އޮންލައިންކޮށް ކިޔަވައިދޭނަމަ ޔުނިވާސިޓީގެ ބޭނުމެއް ނެތްކަމަށް ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ޗާންސެލަރ ޑރ. ހަސަން ހަމީދު ވިދާޅުވެއްޖެއެވެ.
ބަޖެޓް ކޮމިޓީ ބައްދަލުވުމުގައި މެމްބަރުންގެ ސުވާލަށް ޖަވާބު ދެއްވަމުން ޑރ. ހަސަން ހަމީދު ވިދާޅުވީ ރަނގަޅު މުދައްރިސެއްގެ ކައިރިޔަށް ގޮސްގެން ކިޔެވުމާއި އޮންލައިން އަދި އެހެން އެއްވެސް ގޮތަކަށް ކިޔެވުން "ސަބްސްޓިޓިއުޓް" އަކަށް ނުވާނެ ކަމަށެވެ. އަދި އެންމެ ރަނގަޅު ތައުލީމަކީ "ރަނގަޅު މުދައްރިސެއްގެ ކައިރިއަށް ގޮސް، އޭނާގެ އިރުޝާދުގެ ދަށުން" ލިބޭ ތައުލީމު ކަމަށެވެެ.
"އެއްނަޒަރަކުން ބަލާއިރު، އޮންލައިންކޮށް ކިޔަވައިދޭނަމަ ކޮންމެހެން ދިވެހިރާއްޖޭގަ ޔުނިވާސިޓީއެެއް އޮންނާކަށް ވެސް ނުޖެހޭ" ހަސަން ހަމީދު ވިދާޅުވިއެވެ.
މީގެ އިތުރަށް ޑރ. ހަސަން ހަމީދު ވިދާޅުވީ އޮންލައިންކޮށް ކިޔަވައިދީގެން ވަކި ވައްތަރެއްގެ ތަރުބިއްޔަތެއް ކުދިންގެ ގައިގާ އަށަގަންނުވަން ވަރަށް އުނދަގޫވާނެ ކަމަށެވެ.
ވެލްޑިންގް ކުރަން ކުދިންނަށް ދަސްވާން ދެތިން އަހަރު ނަގާކަން ފާހަގަކުރައްވާ، އެކަމުން މިސާލު ނަންގަވާ ހަމީދު ވިދާޅުވީ "ހައެއްކަ މަސް، ނުވަތަ ތިން މަހުން އަޅުގަނޑުމެންނަށް ޓިގް-ވެލްޑިންގް ކުރާއިރު ކަރަންޓު ހުންނަވަރު ކިޔަވައިދެވިދާނެ. އެކަމަކު ތަބީއީގޮތުން ކުއްޖާ ގައިގާ ހަރުލާންޖެހޭ ސިފަތަކެއް ހަރެއްނުލެވޭނެ އޮންލައިންކޮށް [ކިޔަވައިދީގެންނެއް]" އިތުރަށް ޑރ. ހަމީދު ވިދާޅުވިއެވެ.
ރާއްޖެއިން ކޮވިޑް-19 ވޭދަނަތައް ފެންނަން ފެށުމާއެކު އެމްއެންޔޫ ހިމެނޭހެން ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖުތަަކުގައި ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދޭން ފެށިއެވެ. ފުރަބަންދަށް ފަހުވެސް، ބައެއް ކޯސްތަކުގެ ދަރިވަރުންނަށް ކިޔަވައިދެމުން ދަނީ އޮންލައިންކޮށެވެ. ހާއްސަކޮށް ކުދިން ގިނަ ކްލާސްތަކުގެ ދަރިވަރުންގެ ކިޔެވުން ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަން ފާހަގަ ކޮށްލެވެއެވެ.
ތިޔައީ އޮންލައިންކޮށް ކިޔަވައިދެވޭނެ ފެންވަރު ހުރި ޔުނިވަރސިޓީއެއްނޫން. ވަރަށް ފޯކަސްޑް ޒަމާނީ ތައްލީމްދޭ ތަންތަނަށް އޮންލައިންކޮށް ކިޔަވައިދެވޭނީ. ދަރިވަރުންގެ ވަގުތު ބޭކާރުކުރާ ބަޔަކަށް އެކަމެއްނުކުރެވޭނެ. ލެކްޗަރާއިންގެ ފެންވަރުވެސް ރަނގަޅުވެގެން އެކަންކުރެވޭނީ
ވެލްޑިން ކިޔަވައިދޭނީ ޕޮލިޓެކްނީކްގަ ، ޔުނިވަރުސިޓީ ސެޓްފިކެޓް ލެވެލް ކޯސްތައް ހިންގަން އުޅުމަކީ ބޮޑުގޯހެއް. އަމުދުން އެކޯސްތައް ހިންގަން ދައުލަތުގެ ޕޮލިޓެކްނީކް ފަދަ ރަނގަޅު އިންސްޓިޓިއުޓްތައް ހުއްޓާ. މިހާރުވެސް ޔުނިވަރަސިޓީއިން މިފަދަކޯސް ތައް ހިންގަނީ ދައްފެންވަރުގަ، ރަނގަޅު އިންސްޓަކްޓަރުންނެތި.
ހަގީގަތުގަވެސް އުވާލަންވެފަ ހުރިތަނެއް. ދައުލަތުންކުރާހަރަދާ ބަލާއިރު ނެރެވޭ ނަތީޖާ ސުމެއް. މާލޭން ގިނައަދަދެއްގެ ބިންތަކެއް ހިފައިގެން ތިބެ ކޮސްގޮވުން ޔުނިވަރސިޓީގެ ވެރިންގެ ކަމަކީ.
ޒަމާނަށް ފެތެން ކުރަންޖެހޭކަންތަކާ ކުރަންވީގޮތް ނޭގޭބަޔަށް މިވަރު ބޮޑެތި ވަޒީފާތައް ދޭތީ ގައުމު މިދަނީ ދުވަހުން ދުވަހަށް ފަހަތަށް . ފަހުގެ ޓެކްނޮލޮޖީ އެނގޭ ބަޔަކު ހަމަޖައްސާ ކޮލެޖްގެ ވެރިންނަށް.
އައްޑިހައިގެ އަހަރުތަކުގަ ޓީޗިން ކޯސް ހަދައިގެން ތިބިބަޔެއް ޕޮލިސީލެވަލްގަ މަސައްކަތް ކުރަންވީމަ ދެއްކޭނީ ތިޒާތުގެ ވާހަކަ.
ހަސަނުގެ ދެފައި މުޅިއޮޑީގަ ވީމަ ވާނެހައެތި ވަމުން ދާތަން މިފެންނަނީ.
21 ވަނަ ގަރުނެގެ އައިޓީ ޓެކް ދަންނަ މީހެއް ތިފޮޓޯއިންވެސް ނުފެނޭ ، އޯލްޑްއޭޖް ހޯމުން ބަޔަކު ގެނަސްސަ ތާމިތިބީ.
ބިމުދާއްބަ އެއީވެސް އުޅޭއެއްޗަކަށް ވުންވަރަށްގާތް.
އަދިވެސް ތިދައްކަނީ ޔުނިވަރސިޓީން ސުކިލްޑް ލެވެލް ސެޓްފިކެޓްކޯސް ހިންގާވާހަކަ، ބުނާނެ އެއްޗެއްނެތް.
ތެދެއް ދޮގަށް ބަދަލުކުރުމަކީ ފަސޭހަ ކަމެއް... އޮންލައިން ކޮށް ޑިގްރީ ހަދާ ގިނަ މީހުންގެ ފެންވަރު ވަރަށް ސާފްކޮށް ފެންނަށް ފަށަނީ ވަޒީފާއެއް އަދާކުރާ ހަމައިން....
އޮންލައިންކޮން ކްލާސް ނަގާއިރު ގޭގައި ކައްކަން ތިބެނީ ނޫނީ މަސައްކަތުގައި ތިބެނީ
އިދިކީލި ކޮމެންޓަރސްއަށް ދޭން ބޭނުންވާ މެސެޖެއް އެބައޮތް. އެއްޗެއް އުނގެނުމަށްޓަކައި އޮންލައިންކޮށް ކިޔަވާއިރު ފަސްހިއްސު ބޭނުންކުރުމުގެ ފުރުޞަތު ލިބޭމިންވަރު ޔުނިވަރސިޓީއަށް ގޮސްގެން ކިޔެވޭ ކިޔެވެއްޔަށްވުރެ ބޮޑު ވާނެތޯ؟ ކިޔެވުމަކީ ހަމައެކަނި ގޫގްލް ފަދަ ސާރޗް އިންޖިން އެއްގައި ހޯދަން ބޭނުންވާ ޓޮޕިކެއް ލިޔެލައި އެއިން ލިބޭ އެއްޗެއް ކޮޕީކޮށްގެން ނުވަތަ އެހެން މީހެއްގެ ބުރަ މަސައްކަތުން ކޮށްފައިވާ މަސައްކަތެއް ބަދަލުކޮށްލައިގެން ލިޔުމެއް ނޫން. މުޤައްރަރުގައި ކަނޑައެޅިފައިވާ މިންވަރުން ބޮޑުބައެއް ފަހުމްވެ، ޤަބޫލުކުރެވޭފަދަ އިތުރު ތިއަރީއެއް އެއިން ނެރުން. މިކަން ކުރެވޭނީ ޔުނިވަރސިޓީގައި ޤާއިމްކުރެވިފައިހުރި ފެސިލިޓީތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވިގެން. ޔުނިވަރސިޓީތަކުގެ އިސް ބޭފުޅުންނަކީ ތިބޭފުޅުން ދުނިޔޭގެ އަލިކަމަށް ހޭލެވުނު އިރުވެސް އެގޮޑީގައި ތިއްބެވި ބޭފުޅުން. ޢިލްމުއުނގެނުމުގެ ހުރިހާ މަރުހަލާއެއްގެ އުނދަގޫ އަމިއްލަފުޅަށް ތަޖުރިބާކޮށް ތަހައްމަލުކުރައްވާފައި ހަރުދަނާ ބޭފުޅުން..
ރޯނުއެދުރުންނާ ކޮޕީ/ކަޓް ޕޭސްޓްކުރުމުގެ މާހިރުން މިތާފެންނަން ތިބީ. ހަޖަމް ޕްލީސް