ދިވެހި ގައުމުގެ މިނިވަން ކަން ގެއްލިއްޖެނަމަ އޭގެ ޒިންމާ އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ނަގަން ޖެހޭނެ ކަމަށް އިދިކޮޅުގެ އެކްޓިން ލީޑަރު އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
"ޗެނަލް 13" ގެ ޕްރޮގްރާމެއްގައި ބައިވެރިވަޑައިގެން އަދުރޭ ވިދާޅުވީ އުތުރުތިލަފަޅުގެ އެއްބަސްވުން ހާމަ ނުކުރާ ސަބަބެއްގެ ގޮތުގައި ގައުމީ ސަލާމަތަށް ނުރައްކާ ވުން ކަމަށް ސަރުކާރުން ބުނަނީ އޭގައި އެފަދަ އެތައް ކަމެއް ހިމެނޭތީ ކަމަށެވެ.
"ސަރުކާރުން ބުނާ ވާހަކައަކީ މި އެއްބަސްވުންތައް ހާމަކޮށްފިނަމަ ގައުމީ ސަލާމަތަށް ނުރައްކާވާނެއޭ. ދިވެހި ދައުލަތުން ވެފައިވާ އެއްބަސްވުމެއް ރައްޔިތުންނަށް ހާމަކުރުމުން ނުރައްކާ ވާނީ އޭގައި ނުރައްކާތެރި ވާހަކަތަކެއް ހުރުމުން." އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، އިންޑިއާގެ އަސްކަރިއްޔާއިން އެ ތަނުގައި ގާއިމްވެ ތިބޭ ގޮތަށް ވެސް ދިވެހި ސަރުކާރުން އެއްބަސްވަނީ މި ސަރުކާރު ގެނައުމަށް އިންޑިއާއިން ގިނަ ހޭދަތަކެއް ކޮށްފައި އޮތުމުން ކަމަށެވެ.
އަދުރޭ ގަބޫލު ކުރައްވާ ގޮތުގައި ރާއްޖޭގެ މިނިވަންކަން ގެއްލިއްޖެނަމަ އޭގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ ރައީސް މައުމޫންއާއި ގާސިމްއެވެ.
"ދިވެހި ރައްޔިތުންނަށް މިއަދު ދިމާވެފައި މި ވާ ހާލަތުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭ ދެ ބޭފުޅުންނަކީ ރައީސް މައުމޫންއާއި ގާސިމް އިބްރާހީމް." އަދުރޭ ވިދާޅުވިއެވެ.
ރާއްޖެ މި ހާލަތަށް ގެނައީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށާއި އެ ބޭފުޅުންނަށް އަލުން ވެރިކަން ލިބިގެން ދިޔައީ ރައީސް މައުމޫންއާއި ގާސިމްގެ ސަބަބުން ކަމަށް އަދުރޭ ވިދާޅުވިއެވެ.
"ގާސިމް އިބްރާހީމްއާއި، ރައީސް މައުމޫން އަބްދުލް ގައްޔޫމް، ސޯލިހްއާއި ނަޝީދުގެ ގޮތް އެނގި އެ މީހުނާއި ގާސިމްއާއި މައުމޫން ބައަތު ހިފުމުން، އޭގެ ޒިންމާ ނަގަން އެބަ ޖެހޭ،" އަދުރޭ ވިދާޅުވިއެވެ.
ތިބުނުއްވީ ރަނގަޅަކަށްނޫން !! މިނިވަންކަންގެއްލިއްޖެނަމަ މިނިވަންކަން ހޯއްދަވަން މަސައްކަތްޕުޅުކުރައްވާނީ ރައީސް މައުމޫނާއި އޮނަރަބަލް ގާސިމު އިބްރާހީމާއި ދެބޭފުޅުންކަންޔަގީން !!!
ތިޔަ ކިޔާ ޢެއްބަސްވުމެއްގައި ސޮއިކުރީ ޔާމީން ސަރުކާރުންކަމަށް ވަނީ. ނަމަވެސް ހާވާފައިވާ ހަޑީ ސާފްކުރެވެން ނެތްވަރަށް އޮތީ ހަޑިވެފަ. ތިކަމުގެ ޒިންމާ އުފުލަން ޖެހޭނީ 2017 ގައި ސޮއިކުރި ޕީ.ޕީ.ޢެމްގެ ފަރާތްތަކުން
ދޮންމީހުން ވަނީ އެޖެންޓުން ނާއި އެކު ޤައުމު އިސްތިއުމާރުކޮށް އަޅުވެތި ކޮށްފައި ، މިހާރު ޤައުމު މިނިވަންކުރަން އެބަޖެހޭ !
މިނިވަންކަން ގެއްލެއްޖިނަމަ ޒިންމާވާން ޖެހޭނީ ޖަލުގައި ހުރިމީހާ.
މިނިވަންކަން ގެއްލިއްޖެ މިހާރުން މިހާރަށް ސޯލިހު ހަށްޔަރުކޮށް މަށްސަލަބަލަންޖެހޭ.
މިނިވަންކަން ގެއްލުމުމުގެ އަލާމަތްތަށް ފާޅުވާންފަށައިފި އެއީ ނިކަމެތި ފަގީރުންނަށް ސަރުކާރުން އަޅާނުލުމާއި އަނިޔާވެރި ގޮތަކަށް މަރާލާ މީހުންނަށްތައުޒިޔާނުކިޔުމާއި މިސްރުގެ ފުޓުބޯޅަތަރި ސަލާހު އާއި ވަށްތަރު މީހަކުފެނި އޭނައާއިއެކު ރައީސްމީހާ ސެލްފީނަގާ އޭނަގޮވައިގެން އުޅުން.