ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ނަގަންށާއި އަދި އެއަށްފަހު 2023 ވަނަ އަހަރު ވެރިކަމުގެ ނިޒާމް ބަދަލުކުރަން ސިޔާސީ ޕާޓީތަކަށް އެއްބަސްވެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ނަމަވެސް ޖުމްހޫރީ ޕާޓީން އެކަން ދޮގުކޮށްފިއެވެ.

ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ޞާލިހް ވިދާޅުވީ ނަޝީދު މިދިޔަ މަހު ގާސިމް އިބްރާހީމާއި އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ގާސިމް އެއްވެސް ކަމަކަށް ނަޝީދު އަރިހު އެއްބަސްވެފައި ނުވާނެ ކަމަށެވެ.

ނަޝީދު ވަނީ ބަރުލަމާނީ ނިޒާމާއި ގުޅޭ މަޝްވަރާތައް ކުރެއްވުމަށް ގާސިމާއި ސަންއައިލެންޑް ރިސޯޓްގައި ބައްދަލު ކޮށްފައެވެ. ބައްދަލުވުމުގެ އެއްވެސް ތަފްސީލެއް މިހާތަނަށް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ނަޝީދު މިދިޔަ މަހު އިދިކޮޅު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި ވެސް ބައްދަލު ކުރެއްވެވިއެވެ. ނަމަވެސް ޕީޕީއެމްގެ މެންބަރުން ވަނީ އެޕާޓީގެ ރައީސް އަބްދުﷲ ޔާމީނާއި ވަކިން އެއްވެސް މަޝްވަރާއެއްގައި ބައިވެރިނުވާނެ ކަމަށް ނަޝީދު އަރިހު ދަންނަވާފައެވެ.

އަނެއްކާވެސް ބަރުލަމާނީ ނިޒާމްގެ ބަހުސްގެ އަޑުގަދަވެފައި މިވަނީ މިރޭ ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހަށް ފޮނުއްވި މެސެޖެއްގެ ސަބަބުންނެވެ. ނަޝީދުގެ މެސެޖްގައި ވިދާޅުވީ ރައީސްް އިބްރާހިމް މުހައްމަދު ސޯލިހްއާ ދެ ބޭފުޅުން ޕްރައިމަރީއެއްގައި ނުވަތަ އިންތިހާބެއްގައި ވާދަކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުވާނެ ކަމަށެވެ. "ބޭފުޅުން ވިސްނަވާ. ރައިސުލްޖުމްހޫރިއްޔާ އާއި އަޅުގަނޑާ ވާދަ ކުރާ ޕްރައިމަރީއެއް ނުވަތަ އިންތިހާބަކަށް ވުރެ މިގޮތް (2023 ގައި ނިޒާމް ބަދަލު ކުރުން) މާރަނގަޅު ކަމަށް ފެންނަނީ،" ނަޝީދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ކެނެރީ

  ސާބަހޭ ގާސިމް

  14
  1
 2. އުގުރި

  މާދަމާ ވެސް ހިކިފަ ހުރި ފިނޮޅު ކޮޅެއް ފެއްނަ އިރަށް އެއަށް ދަހިވެ އެންމެ ބާރަށް ބަރުލަމާނީއޭ ކިޔާފަ ގޮވާނީވެސް ހަމަ ގާސިމު.
  ގާސިމު ބަޔަކަށް ކައްޓެއް ނުހެރެއޯ.

  20
 3. ރބރ

  ކަލޭމެން ދެމީހުން ވާދަކުރަންވީމަރގަޅެއް ނޫން ރައްޔިތުން ބަނޑަޢްޖެހި ފާ ވާއިރުވެސް ތިމަން މަނިކުފާނުގެ ރައްކާތެރިކަމަށް 50 މިލިޔަން އިންޑިއާ ގެ މިލިޓަރީގެ ސަބަބުން ދިވެހިން ސަލާމަތް ކުރަން ބޮޑުލާރި އެއްވެސް ނެތް
  ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
  ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
  ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
  ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
  ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
  ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
  ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް

  19
  1
 4. ރާއްޖެތެރެ

  ދޮގުވެރި މީހުންގެ ސަބަބުން އެމްޑީޕީ ފުނޑެނީ.

  17
 5. ގާދިރު

  ކަލޯގާސިމް ތިޔަކަލޭގެ އެންމެފަހު ވަގުތު ކަލޭގެ ބޮލައްއެރޭނެ ގުބޯހައްދާނެ

  19
 6. ރާއްޖެތެރޭ މީހާ

  ނިޒާމް ބަދަލުކުރަން އެއްބަސްވާނެ އިތުރު 3 ރަށާއި، 3 ބިން ދިނީމަ މި ބުރރުމާ އަކީ ޤައުމާއި، ދީނަށްޓަކައި މަސައްކަތް ކުރާ މީހެއް.

  16
  1
 7. އަހުމަދު

  2023 މިއޮތީ ކުރިޔަށް. ރައްޔިތުން އަތުން ވޯޓުލުމުގެ ބާރު ނިގުޅައިގަންނަން ނަޝީދު ކުރާ ހުތުރު މަސައްކަތާއި އެއްބަސްނުވާނެ ޚާއިނަކު ނޫނީ

  21
 8. ރައްޔިތު

  ރ ސޯލިހާއި ކެނެރީގެ ނަސީދު ޕްރައިމަރީގައި ވާދަ ކުރުން ނޫން ގޮތެއް ނެތެވެ ބަރުލަމާން ރާއްޖޭގައި ބޭއްވުމަށް މަސައް ކަތް ކުރަނީ އަމިއްލަ މަސްލަހަތު އެ ކަމުގައި އޮތީމައެވެ ރާއްޖޭގެ ރައްޔިތުންގެ ވޯޓުން ކަނޑައަޅާއިވާ ރިޔާސީ ނިޒާމް ރާއްޖޭގައި އޮންނަންޖެހެއެވެ.

  23
 9. Anonymous

  މި ނަޝީދު ހިތުން މީނާއަކީ އަދިވެސް ރައްޔިތުން ނިކަން ލޯބިވާ މީހެކެވެ. ނޯނޯއ އެވެ. ކަލެއަށް ނުބައިބަޔަކު ހަމަލާ ދިނުމުން އެކަން އަހަރެމެން ކުށްވެރިކުރަމެވެ. އޭގެ މާނައަކީ ކަލޭ މީރާއްގެ ވެރިކަމަށް އަންނަން އަހަރެމެން ޤަބޫލީކީ ނޫނެވެ. އެއްގޮތަކަށްވެސް ކަލޭ ދެން މިރާއްޖޭގެ ވެރިކަމަށް އަންނަން މަސައްކަތް ނުކުރުރާށެވެ. ކަލެއަކީ ވެރިކަން ކުރެވޭ ފަދަ ޤާބިލްކަން ހުރި މީހެއް ނޫނެވެ. ކަލެއަކީ އަަ

 10. Anonymous

  ބޮޑު މުސީބާތެއް އަންނި ޖިންނި، ވެރިކަމާ ހެދިގެން މަޑުން ނޯވެއޭ.
  ނަމަނަމަ ބަރުލަމާނީ ރާއްޖެއަށް ނުގެންނާތި

 11. ޒަހީނު

  ސަންއައިލެންޑް ގަ ރިހާކުރު ކައްކަނީ ސޭޓް ނުވިތާކަށް އަސްދޫނި ގުއިވަހުން މިރަށް ތަގައްޔަރުކޮއްފި ރިސޯޓެކޯމީ ކުކުޅު ފާމަކަށްވުރެ ހާލުބޮނޑު ރާއްޖޭގެ 200 މީހުން މިރަށުގައިނެތް މުޅިންވެސް ކަރަ ކަރާގެމީހުން މުސާރަ ހަމަޔަކަށްނުދޭ 4 މަހުން 8 ދުވަސް އޮފްޑޭ ޖޭޕީއަށް ބޭރުމީހުން ވައްދަންވި ވޯޓް ހޯދަން 2223

 12. އަލީ

  އެހެންވީރު ނިޒާމު މި ބަދަލުކުރަނީ އިބޫއާއި އައްނި އެއް ޕްރައިމަރީއެއްގައި ބައްދަލު ކުރަން ޖެހޭތީދޯ

 13. އަޙްމަދު

  ޤާސިމްއަށް ތާޢީދު! ތީހަމަ ގިނަ ރައްޔިތުންވެސް ބޭނުންވާގޮތް!

 14. އަހުމަދު ހުސައިން އަލީ

  ނަޝީދުގެ ޓްވީޓުން ސާބިތުވި ހަގީގަތަކީ ނިޒާމު ބަދަލުކުރާން މި އުޅެނީ އިބޫ އާއި އަންނިއާ ދެމީހުންނަށް ވެރިކަން ބަހައިލާންކަން.