18:51

އޮސްޓްރޭލިއާގެ މެލްބަން ސިޓީގައި ތަންފީޒުކޮށްފައިވާ ފުރަބަންދުގެ އުސޫލުތައް އުވާލުމަށް ނިންމައިފި

13:21

ރާއްޖެ އިން ކޮވިޑް-19 ޖެހިގެން 80 އަހަރުގެ ދިވެއްސަކު މިއަދު ނިޔާވެއްޖެ

12:53

އަލިފާން ރޯވީ ގ.ތުނޑި ނަމަކަށް ކިޔާ ގޭގެ ހަތަރުވަނަ ފަންގިފިލާފައި. މިހާރު ވަނީ އަލިފާން ނިއްވާލާފައި.

12:51

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް މާލޭ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވަޑައިގެން ހާލަތު އޮޅުންފިލުއްވައިފި.

https://twitter.com/MaleCitymv/status/1449640668805013504

12:49

އަލިފާން ރޯވީ ސީގަލް ކުންފުނީގެ ބިދޭސީންގެ އެކަމަޑޭޝަން ބްލޮކްގައި.

12:31

އިމާރާތުގައި ރޯވި އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކޮށްފައި.

12:22

އެޗްޕީއޭ އިން ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވީ މިވަގުތު އަމީނީމަގު ސީގަލް ފިހާރަ ސަރަހައްދުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގެ ދުމުން ރައްކާތެރިވުމަށް ދުމުގެ އަސަރު ކުރާ ހިސާބަށް އާއްމު ފަރާތްތަކުން ނުދިޔުމަށް އިލްތިމާސްކުރައްވާ ކަމަށް. އުމުރުން ދުވަސްވީ ފަރާތްތަކާއި ކުޑަކުދިންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ދުމުގެ އަސަރު ކުރުމުން ނުރައްކާވެދާނެ ކަމަށާއި ދުމުގެ އަސަރު ކުރާ ހިސާބުތަކުގައި ގޭގެތެރެއަށް ދުން ނުވަންނަހެން ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުން މުހިއްމު ކަމަށް އެޗްޕީއޭ އިން ވިދާޅުވި.

12:17

އަމީނީމަގު ސީގަލް ފިހާރަ އިންވެގެން ހުރި އިމާރާތުގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެ. ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު 11:51 ހާއިރު.

12:07

އަލިފާން ރޯވެ އަނދަމުންދާ އިމާރާތް
އަލިފާން ރޯވެ އަނދަމުންދާ އިމާރާތް

މާލޭގެ އިމާރާތެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.

އަލިފާން ރޯވެފައި ވަނީ އަމީނީމަގު ސީގަލް ފިހާރަ ކައިރީ ހުރި އިމާރާތެއްގައެވެ.

އަލިފާން ރޯވެފައިވާ އިމާރާތުން ވަރަށް ގަދައަށް ދުން އަރަމުންދާ މަންޒަރު ފެނެއެވެ.

އެމްއެންޑީއެފް އިން ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް އަދި އިތުރު ތަފްސީލެއް ނުދެއެވެ.