ރާއްޖެއިން ބޭރުގައި ތަމްރީން ހަދަމުން ދިޔަ ސިފައިންގެ މީހަކު ނިޔާވެއްޖެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން ހަނާ ވިދާޅުވީީ، އުމުރުން 22 އަހަރުގެ ޕްރައިވެޓް މުހައްމަދު ސުލްތާން އިބްރާހިމް ނިޔާވެފައިވަނީ އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑަމީގައި ތަމްރީން ހަދަމުން ދަނިކޮށް ކަމަށެވެ. ނަމަވެސް މަރުވާން މެދުވެރިވި ވަކި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

އެޒުވާނާ ނިޔާވެފައިވާ ކަން އެމްއެންޑީއެފުން ހާމަ ކުރިނަމަވެސް، ނިޔާވެފައިވާ ގޮތުގެ ތަފްސީލެއް އެއިދާރާއިން ހާމަ ކޮށްފައެއް ނުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އެޒުވާނާގެ ހަށިގަނޑު ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ައަސަރޭ

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن
    މާތް اَللّٰهُ , މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮރަހްމަތް ލައްވައި ސުވަރުގެ މިންވަރު ކުރައްވާށި! آمیـــــــــــــن

    6
    1
  2. .....

    😔😭❤❤

    3
    1
  3. ••♡••

    😭💔

    2
    1
  4. ހެޔޮދުޢާ

    ވަރަށް ހިތާމަވެރި ޚަބަރެކެވެ. ﷲ މުޙައްމަދު ސުލްޠާންގެ ފާފަ ފުއްސަވައި ކަށްވަޅު ތަނަވަސް ކުރައްވައި ޖަންނާތުލް ފިރުދައުސް މިންވަރު ކުރައްވަވައި ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި! އާމީން!

    6
    1
  5. ގިސްމަތު

    މީނަ ވާނީ ސުވަރުގޭގަ ތަ؟

    1
    7