ދިވެހި ސަރުކާރުން އަތޮޅުތެރޭގައި އެންމެ އިސްކަމެއްދެއްވާ ކަމަކީ ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަ ކުރުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބް ރައީސް ފައިސަލް މިހެން ވިދާޅުވީ، ފުވައްމުލައް ހޮސްޕިޓަލްގެ ލެބޯޓްރީ ޑިޖިޓަލައިޒްކޮށް، ޒަމާނީ ވަސީލަތްތައް ގާއިމް ކުރުމަށް ބޭނުންވާ ޖާގަ އިތުރުކުރުގެ އަމަލީ މަސައްކަތް ފެއްޓެވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ނައިބް ރައީސް ފައިސަލް ވިދާޅުވީ، އަތޮޅާއި ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ހިދުމަތްތައް ފަސޭހަކަމާއެކު ހޯދައިދެއްވުމަކީ މުޅި ސަރުކާރަށް ކުރެވޭ އެންމެ މުހިންމު މަސައްކަތް ކަމަށެވެ.

އަދި މި ކުރެވޭ މަސައްކަތުގެ ނަތީޖާއަކީ ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ތަފާތު ގިނަ މަސައްކަތްތައް މިހާރުވެސް ކުރެވެމުންދިއުން ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އުތުރުން ފެށިގެން އެންމެ ދެކުނަށް ބަލާލާއިރު، ހާއްސަކޮށް މަތީ ފެންވަރުގެ ހިދުމަތްތައް ދޭ ހޮސްޕިޓަލުގެ ވަސީލަތްތައް ވަރަށް ބޮޑުތަން މިހާރުވެސް އިތުރުކުރެވިފައިވާ ކަމަށް ނައިބް ރައީސް ފައިސަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ނޯނޭމް

    އިސްކަންނުދޭ އެއްކަމެއްވެސް ނެތް، އެކަމު ވާކަމެއް ހަރާން. ގައުމު ފުނޑިއްޖެ.

    28
  2. ާައަނާރުކަލީ

    އެހެންވެދޯ ބޭސްފިހާރައަކުން ޕެނަޑޯލް ގުޅައެއްވެސްޏުލިބެނީ އެއްކަމެއް ނުވިއަސް އަނގައިން ހިފަހަށްޓާތި ތިކަހަލަ މީހުންއެބައޮތް ސުތުލިގޯނީގަ ބަންދުކޮއްފަ

    17
  3. ާދަލޭކް

    އެންމެ އިސްކަމެއް ދީގެން ކޮއްފަހުރީ ޏ އަތޮޅުގައި. ސިއްހީ ނިޒާމް ވަރަށް ރަގަޅު.

    8
    4
  4. ސާމާނުބެ

    ރަށަކުން މީހަކަށް ކަމެއްކަހަލަ ކަމެއްވާއިރަށް އެކަން ނިމިގެން ދާގޮތުން މަނިކުފާނުމެއް ތިޔަކުރައްވާ ތަރަށްގީ ވަރަށް ސާފުކޮށް ފެނިގެންދޭ އިއްޔަވެސް ފަރުވާލަސްވެގެން މީހަކު މަތިމައްޗަށް ހައެއްކަ ސްޓްރޯކް ޖެހުނުވާހަކަ ނޫހަކުން ފެނުނު

    15
  5. މުހަންމަދު

    މިކަހަލަ ދެއުޅި އެއނުވާމިހުން ކަންކަމަށް އިސްުރާތީ ގައުމު ތަރައްގީ މިނުވަނީ.....ހެހެހެހެހެ

    14
  6. ާދޯކާ 1

    ޖަޒީރާ ސިއްޙީނިޒާމުގަ އޮންނާނީ ޕެނަޑޯލް އާއި ވިކްސްބާމު !!

    15
  7. ކާފަބޭ2020

    ރަނގަޅުކުރިވަރުންތާ ވައިނޮޅިއަށްދަންދެންދަމާކައިހުސްކޮށްގެން އަޗާތަޅަންތިޔަދުއްވަނީ! ރައިއްޔަތުންނަށްޚަރަދެއްކުރަންޖެހުނީމަ އެކަމުންވެސްކުރީވައްކަން! ސޯސަލްހައުސިންފުލެޓުތައް ނުނިންމާތިންއަހަރުވަންދެންބަހައްޓާފަ އެތަންލިބުނުމީހުންގެއަތުން ބޮޑުފައިދާގަނޑެއްކަށްވާލަންތިއުޅެނީ ކިހާއޯގާތެރިވީމަތޯ؟ ސެކިއުރިޓީއޭދުފާއެއްޗިއްސޭކިޔާފަ ހޮޓެލްޖެންއަށްކިތައްމިލިއަންރުފިޔާދައްކައިފިންތޯ؟ އެކިއެކިނަންނަމުގަ ކިތައްމިލިއަންރުފިޔާކަށްވާލައިފިންތޯ؟ ކުލަބްހައުސްގަ ބޮންޑޭމެންގެސޯޓުބޭލީމަދުވެފިލީ ރައިއްޔަތުންނަށްކޮށްދެވުނުމަސައްކަތްގިނަވީމަތޯ؟ ލަދުހަޔާތޭކިޔާއެއްޗެއްނެތަސް ތިޔައީބޮޑުވަރު! މިހާރުތިޔަދުވަނީ އިންތިޚާބުކައިރިވާތީ ބޮލަށްތެޔޮއަރައިގެން! ﷲގެރަޙްމަތާއެކު ރައިއްޔަތުންނަށްތިކުރާޖެއްސުން ވޯޓުންދައްކާލާނަން!

    11
  8. މަސްއޫދު

    އިސްކަން ދޭތީތާ އެއްވެސް ބޭސްފިހާރައެއްގައި ބޭސްނެތިގެން ރައްޔިތުން ހޯބޯލަވަނީ ނާއިބުވެސް ހަދަނީ ހުސްދޮގުު! ކިހާ އިސްކަމެއް ދޭތީތާ ބަލިމީހުން ބަރޮލަށް ލައިގެން ގެންދަނީ!

  9. އަލި

    މަތީމަގާމެއްގަ ހުންނަ ބޭކާރު ބޮލެއް

  10. އާޝޯހު

    ސިއްޙީ ނިޒާމު ރަނގަޅު ކުރަން ފުރަތަމައިނުންވެސް ކުފޫ ހަމަ ނުވާ، އަނގަ ފޮނި މެނޭޖަރުންތައް ކަނޑާތަން ސާފު ކުރޭ