ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކޮށް ދިނުމަށް ގޮވާލައި އަންނަ ހޯމަ ދުވަހުން ފެށިގެން ހުރިހާ ސިވިލް ސާވަންޓުން އަނެއްކާ ވެސް ހަޅުތާލު ކުރަން ނިންމައިފިއެވެ.

މިދިޔަ އާދިއްތަ ދުވަހާއި ހޯމަ ދުވަހު ސިވިލް ސާވަންޓުން ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަރުގަދަ އިހްތިޖާޖްތަކެއް ކޮށްފައެވެ. ސިވިލް ސާވަންޓުން މަސައކްަތް ހުއްޓާލުމާ ގުޅިގެން ބައެއް އިދާރާތަކުން ހިދުމަތް ދިނުމަށް ވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވިއެވެ.

ސިވިލް ސާވަންޓް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ސިވިލް ސާވިސްގެ ގިނަ މަގާމުތަކަކީ އެކަށީގެން ނުވާ ވަރުގެ ކުޑަ މުސާރައެއް ކަނޑައެޅިފައިވާ މަގާމުތަކެއް ކަމަށެވެ. އެގޮތުން އިދާރީ މުވައްޒަފުންނާއި މަސައްކަތު މުވައްޒަފުންނަކީ ރާއްޖެ އިން އެންމެ ކުޑަ އުޖޫރައެއް ލިބެމުން އަންނަ މުވައްޒަފުން ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިހެން މިކަން އޮތް އިރު، ސިވިލް ސާވަންޓުންގެ ބެލެނިވެރި ފަރާތް ކަމަށްވާ ސިވިލް ސާވިސް ކޮމިޝަނުން އެއްވެސް މަސައްކަތެއް ކުރަމުންދާ ތަން ނުފެންނަ ކަމަށް އެ ބަޔާނުގައި ބުންޏެވެ. އަދި މުވައްޒަފުންގެ ހުރި ކަންބޮޑުވުންތަކަކީ ކޮބައިކަން ކޮމިޝަނުން ބަލާފައި ނުވާ ކަމަށް ބަޔާނުގައިވެއެވެ.

ސިވިލް ސާވަންޓް އެސޯސިއޭޝަނުން ބުނި ގޮތުގައި އިހްތިޖާޖްތައް މިދިޔަ ހަފްތާގައި މެދުކަނޑާލީ އޮކްޓޯބަރު މަހުން ފެށިގެން މުސާރަތަކަށް ހެޔޮ ބަދަލުތަކެއް ގެނެސް ދިނުމަށް އެދި ސަރުކާރުގެ އިދާރާތަކަށް ޖަވާބުދާރީވުމަށް ދެ ދުވަސް ދިނުމަށެވެ.

"ނަމަވެސް މި ދެ ދުވަހު ޖަވާބެއް ނުލިބުނުތާ އިއުލާން ކުރަން ބުނި އެންމެ ކުޑަ އުޖޫރަ އިއުލާން ކުރުން ވެސް މަޑުޖައްސާލީއެވެ. އެކަން ވެސް މިވީ އިނބިލީހުގެ ކައިވެންޏަށެވެ.

އެހެންވެ މާދަމާ ސިވިލް ސާވަންޓުން މަސައްކަތަށް ނުކުންނާނީ ކަޅު ހެދުމުގައި ކަމަށް ބަޔާނުގައިވެއެވެ. އަދި ޖެހިގެން އަންނަ ހޯމަ ދުވަހު މަސައްކަތް ހުއްޓާލުމަށް ފަހު އެނބުރި މަސައްކަތަށް ރުޖޫއަ ވާނީ މި ފެށޭ މަހުން ފެށިގެން މުވައްޒަފުންގެ މުސާރަ އަށް ހެޔޮ ބަދަލު އަންނާނެ ކަމުގެ ޔަގީން ކަން ސަރުކާރުގެ އިދާރާތަކުން ދިނުމުން ކަމަށް ބަޔާނުގައިވެއެވެ.

ރާއްޖޭގައި މިވަގުތު 26،000 އަށް ވުރެ ގިނަ ސިވިލް ސާވަންޓުން މަސައްކަތް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޟީސަން

    ބަލަ މިހިރީ ގުރައެއް ކަންފަތަކައްވެސްނީވެޭ ހިޔާ ފުލެޓުމީހުންވެސް ހަމަ ތިޔަ ހިތާމާގާ މި ހިންނަވަރު އިބޫ ހަމަ ހިއްގަދަ ތޭވީސް ވޯޓް ހިޔާ މީހުން ދެން އިދިކޮޅު ރައީސް ޔާަމީނުގެ އެދުމަންދިޔަހަރަދުގެ ބޮޑުބައެއް ހިޔާފުލެަޓު ގެރައްޔަތުންނައްދިނުން ކުލި ފަސްހާސްހަސަތޭކަތިރިކުރުން އިބޫވަރައްސަލާމް؟ ބިގޭ

    8
    1
    • ނައިކް

      ކުރަހަރޭ ކުރަހަރޭ!! ހަމަ ތާމީނު އިރުގަވެސް ދިން މިސާރައޭ މިހާރުވެސް ތިޔަ ދެނީ، ޓޫރިސްޓުން އައުން މަދުވެ ޤައުމުމަަށް ވަންނަ ޑޮލަރު މަދުވެފަ އޮތް ދަތި ދަނޑި ވަޅުގައިވެސް ކަލޭމެންގެ މުސާރަކުޑައެއް ނުކުރެއޭ އަދިވެސް ހަޅުތާލުހޭކުރަނީ.. އޭރު ކީއްވެހޭ ނުކުރީ؟؟

      1
      1
  2. ބޮޑު ފަރަންޖީ

    ސިވިލްސާވެންޓުން އެކަންޏެއް ނޫން ހުރިހާ ދިވެހި މަސަށްކަތްތެރީން ނުކުންނަންވީ މިނިމަމްވޭޖް ކަނޑަ އަޅަންދެން

    12
    1
  3. އާދަމުގެދަރި

    ނުކުންނަންވީ. ބާރަށް ނުކުންނަންވީ. ސިޔާސީ މީހުން މޮޑެން އޮތް ފުށްގަނޑެއް ނޫން، ޖީބަށް ޖަހަން އޮތް އެއްޗެއްވެސް ނޫން ދައުލަތުގެ ބަޖެޓަކީ. ސިޔާސީ މަގާމުތައް މަދުކޮށްފައި، މުސާރަ ކުޑަކުރަންޖެހޭ. ހަމައެއާއެކު ސިވިލް ސަރވިސް ވަރުގަދަކޮށް މުސާރަ ބޮޑެތިކޮށްގެން ރައްޔިތުންނަށް ދޭ ޚިދުމަތް އަވަސްކުރަންޖެހޭ.

  4. ޙހހހ

    ހަޅުތާލަކުން ވާނެ ފައިދާއެއްނެތް ، ނޫސްވެރިންނަށް މުޅި މީސް މީޑިއާ ބިޒީވެފައޮތީ ޕާޓީތަކުގެ އެތެރޭގެ ކަންކަ މާއި ސިޔާސީ މީހުންގެ ފަސްބައިބެލު މުގައި ، ރައްޔިތުން ހަނާވާއިރު ، ރައީސް މެން އުޅުއްވަނީ އަހަރެން ޕާޓީ ހެދިގެން ،

  5. ގެދަބުޅި

    ހުއްޓާނުލާ ހަޅުތާލުކުރަންވީ. ޕައިލެޓުން ބޮޑާހާކާލާއިރަށް 100އިންސައްތަ މުސާރާ 200އިންސައްތައަށް ބަދަލުކުރެވޭ. ރިސްުގަމަސައްކަތްކުރަނީ ހުރިހާއެންމެންވެސް. ކައުންސިލްތަކަށް ހޮވުނުނުކިޔަ ާ ސަންގޯރުންނަށްވެސް ވަގުތުން މުސާރައާއެލަވަން ބޮޑުކުރަން މަޖުލީހުންވަގުތުން ފާސްކުރެވޭ. ލަދުކޮބާ. ވޯޓުބޭނުންވީމާ އެއްކަލަ ސިވިލްސާރވަންޓުން ވަރަށްމުހިއްމުވާނެ. ސިޔާސީމަގާމުތައް އުފައްދަން ލާރިހުރޭ. ލަދުކޮބައިތަ ފެއިލްޑް ސްޓޭޓް.

  6. އަލިބެ

    ސިވިލްސަރވިސް އިދާރީ މިޤާމުތަކަށްވުރެ އަންހެނުން ކޮމިޓީން ވަޒީފާއެއް ލިބޭތޯ ބެލިއްޔާ މާރަނގަޅުވާނެ. މުސާރަ އެއްވަރަސް އެއްބަޔަކު އޮފީހުފައި އަނެއްބަޔަކު ގޭގައި، ކޮންމެ ބަޔަކަށްވެސް 6000 ރ .

  7. ރަދީފް

    ސާބަހޭ.އަހަރެން މިހިރީ ސިވިލް ސާވެންޓުންނާ އެކީ.ގުޑް ލަކް.

  8. އިސްލާހު

    ސިވިލްސާވިސް ކޮމިޝަނަކީ އެއް އިރެއްގައިވެސް ސިވިލްސަރވަންޓުން ގެ ޙައްޤުގައި ތެދުވަން ކެރޭ މުއައްސަސާއެއް ނޫނެވެ. އަބަދުވެސް އެއިރެއްގައި އޮންނަސަރުކާރަކަށް ސަޖިދަ ޖަހާ މުއައްސަސާ އެކެވެ.

  9. ާައަހުމަދު

    މިނިމުނު އިންތިހާބާ ދިމާކޮއް އަންހެނުންގެ ކޮމެޓީތަކުގެ މުސާރަ ރައީސް ބޮޑުކުރި، އެކަމު ސިވިލްސާވިސް މުއަށްޒަފުންގެ މުސާރަ ބޮޑެއްނުވި.

  10. އަބުދުﷲ

    ތިޔަ ބޭފުޅުން ނަކީ މިގައުމުގަ ކިޔަވައިގެން ތިބި ޒުވާނުން..... މިގައުމު ހިނގަމުން މިދާ ނުބައި ނިޒާމު ބަދަލުކޮށް ތަހުޒީބު އިންސާނީ ބުއްދި ގަބޫލުކުރާ އުސޫލަކަށް ބަދަލުވޭތޯ މަސައްކަތް ކުރުމަކީ ތިޔަބޭފުޅުންގެ ޒިއްމާއެއް!!! ހާހެއްހާ ސިޔާސީ މީހުންގެ ޢައްދާރު ޚިޔާނާތްތެރި ލޫޓުވުމުގެ އަމަލުތައް ހުއްޓުވުމުގެ މަސައްކަތް ވަނީ މާކުރިން ފަށަންޖެހިފަ. ޕޕމ މޑޕ ދޫކޮއްލައްވާ އެއީ އެއްބައެއް.

  11. އަބުދުﷲ

    ސިވިލްސާވިސް މީހުންގެ މިމަސައްކަތަކީ މޑޕ
    ޕޕމ ގެ ނުބައިކަމުން މިގައުމު ސަލާމަތް ކުރުމަެްޓަކާ ދިވެހިދިދަ އަތުގަ އަބަދު ބާއްވައިގެން ކުރަންޖެހިފަވާ ގައުމީޖިހާދެއް. ދިވެހިގައުމައް ފަހިމުސްތަގުބަލެއް!!!! ސިވިލްސާވިސް އަށް ފުރިހަމަ ކާމިޔާބު މިންވަރު ކުރައްވާށި.!!!!!!

  12. ނަރުސް

    ސިޔާސީ މަޤާމަށް ކޮންމެ ހަފްތާކު 10 މީހުން ހަމަޖައްސަވާ. މުސާރަ އާއި އިނާޔަތް 20000 ރ. އާއި 350000 ރުފިޔާ އާއި ދެމެދު. އެކަމަކު ސިވިލްސަރވިސް މުވައްޒަފުންގެ މުސާރައާއި އިނާޔަތުގެ ވާހަކަ ދައްކަންވީމަ ދޫއޮޅިފަ ވާހަކަ ދައްކަން އުދަގޫ، މިފަހަރު މިކަން ކޮންމެވެސް ގޮތަކަށް ހަމަޖައްސަވާ ދެއްވުމަށް ކަމާއި ގުޅޭ ހުރިހާ ފަރާތްތަކަށް ގޮވާލަން.

  13. Anonymous

    މަޖިލިސް ބޭފުޅުންގެ މުސާރަ %500 އިތުރު ކުރަން ގޮވާލަން.