ލ. ގަމުގައި އަޅަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް އަވަސްކޮށް ދިނުމަށް އެދި ލ. އަތޮޅު ކައުންސިލުން، ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހުގައި މިއަދު އެދިއްޖެއެވެ.
ކެންސަރު ހޮސްޕިޓަލެއް ތަރައްގީ ކުރުމަށްޓަކައި ސާވޭ ކުރުމާއި އިތުރު މަޝްވަރާތަކަށް އިންޑިއާގެ މުމްބާއީގެ ޓާޓާ މެމޯރިއަލް ސެންޓަރު (ޓީއެމްސީ) ގެ މަންދޫބުން ހިމެނޭ ވަފްދެއް ގަމަށް ދާދި ފަހުން ގޮސްފައިވެއެވެ. ޓީއެމްސީ އަކީ އިންޑިއާގެ ގައުމީ ފެންވަރުގައި ކެންސަރު ބަލި ހުއްޓުވަން މަސައްކަތް ކޮށް ،ފަރުވާދީ، ތަމްރީނު ޕްރޮގްރާމް ހިނގާ އަދި ކެންސަރު ރިސާޗް ހަދާ އިންޑިއާގެ މައި ކެންސަރު ސެންޓަރެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ލ. އަތޮޅު ކައުންސިލުން ވަނީ އެ އަތޮޅުގެ ރަށްރަށުގައި ހިންގަން ހަމަޖައްސާފައިވާ މަޝްރޫއުތައް އަވަސް ކޮށްދިނުމަށް އެދިފައެވެ.
އެގޮތުން އަތޮޅުގައި ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ރިސޯޓްތަކުގެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި، އަތޮޅުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ދެ ކޯޒްވޭގެ އަމަލީ މަސައްކަތް ފެށުން އަވަސްކޮށްދެއްވުމަށާއި، ގައުމީ ޔުނިވަސިޓީގެ ކެމްޕަސް އިމާރާތްކުރުމުގެ ޕްރޮޖެކްޓް އަވަސް ކޮށްދެއްވުމަށް ވަނީ ދަންނަވައިފައެވެ.
އެބޭފުޅުން ވަނީ އަތޮޅުގެ ބައެއް ސްކޫލުތަކަށް ޖާގައިގެ ދަތިކަމާއި، ވަޞީލަތްތައް މަދުކަމާއި، މުވައްޒަފުންގެ މަދުކަން ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު އަތޮޅުގެ ބައެއް ރަށް ގިރަމުންދާތީ އެކަމުގެ ކަންބޮޑުވުންވެސް ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން އަތޮޅުގައި ޓުއަރިޒަމް ފުޅާކުރުމުގެ ޝައުގުވެރިކަން އަތޮޅު ކައުންސިލުންވަނީ ފާޅުކުރައްވާފައެވެ. ހަމަ އެއާއެކު ރަށުގެ ދަރިން ރަށުގައި ވަޒަންވެރިވެގެންތިބޭއިރު ވަޒީފާއެެއް ހޯދުމަށް ނުވަތަ އެހެން ބޭނުންތަކަށް ވެސް މާލެނައިސް އެރަށަކުން އެ ބޭނުމެއް ފުދިގެންދާނެ ގޮތް ހަމަޖެހެން ބޭނުންވާކަންވެސް އެބޭފުޅުންވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ޒުވާނުން މަސްތުވާތަކެތިން ސަލާމަތްކުރުމަށް މަސައްކަތްކުރުމަށްވެސް އެބޭފުޅުން ބޭނުންވާކަން ވަނީ މިބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފައެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކުރައްވައިގެން މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރުގެ ވިސްނުމަކީ އެއްވެސް ރަށެއް ބާކީ ނުކޮށް އެރަށެއްގައި ހިންގުމަށް ނިންމާފައިވާ މަޝްރޫޢުތައް ވީ އެންމެ އަވަސް ސްޕީޑެއްގައި ކުރިއަށްގެންދިއުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ބައެއްކަންކަމުގައި ކަމާ ގުޅުންހުރި މުވައްސަސާތަކާއި ސީދާ ވާހަކަދައްކައިގެން ޙައްލުހޯއްދެވުމަށް މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ އަތޮޅު ކައުންސިލާއި ރަށުކައުންސިލުން ގުޅިގެން ކިޔަވާ ކުދިންގެ ރައްކާތެރިކަމާއި ސަލާމަތަށް، މަސައްކަތްކުރައްވައި، ކުދިންގެ ހޭލުންތެރިކަމަށް ޕްރޮގްރާމުތައް ހިންގުމަށް ބާރުއަޅުއްވާފައެވެ. ހަމަ އެއާއެކު ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް މަސައްކަތްކުރުމަށްވެސް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.
ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް އަވަސްކޮށްދޭން އެދިއްޖެ ނަމަވެސް ލާމު އަތޮޅުގައި ކެންސަރު ހޮސްޕިޓަލެއް އަޅައިގެން ނުވާނޭ ކަމަށް ރާއްޖޭގެ ޑޮކްޓަރުން ބުނާއިރު އެއާއި ދެކޮޅަށް ރައީސް އޮފީހުން ތިޔާ ކަން ކޮށްގެން ނުވާނެއޭ ތިޔާ ހޮސްޕިޓާ އަޅަން ޖެހޭނީ ހުޅުމާލޭގައޭ ލާމު އަތޮޅު އެންމެން މާލެ ސަރަހައްދަށް ބަދަލު ކޮށް ލާމު އަތޮޅު ފަޅު ކޮށްލަންވީއޭ އެއީ މީހުން މަރާ އަދި ކުށް ތައް އިންތިހާ އަށް ގިނަ ތަނެކޭ އެހެންވެއޭ ހައްދުން މަތި ކިޔަނީ އެއީ ކުށް ކުރުމުގައި ހައްދުން ނައްޓާ އޭގެ މަތީގައި ތިބޭތީއޭ އައްޑޫ އައްޑޫ އަށް ކިޔަނީ އެއީ އަބަދުވެސް ދޮގުހަދާތީވެ އޭގެ ކުރު އަކުރަކީ އެއީ އައްޑޫއޭ...
ކޮބާތޭ ރާއްޖޭގެ މެޑިކަލް ޑޮކްޓަރުންނާއި ނައިބް ރައީސް ބައްދަލު ކުރައްވާ އެމެން ހުޅުމާލޭގައި ތިޔާ ކެންސަރު ހޮސްޕިޓާ އަޅަން އެމެން ބާރު އަޅާ ސަބަބު ބަލާލިންތޭ ހަމަ އެކަނި އެއް ފަރާތުން ދައްކާ ވާހަކަތޭ ނައިބް ރައީސް ފުވައްމުލަކު ފައިސަލް އަށް އަޑުއައްސަވަން އިނގެނީ...
ކެންސަރު ހޮސްޕިޓާ ހުންނަން ޖެހޭނީ ރާއްޖޭގެ މެޑިކަލް ޑޮކްޓަރުން ރިކޮމެންޑް ކުރާ ތަން ކަމަށްވާ ހުޅުމާލޭގައޭ ލާމު އަތޮޅުގައެއް ނޫނޭ ލާމު އަތޮޅު ދެން ކެންސަރު ހޮސްޕިޓާ މަތިން ހަނދާންނައްތާލާ ހަނދާންނައްތާލާ ހަނދާންނައްތާލާ ހަނދާންނައްތާލާ ހަނދާންނައްތާލާ ހަނދާންނައްތާލާ ހަނދާންނައްތާލާ ހަނދާންނައްތާލާ ހަނދާންނައްތާލާ ހަނދާންނައްތާލާ ހަނދާންނައްތާލާ ހަނދާންނައްތާލާ ހަނދާންނައްތާލާ ހަނދާންނައްތާލާ ހަނދާންނައްތާލާ ހަނދާންނައްތާލާ ހަނދާންނައްތާލާ ހަނދާންނައްތާލާ ހަނދާންނައްތާލާ ހަނދާންނައްތާލާ
ތިޔަ ހޮސްޕިޓަލް 15 ޑިސެންބަރ 2021ގައި ހުޅުވަން ނިންމައި މޯދީއަށް ދައުވަތުވެސް ފޮނުވައިފި ފުރަތަމަ ރޭޑިއޭސަން ދޭނީ މޯދީގެންގުޅޭ ގެރިޔަކަށް ދެވަނަ އަށް ގަމު ކައުންސިލްގެ ރައީސް ގެންގުޅޭ ކުކުޅަށް!
ތިކަމާ ހިސާބްޓީޗަރު ވަރައް ނުރުހުންވާނެ
ތިޔަ ހޮސްޕިޓަލް ލ.ގަމުގަޢި އަޅަން ހަމަޖެޢްސީ ބޯހަލާކު ވެފަޢި ހުރިމީހެޢް. ތިޔަ ހޮސްޕިޓަލް އަޅަން އެންމެ ރަގަޅީ ހުޅުމާލޭގަޢި.
ފައިސަލް ވިދާޅުވާނީ ނުވެހުންނަ ކަންކަމުގެ ވާހަކަ ނުދައްކަވާށޭ. ކޮށް ނިމިފައިވާ ކަންކަމުގެ ވާހަކަ ދައްކާށޭ. އައުނީ އިންޑިއާއަށް ރާއްޖެ ވިއްކާލި ވާހަކަ ދައްކާށޭ. ސަލްމާނު މިސްކިތް ނިމިފައިވާ ވާހަކަދައްކާށޭ. ސިނަމާލެ ބްރިޖްގެ ވާހަކަ ދައްކާށޭ، ހިޔާފްލެޓްގެ ވާހަކަ ދައްކާށޭ، ދަރުމަވަންތަ ހޮސްޕިޓަލްގެ ވާހަކަ ދައްކާށޭ.