އަސާސީ ބޭސް ފާރމަސީގައި ނެތްނަމަ ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ވިދާޅުވެއްޖެއެވެ.
އެމްއެފްޑީއޭ އިން ވިދާޅުވީ، ފާރމަސީ ގައި ހުންނަން ޖެހޭ އަސާސީ ބޭސް ލިސްޓަކީ އަބަދުވެސް މެދު ނުކެނޑި މީހުންނަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ފަސޭހަ ކަމާއި އެކު ފާރމަސީ ތަކުގައި ކޮންމެހެން ލިބެން ހުންނަން ޖެހޭ ބޭސްތަކެއް ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް ލިބެން ޖެހޭ ދަނޑިވަޅުގައި ނުލިބި، އެންމެ އެކަށޭނަ ގޮތުގައި ފަރުވާ ނުލިބޭތީ، އާންމުންނާއި ޚިދުމަތް ދޭ ފަރާތްތަކުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
އަދި އަސާސީ ބޭސް މެދު ނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފާރމަސީތަކަށް ވަނީ އެމްއެފްޑީއޭ އިން އިލްތިމާސްކޮށްފައެވެ.
އަދި ހުރިހާ ފާރމަސީ ތަކުގައި ހީރަސް ކޮށްފައިވާ ލިސްޓްގައި ހިމެނޭ ބޭސްތައް މެދު ނުކެނޑި ލިބޭނެ އިންތިޒާމު ހަމަ ޖެއްސުމަށް އަންގާފައި ވެއެވެ.
އަދި މި ލިސްޓްގައި ހިމެނޭ ބޭހުގެ އިތުރުން އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ޕްރިސްކްރިޕްޝަން އޮންލީ މެޑިސިން (ޕީއޯއެމް) އާއި އޯވަރ ދި ކައުންޓަރ މެޑިސިން (އޯޓީސީ) ފާރމަސީތަކުގައި ބެހެއްޓުމުގެ ފުރުސަތު އޮތް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެމްއެފްޑީއޭއިން ވަނީ، އަސާސީ ބޭސް ފާރމަސީ ތަކުގައި ލިބެން ހުންނަ މިންވަރު ދެނެގަތުމަށްޓަކައި، ކޮންމެ 3 މަހަކުން އެއްމަހު ފާރމަސީގައި ލިބެންހުރި އަސާސީ ބޭހުގެ ސްޓޮކް ރިޕޯރޓް ( ބާކީ ހުރިވަރު އިނގޭ ގޮތަށް ) ލިޔުމުން ހުށަހެޅުމަށް އެދިފައެވެ.
އޭއީއެޗް ތެރޭގަ ހުންނަށް އެސްޓީއޯ ފާމަސީ އަށް ފުރަތަމަ ފިޔަވަޅު އަޅަންޖެހޭނީ
އަޅެފަހެ ތިޔަ އަސާސީ ބޭހެއްވެސް ވަކި ފާރމަސީ ތަކަކުން ވިއްކެނީ ތިޔަ ބޭފުޅުންގެ ހުއްދަ ލިބިގެން ކަން އިނގޭތޯ.
އެހެންވީމާ އެންމެ ފުރަތަމަ ފިޔަވަޅު އަޅަން ޖެހޭނީ އެސް ޓީ އޯ ފާމަސީއައް ދޯ