ސަރުކާރުގެ ދައުރު ދެބަޔަށް ވުރެން ބޮޑުތަނުން ދިޔައިރު ފްލެޓްތަށް ރަށްޔިތުންނަށް ދިނީ އެއްކޮށް ނިންމާފައިހޭ؟ ދެން ރަށްޔިތުމީހާ ދަރަނިވެރި ވެގެން ތަންހެދީމާ އެހަރަދު އެއީ ހިންނަވަރޭމެން ބަލަން ނުޖެހޭ ކަމެއްހޭ؟ ބުރިޖް އަޅަން ލޯނު ނަގާއިރު އެފައިސާ ދެއްކަނީ ހިންނަވަރޭމެންހޭ؟

    9
    1
  6. ކާފަބޭ2020

    ތިޔަޖެހުނީ އަނެއްކާވެސް އިންޑިއާއަށްސަލާންޖަހަން މުސާރަދޭނެ ރުފިޔާފައިސާނެތިގެން ނެގިލޯނުގެއިތުރަށް ރުފިޔާފައިސާޗާޕްކުރީ ކިތައްފަހަރުކަމެއް ނެގިލޯނުތަކުންކުރީ ކޮންކަމެއްކަން ސައްލެއަށްނޭގުމަކީ؟؟؟؟؟

  7. ރަން ރީނދޫ

    ފުލެޓެއް އެޅުނީކީއެއް ނޫން ، ކުއްޔެއް ކުޑަކޮށެއް ދެވުނީކީއެއް ނޫން. އަނގަ ފުޅާކުރަން އެކަނި އެހެނީ.

    13
    1
  8. ސަލީމާ

    ސަބްސިޑީ އަކި ގޯސްވިސްނުމެއް.

    6
    1
  9. ގުދުގުދާބެއްޔާ

    ކަލޯ ހޯރަފުށީގެ ވާހަކަ ދައްކަބަލަ! ކަލެއަށް މާލޭ ސަރަހައްދައް ބަސް ނުބުނެވޭނެ!

    • ހައްޤު

      މަޖިލީހުގެ ކޮމިޓީތަކުގައްޔާއި ފުލޯރގަ މެންބަރުންނަށް މުޅި ދިވެހި ރައްޔިތުންގެ ހައްޤުގަ ބަސްބުނެ ވަކާލާތުކުރެވޭނެ.. ހަމައެކަނި އެ މެންބަރަކު ނިސްބަތްވާ ދާއިރާގެ ވާހަކަ އެކަންޏެއް ނޫން ދެއްކޭނީ.. ތަހުޒީބުވެބަލަ އަދިވެސް 16 ވަނަ ގަރުނުގަ ތޮތަ އުޅެނީ 5 ކުޅަނދު މަދު ބިޗާރުން ހެން. ރީނދޫ ލާދީނީ ޕާޓީގަ ވެސް ހުންނެވި ޢިލްމީ ޤާބިލު އަޙްލާޤު ރަނގަޅު މަދު ބޭފުޅުން ކުރެއް އެކަކު ސަލީމަކީ، އަބަދުވެސް ދައްކަވަނީ ވަރަށް ބިނާކުރަނިވި ޢިލްމީ ވާހަކަ ފުޅުތައް.

  10. ފަންކާ

    މަށަށް ހީވަނީއެއްނޫން. ޔަގީން މީނާމީ ގަމާރެއްކަން. ބަލަގަ. ހިޔާ ފުލެޓަކީ ފުލެޓްލިބޭ ފަރާތަށް ކުއްޔަށްދޭ ތަނެއްނޫން. އެއީ އެމީހުނަށް މިލްކްވާގޮތަށް އަގުދައްކާ ތަނެއް. އެފައިސާ އަކީ އެމީހުން އަތުން ގެއްލިދާ އެއްޗެއްނޫން. ކޮންމެހެން ސަރުކާރުން ފައިސާ ދީގެން އެއަގު ކުޑަކުރާކަށް ނުޖެހޭ. ކުލިދައްކާގެން އުޅޭ އެހެންވެސް ރައްޔިތުންނަށް ކުލިދައްކަން ސަރުކާރުން ފައިސާދޭން ގޮވާލަބަލަ. އެމީހުނަށް ފައިސާ ދިނުން މާ އައުލާކަންބޮޑު. މާ ހެޔޮއެދޭމީހެއްކަމަށް ވާންވެގެން ތާކުންތާކު ނުޖެހޭ އަނގަ އަރުވަންނޫޅެބަލަ.

  11. އިސްޢާފް ސަލީމް

    މިޔޯ މިއުޅެނޫ ސަރުކާރަށް ކްރެޑިޓެއް ދޭން ނޫންބާ؟

  12. ކިނބޫ

    ކަލޭމެންގެ ސަރުކާރުން، ހިޔާ ފްލެޓް ލިބުނު މީހުން ގަނަތަޅުވާތާ 4 އަހަރު! ކަލޭ ފުއް ޖަހާ ނިމިގެން އަދި ކިރިޔާތަ ރޭކާލާވަރުވީ!