އދ.ގެ އާއްމު މަޖިލީހުގެ ރައީސް ކަމަށްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ދެކޮޅަށް މާލޭގައި މުޒާހަރާ ކޮށްފޮއެވެ.
ގިނަ އަދަދެއްގެ ބަޔަކު ވަނީ އަބްދުﷲ ޝާހިދުގެ ގެކޮޅު ކައިރިއަށް އެއްވެފައެވެ. އެސަރަހައްދުގައި ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ވެސް ހަރަކާތްތެރިވިއެވެ. ޝީލްޑާއި އެކު ފުލުހުން ގޮސް ގިނަ އިރުތަކެއް ނުވެ މުޒާހަރާ ވަނީ ރޫޅާލާފައެވެ. މުޒާހަރާ ރޫޅާލުމުގެ ތެރެއިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔައެވެ. ނަމަވެސް އެމީހުން ހައްޔަރު ކުރިކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.
ޝާހިދު މިއަދު ރާއްޖެ ވަޑައިގަތުމުން އޭނާގެ ގެކޮޅު ކައިރީ ސިފައިން އަންނަނީ އަންގާރަ ދުވަހުގެ ހެނދުނުން ފެށިގެން ހަތިޔާރާއިއެކު ފޯރިމަރަމުންނެވެ.
ޝާހިދުގެ ގެކޮޅު ކައިރިއަށް އެއްވެފައިވާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އެއްވެފައިވާ ބައެއް މީހުން ތިބީ ގައުމީ ދިދަ ހިފައިގެންނެވެ. އެމީހުން ދަނީ ޝާހިދު ފޮރިން މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދިނުމަށާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ފޭބުމަށް ގޮވާލަމުންނެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމަށް ޝާހިދު އެއްބާރުލުން ދީފައިވާ ކަމަށް ބުނެ އެކަމާއި ދެކޮޅަށް ވެސް މުޒާހަރާގެ ބައިވެރިން އަޑުއުފުލިއެވެ.
ޝާހިދު ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މަގާމާއި އދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ މަގާމުގެ ޒިންމާތައް އެއްފަހަރާ އުފުލާތީ ވަނީ ފާޑުކިޔުން ބޮޑުވެފައެވެ. ރާއްޖޭގެ ގާނޫނު އަސާސީ ބުނާ ގޮތުން ވަޒީރަކަށް އެހެން ވަޒީފާއެއް އަދާނުކުރެވޭނެ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.
ދިވެހި އަންހެން ދަރިންގެ ލޭގަ އަދި ހޫނުކަން އެބަހުރި. ފިނޑި، އެޅިހާ ބަތަކަށް ރިހަ ކިޔާ ބަޔަކަށް ދިވެހި ނުވިކަމަށްޓަކައި ﷲ ތޢ އަށް ހަމްދު ކުރަން.
ގަދަ! ހެދިހާގޮތަކަށް ރުހިގެން ތިބޭކަށް ނުޖެހޭ. ގާނޫނާ ހިލާފަށް މަގާމުގަ އެހުރީ. ގައުމުގެ ގައްދާރެއް. މިގައުމު އިންޑިޔާއަށް ދީގެން ހުރި ބޮޑު ގައްދާރަށް ދިވެހިންގެ ހިތްވަރު ދައްކާލަން ޖެހޭނެ.
ސާބަހޭ! މަމެން ފުލް ތާއީދު.
އަރިއަތޮޅު ދެކުނުބުރީ ރައީސް
ޢދ ގެ އާއްމު މަޖިލީހުގެ ރައީސްގެ މުސާރައަކީ ކިހާވަރެއްކަން ކޮންމެވެސް ކުއްޖަކު ސާފުކޮށްލަދީބަލަ.
ގައުމުގެ ގައްދާރެއް. މިމީހުންގެ ކިބައިން ދިވެހި އުއްމަތް ސަލާމަތް ކުރައްވާށި. އާމީން
އާމީން، އާމީން
ފުރަތަމަ ދިވެހި ރާއްޖޭގެ ރައީސާ ދެކޮޅަށް ކުރަން ވީ....
ހަބަރުގެ ތަފްސީލުން އިނގުނީ މުޒާހަރާ ކުރަނީ މީގެ ކުރިންވެސް ކުރާ އާދައިގެ މުޒާހަރާ ކަން.
ތެޅުނު ވަރަކަށް ހުޅުބު ދާނީ
ތިހެނެއް ނުވާނެ. ގާނޫނު އަސާސީގެ 136 ވަނަ މާއްދާއާ ހިލާފަށް ފޮރިން މިނިސްޓަރު ކަމުގަ ހުރެ މުސާރައާ އިނާޔަތް އެނަގަނީ. ރައީސް މީހާ މި އަމަލު ހިންގުވަނީ. ރައީސްމީހާގެ މަގާމުން އަޒުލް ވާނެ ގާނޫނު އަސާސީއާ ހިލާފުވާހިސާބުން. މިއީ ތަހުގީގު ކުރަން ޖެހޭނެ ކަމެއްނޫން. މެންދުރުގެ އިރު ފަދައިން ސާފުކަމެއް. މިވެރިކަން ނިމުމާއެކު މިޑްރާމާ ފެށުނު ހިސާބުން ނެގި މުސާރައާއި މިހިސާބުން ހިންގި ހުރިހާ މުއާމަލާތެއް އެއީ ބާތިލް ކަންކަން. ފައިސާ އަނބުރާ ދައުލަތަށް ނަގާ އެގްރީމެންޓްތަކަކީ ބާތިލް ތަކެތިބކަމުގައި ވެގެންދާނެ. މި 2 ހާއިނުންގެ ނިމުން ނިކަން ހިތިވާނެ!
ބޮޑު ތަކުރުފާނެއް ނޫން..... ބޮޑު ވަގުތަކުރުފާނު ޝާހިދު ގާތު އަހާބަލަ ކުރި ވައްކަން އެކަނި އިނދެގެން ވިސްނާލަ ބަލާށޭ!!! ޕްރީޕެއިޑް ބޭނުން ކުރީ ކިހާ ބޮޑު ޕެކޭޖެއް ނަގައިގެންކަން ސާހިދު އެނގޭނެ
ތިޔައީ ބޮޑު ގައްދާރެއް! އަމިއްލަ ފައިދާއަށް ގައުމުގެ މާލިއްޔާ ކެންޕިޔަނަށް ހުސްކުރި ޚާއިނެއް އާއިލާއަކީވެސް ގައްދާރު އާއިލާއެއް ވެރިކަން ވެއްޓޭ ދުވަހަކުން ގާނޫނު އަރާހަމަ ކުނާނެ ސާހިދޫ!
ފުލުހުން މިގައްދާރު ކަލޭގެ ކިތަންމެ ވަރަކަށް ހިމާޔަތްކުރަން އުޅުނަސް! އެކަމެއް ނުވާނެ! ފުލުހުންގެ ބޮޑުންނަށް ދަންނަވާލަން މުޒާހަރާތައް އަނިޔާވެރިކޮށް ހުއްޓުވިދާނެ! ދިވެހިންގެ ހިއްތަކުގައި އޮތް ނަފުރަތު ފިލުވައެއްނުލެވޭނެ!ގެއްލި ދާނީ ފލުހުންނަށް ރައްޔިތުން ކުރާ އިތުބާރު! ހަލާކުވާނީ ފުލުހުންގެ މުއައްސަސާ!
އދ ގެ ރައީސްހުރީ ރާއްޖޭގެ ފޮރިންމިނިސްޓަރ އުޅޭ ގޭގަތޯ. ޢެގެ ކުއްޔަށް ހިފީ ތޯ. އެކަކު ދެމީހުނަށް ވެފަ. ކީކޭ ބުނާނީ
ދިވެހި އަންހެން ކަނބަލުން ވަނީ އިނގިރޭސީންގެ ޙިމާޔަތުިގެ ދަށުން ދިވެހިރާއްޖެ މިނިވަން ކުރުމަށްޓަކައި މާލެއަތޮޅު ފޮނަދޫ ކައިރީގައި ކަނޑުމަތީގައި މުޒާހަރާކޮށްފައި. އަދި އެއީ ނުހަނު ކާމިޔާބުވި މުޒާހަރާއެއް ވެސް މެ. ސާބަސް ދިވެހި ގައުމަށްޓަކައި ވަޠަން ދެކެ ލޯބިވާ އެންމެހައި ދިވެހީން މިއަދު އާދެ، މި ދިވެހިރާއްޖޭގެ ފަޚުރުވެރި ގައުމީ ދުވަހު އަޒުމު ކަނޑައަޅަންވީ މި ޣައްދާރު ޚާއިނުން ގައުމު ވިއްކާލާފައި އަޅުވެތިކޮށްފައި މި އޮތް އޮތުން، ބޭރުގެ އަސްކަރީން މިރާއްޖޭގެ އެކިކަންކޮޅުތަކުގައި ރުކުރުވާލާފައި ތިބި ތިބުން ނިމުމަކަށް ގެނައުމަށްޓަކައި ވަގުތުން ވަގުތަށް މަސައްކަތް ފެށުމަށް.
ތިޔައީ ޖޭވެގެން އަދުރޭ ފޮނުވި ބަޔެއް އެމީހުންގެ ބޭނުން އެނގުނު ބަޔަކުވެސް އެތާކުނެތް. ހެއްވާކަމެއް ގުނބޯހައްދާފަ އަދުރޭ އެޔޮތީ ގޭގަ ފިލާ.