މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ޖަލު އޮފިސަރުން ހޯދަން އިއުލާނުކޮށްފިއެެވެ.
ކަރެކްޝަންސް އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އަންހެން ދަދި ފިރިހެން ޕްރިޒަން އޮފިސަރުން ހޯދަން ބޭނުންވާ ކަމަށާއި، އެ މީހުން މަސައްކަތް ކުރަން ޖެހެނީ ހެޑް އޮފީހާއި ޖަލުތަކުގައި ކަމަށެވެ.
ޕްރިޒަންސް އޮފިސަރުންގެ ގޮތުގައި ނަގާނީ ނޮން ކޮމިޝަންޑް އޮފިސަރުންނެވެ.
އޭގެ އިތުރުން ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ހޮވުމުގައި އިސްކަން ދެވޭ ކަންތައްތަކުގެ ތެރޭގައި ފިޒިކަލް ފިޓްނަސް ހުރި މިންވަރާއި ތަޢުލީމީ ފެންވަރު އަދި އިންޓަވިއު މާކްސް އަށް ބެލެވޭނެ ކަމަށް އިއުލާނުގައި ވެއެވެ.
ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކާއި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާ އެކު ނޮވެންބަރު 14ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (ޣާޒީ ބިލްޑިންގ / ގްރައުންޑް ފްލޯރ) އަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.