ރަށްރަށަށް ފޮނުވުމަށް ރާއްޖެ ގެނެސްފައިވާ 20 އެމްބިއުލަންސް ރަށްތަކަށް ފޮނުވަައިފިއެވެ.

ރާއްޖޭގެ ބައެއް ރަށްތަކުގައި އެމްބިއުލާންސް ނެތުމުން ގާޑިޔާ، ޕިކަޕް ފަދަ އުޅަނދުތަކުގައި މީހުން އުފުލާ ހަދާފައިވެއެވެ. މިކަމާއި ގުޅިގެން ސަރުކާރަށް ފާޑުކިޔުންތައް އަމާވެފައި ވެއެވެ.

އެސްޓީއޯއިން މިއަދު ބުނީ ރީޖަނަލް ރަށްތަކަށް މިއަދު އެމްބިއުލާންސް ފޮނުވާފައިވާ ކަމަށެވެ.

މި އެމްބިއުލާންސްތައް ރާއްޖެ ގެނައީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

އެމްބިއުލަންސްތައް ފޮނުވީ ކޮން ރަށްތަކަކަށް ކަމެއް ހެލްތު މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ޖަޕާނުގެ އެހީގައި އޮކްޓޫބަރު 2019 ގައި 25 އެމްބިއުލަންސް ރާއްޖެ ގެނައެވެ. އޭރު ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލަންސް ހަމަވެފައިވާކަން ސަރުކާރުން އިއުލާން ކުރި އެވެ. އޭގެ ފަހުން މި އަހަރުގެ މާޗް މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެފައި ވަނީ މި އަހަރުގެ ޖޫން މަސް ތެރޭ، ހުރިހާ ރަށަކަށް ބޭނުންވާ އެމްބިއުލަންސް ހަމަވާނެ ކަމަށެވެ.

މިދިޔަ ޖޫން މަހު ހެލްތު މިނިސްޓްރީން ވަނީ ރަށްރަށަށް ބޭނުންވާ 96 އެމްބިއުލަންސް ގެނައުމަށް އެސްޓިއޯއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަލް

    ރަށްތައް ހާމަ ނުކުރީ އެއިރުންތާ ފޮނުވިކަމެއްވެސް ނޭގޭނީ.ކޮވިޑްގެ އިންކަމް ސަޕޯޓް އެލަވަންސްވެސް ދިނެނެންނުން. ދެތިންމަސް ކޮށްލާފަ ބުނާނެ މިތަކެއް މިލިޔަން ރުފިޔާ އިންކަމް ސަޕޯޓް އެލަވަންސް ގޮތުގަ ދޫކޮށްފީމޭ.އެކަމަކު އެލިބުނު މީހަކު ނުހުރޭ.ގާތަ މީހަކަށް އެތިކޮޅެއް ނުލިބޭ ވާހަކައެއްނުން.އެކަމުންވެސް ވަށްކަން ކުރީ...