ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި، އިދިކޮޅު ފަރާތްތަކުން ހިންގަމުން އަންނަ "އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވަން އެދިވަޑައިގެން އެމްޑީޕީގެ ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް ހިތްވަރު ދެއްވައިފިއެވެ.

ޝިފާޒް އެގޮތަށް ވިދާޅުވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިއްޔެ ހަވީރު މާލޭގައި ބާއްވަން އުޅުނު ޒުވާނުންގެ ސައިކަލު ބުރަށް ފުލުހުން ހުރަސްއަޅައި އެކަން ހުއްޓުވި ޚަބަރާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ފުލުހުން ބުނި ގޮތުގައި އެ ސައިކަލް ބުރު ހުއްޓުވީ މާލޭގައި އަމަން އަމާންކަން ނަގާލައި ހަމަނުޖެހުން ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެންނެވެ. މި ހަރަކާތް ފުރަތަމަ ބާއްވަން ނިންމާފައި އޮތީ ސައިކަލް ބުރެއްގެ ގޮތުގައި ކަމަށްވި ނަމަވެސް ފަހުން އެ ހަރަކާތް ބަދަލުވީ އެއްވުމަކަށެވެ.

އިންޑިއާ އައުޓް ކެމްޕޭނަށް ފުލުހުން ހުރަސް އަޅަނީ - ވަގުތު އިމޭޖްސް؛ އަހްމަދު އަލީ
އިންޑިއާ އައުޓް ކެމްޕޭނަށް ފުލުހުން ހުރަސް އަޅަނީ - ވަގުތު އިމޭޖްސް؛ އަހްމަދު އަލީ

އެއްވުން ހުއްޓުވުމުގެ ގޮތުން ފުލުހުން ވަނީ ޕެޕަ ސްޕްރޭ ވެސް ޖަހައިފައެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެކަމަކު އެ ދެ މީހުން ވެސް ވަނީ ދޫކޮށްލައިފައެވެ.

ޝިފާޒް ކުރެއްވި ޓުވީޓެއްގައި މިރޭ ވިދާޅުވީ އެއްވެސް ގައުމަކާ މެދުގައި ގާއިމުވެފައިވާ ޚާރިޖީ ގުޅުމަކަށް ބުރޫއަރާފަދަ އެއްވެސް ކަމަކަށް ޖާގަދެވިގެން ނުވާނެ ކަމަށެވެ.

އަދި ފުލުހުންގެ ގާނޫނީ ޒިންމާ އަދާ ކުރުމުގައި ސާބިތުވެ ތިބުމަށް ޝިފާޒް އެދިވަޑައިގެންނެވިއެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންވެވަޑައިގަތުމާ އެކު ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާ ދެކޮޅަށް ހިންގާ ހަރަކާތްތައް ވަނީ ފުޅާކޮށްފައެވެ. ޔާމީން ދާދި ފަހުން ވަނީ ކ. ތުލުސްދޫ އާއި ކ. ގުރައިދޫ އަށް ވަޑައިގެން އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އަޑު ވެސް އުފުއްލަވައިފައެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އުޅެނީ ރާއްޖެ ހިފަންތޯ ސުވާލު އުފެދެއެވެ. އެމީހުން ރާއްޖޭގައި ތިބުމަށް ނަފްރަތު ކުރައްވާ ކަމަށާއި ސިފައިން ޖެހޭނީ ފައިބަން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާ އިރު، ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓުގެ އެކި ކަންކަމުގައި އިންޑިއާގެ 75 ސިފައިން ރާއްޖޭގައި އެބަތިބިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ޢަދުރޭ

    އެމްޑީޕީގެ ފިކުރަކީ އެއްވެސް ވަތަނީ ރޫޙެއްނެތް ދެފުއްކެހެރި ފިކުރެއްކަން ދުވަހުން ދުވަހަށް މި ދަނީ ހާމަވަމުން

    127
    2
  2. އާދަމް

    އިންޑިޔާގެ ސިފައިންނަށް މިޤައުމު ދިނުމަށް އެދޭ ކޮންމެ މީހަކީ ޚިޔާނާތްތެރިއެކެވެ.އިސްލާމްދީނުގެ ޢަދުއްވެކެވެ.ދެވަނަ ކަޝްމީރަށް މިފަސްގަނޑު ހެދުމާއި އެއްކޮޅު ކޮންމެ މީހަކީވެސް މިފަސްގަނޑުގެ ޢަދުއްވެކެވެ.

    125
    1
  3. އަސްލަމް

    މިހާރު ހަމަރަނގަޅައްވެސް ގަބޫލުކުރެވޭ މިގައުމުގެ ވެރިންނަކީ އިންޑިޔާކަން ދެން ފަހަތުގަތިބީ އެމީހުންގެ ބޮޓުންކަން ދެންޖެހޭނީ އެންގި ގޮތަކައް ޢަމަލުކުރަންތާ އެހެންނޫނީ ޖެހޭނީ ފައިބަންތާ ދެން ޢައްދާރުން އަތުޖެހިފަ އޮތްދުވަހު ކެވުނުވަރަކައް ކާނެ ފައްޓަރުބައިވެސް ވިއްކާނެ

    55
  4. ރައްްޔިތުމީހާ

    ކޮންހަމަނުޖެމެކޭކިޔާކަށް އެއްވެސް މަޢުލޫމާތެއް ލިބިގެނެއްނޫން ހަމަ ހަޖަމުނުވެގެން އެކަންހުއްޓުވީ މިގައުމުގަ ހަމަނުޖެހުން އުފައްދަނީވެސް އެމްޑީޕީ ކުރިން ހަމަނުޖެހުން އުފައްދާފައިވެސް ވަނީ ހަމަ އެމްޑީޕީ އަދި މީގެ އިތުރުން ކޯޓްތަކާއި، ދައުލަތުގެ މުދަލުގައި ހުޅުޖަހާ ފުލިހުންނަށާއި ސިފައިނަށް އަނިޔާކޮށް ހުތުރުބަހުން ގޮވާހެދީވެސް ހަމަ އެމްޑީޕީ އެހެންވީމާ އިންޑިއާ އައުޓް ގޮވާނަން އެކަމެއް ނުހުއްޓވޭނެ. އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާއައުޓް

    48
  5. މޕ

    މޮޔަނުގޮވާ ޝިފާޒު މިއުޅެނީ ހާޖިރީ ގޮތުން ވަކި ބަޔަކާ ޖައްސާލައިގެނެއް ނޫން، އިންޑިޔާ ސިފައިން މިތަނުން ބާލުވަން، އެހެން ނޫނަސް ތިއުޅެނީ މިތާ ތާއަބަދައް ތިބޭފުޅުން ވެރިކަން ބޭނުން ވެގެން އެއީ އަސްލު ވާގޮތަކީ

    42
  6. މަސްއޫދު

    އިންޑިޔާ އަޓު ހަރަކާތް ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ރައްޔިތުންނަށް ރަގަޅުގޮތް ހޯދައިދޭން މަސައްކަތް ކުރުން މާ ރަގަޅުވާނެ! އަދި ބުނަންތަ އެހަރަކާތް ދެން ނުހުއްޓުވޭނެ!

    39
    3
  7. އަންނި ޝިފާޒުއަށް

    ތިޔަބުނާ ޚާރިޖީ ގުޅުން ބަދަހިކޮށްގެން ތިޔައުޅެނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތްގޮތައްތޯ ؟؟؟؟

    38
    1
  8. އުގުރި

    ސައުދީ ރަސްގެފާނު އަޔަ ނެދޭއް މުޒާހަރާ ކުރިއިރު އޯ. އެހެން ވީމައޭ މިބުނަނީ ކަލޭމެން ތިތިބެނީ ހަމަޔަކު ނޫނޭ.

    44
  9. ޢަބުދުއްރަސީދު

    އިރާދަކުރެއްވިޔާ ނުހުއްޓެވޭނެ ، އިންދިޔާ މިލިޓަރީ ބާލާނަން

    41
    1
  10. ޒުވާނާ

    އެމް ގެ މާނައަކީ މުހައްމަދު ނަޝީދު
    ޑީ ގެ މާނަ އަކީ ޑިމޮކްރެސީ
    ޕީ ގެ މާނައަކީ ޕަޕެޓް

    މިއީ އިނގިރޭސި ވިލާތުން ނުކުތް އިސްލާމްދީނާއި ދެކޮޅުފިކުރުގެ ހުޅަނގުގެ ގްރޫޕްތަކާއި ގާތް ބައިގަނޑެއް، މި ބައިގަނޑު ދިވެހިރައްޔިތުންނަށް ﷲ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ދައްކަވާފި! އިމްތިހާނުވޭ ރައްޔިތުންނޭ! ދެފަހަރަކު އެއްވާހަކައެއް ދެކޮޅުޖެހޭ ޑިމޮކްރެސީއެއްގެ އެންމެ ލަފްޒެއް ކީއްކުރަންއެންމެ ގާނޫނެއްނެއްވެސް ނެތް ހަދާލެވިފައެއް! ވެރިކަމަށް ނާދެވިގެން މައުމޫން ގޮޅާބޮލަށް ހެދި ވަހީދު ކާޅަކަށް ހެދި ޔާމީނު ވަގަކަށްހެދި މީހުންމަރާ މީހަކަށް ހެދި! އެމްޑީޕީ މީހުން ހުދުކާފޫރަށް ވި! މިއަދު ގައުމުގައި މިހިނގާ ހުރިހާ ޖަރީމާއެެއްގެ އަޑީގައި މިބައިމީހުން ތިބެމެ އެކަމަކު މާބޮޑުކަމަކަށްނުވޭ!ދިވެހން ވެއްޖެއެންނު މި ނުބައި މީހުންގެ ކިބައިން ސަލާމަތްވެ ގައުމުރައްކާތެރިކުރން! މިބައިމީހުން ދިވެހިން އެހަދަނީ މޮޔައިންނަށް!ފައިސާއަށްވިކޭ ބަޔަކަށް!އަޅުދާސްތުވަންޖެހޭ ބަޔަކަށް! އެމްޑީޕީއަކީ ފިތުނަފަސާދައިގެ އެއްވަނަ!

    37
  11. ޓެލެކޮމް

    މީގައްދާރުން ގެ ސިފަތަކަކީ....އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ. ގައުމުގަ ހުޅުޖެހިމީހުން، ލާދީނީ އެޖެންޑާ ފަތުރާ މީހުން.....

    36
  12. ލުޓޭރުންގެ ސަރުކާރު

    ވެބްކެމްއަށް ރިކޯޑުކު ރެވިފަނެތީ ކަމަށްވެދާނެ މޑޕ ޙާ ރިޖީ ގުޅުންކަޑުވަން ކު ރި މަސައްކަތް އިދިކޮޅުގަތިބިއި ރު..ސައުދީއާ ޗައިނާއާ..އަދިވެސް ހުއްޓުމެނެތި ޗައިނާއާ ޖެހިގަނެގެން މޑޕ އުޅޭއުޅުން..ޗައިނާ އެމްބަސީދޮށުގަ މިސަ ރުކާ ރު އައިފަހުން އެއްވެ ޗައިނާއަށް ބަވިހަދާންނެތީތަ..ޙާ ރިޖީ ގުޅުން މިސަ ރުކާ ރުގަ އޮތީ އިންޑިޔާއާ އެކަނިވީމަ ވާގޮތްތީ..އަހަ ރެމެން އިންޑިޔާ އައުޓް ނުގޮވާނެގޮތެ ނޯންނާނެ..

    32
  13. އެރރީއަސް

    މި ސަރުކާރުގެ މާ މޮޅު ޚާރިޖީ ސިޔާސަތުގެ ދަށުން ބުދުދީނުގެ ސިފައިންގެ ފައުޖުތަކައް ދައުވަތުދީ ގެނެސް މިހާރު މުޅީރާއްޖޭގަ ވަކިހިއްޕައިގެން އެތިބީ.
    އެމީހުން ނަކީ އެމީހުންގެ ގައުމުގެ މުސްލިމުންނައް އަނިޔާކޮށް މަރާބައެއް
    އެމީހުންނަކީ މުސްލިމުން ﷲގެ މަގުން ދުރުކުރެވޭތޯ ހެސްކިޔާފަ މަސައްކަތް ކުރާބައެއް.
    އެމީހުންނަކީ މުސްލިމުންގެ ގޯތި ގެދޮރުންނެރެ ބިންތައް ފޭރޭބައެއް.

    35
  14. ކާފަބޭ2020

    2023 ކައިރިވާވަރަކަށް އަމިއްލައެދުމުންފުރިގެންވާ މިކަހަލަ ޚިޔާނާތްތެރިންފާޅުވާލެއްގިނަވާނެ! ވަކިޤައުމަކާޖައްސާލައިގެން އުޅޭކަމަށްދައްކަން ކިތަންމެބޭނުންވިއަސް ގޮވަނީއިންޑިއާ މިލިޓަރީމީހުންބާލާށޭ ޤާނޫނުގަވާގޮތަށްޢަމަލުކުރާށޭ! ޤާނޫނާޚިލާފަށްހަދާފަހުރިއެގްރިމެންޓުތައްހާމަކުރާށޭ އެ އެގްރިމެންޓުތަކުގެބައިކުޅަބައިނުދައްކާށޭ! ﷲއަށްބިރުވެތިވެ ކޮށްގެތިބިހުވަޔަށްތެދުވެރިވާށޭ! މަރަށްހާޒިރުވުމުގެކުރިން މަރުވާނެކަން ހަނދާންކުރާށޭ! ގޮވާއެއްޗެއްސާފުވެއްޖެތަ؟

    32
  15. ރަބަރޭ

    ސިފާޒު ކަލޭމެން ދޭބަލަ މަހަށް ކަލޯމެންތީ ރާއްޖެ ބޯއިކޮޓް ކުރަން ގޮވި މީހުންނޭ އަހަރުމެން އަދި ހާދާން އެބަހުރި؛

    30
  16. މަސްއޫދު

    އިންޑިޔާ އައުޓު ހަރަކާތް ހުއްޓުވަން ފުލުހުން މެދުވެރިކުރަނީ ގޮތް ހުސްވެ އެހެންގޮތެއް ނެތީމައިތޯ؟

  17. ޢަހު

    މިކަހަލަ ވެބްކެމް ތިބެގެން މިގައުމު އިސްލާހެއްނުކުރެވޭނެ ޖާހިލު ޕާޓީ ނައްތާލައިގެން މިގައުމަށް ދިރުން ލިބޭނީ

  18. އައްޑޫ މީހާ

    އަހަރެންގެ ހިތައް އަރާ މިމީހުން މިކަހަލަ ބޮޑެތި މަގާމުތަކުގައި ތިބެނީ ތަސައްރަފް ފުދިގެން ބާވައޭ ! ބަލަ އިންޑިއާ މިލިޓަރީ ސިފައިން ދިވެހިރާއްޖޭގައި ތިބޭކަށެއް ނުޖެހޭނެ ، ދިވެހި ސިފައިންގެ 150 ސިފައިންގެ ފައުޖަކާއި އެމީހުން ދުއްވާނެ ރަޖިސްޓްރީ ނުކުރާ ވެހިކަލްތަކާއި ކުޑަ ފްލައިޓްކާއި ދީފަ އިންޑިއާގައި ގަވައިދައި ހިލާފައް ބައިތިއްބަ ބަލަ އަދި އެމީހުން ބޭނުން ގަޑިއެއްގައި ގަވައިދާއި ހިލާފައްް އުދުހެވޭތޯ ؟ އިންޑިއާގައި 24 ގަޑިއިރު ލާހިކައެއްނުން މަޑުކޮށްލާކަށް ދަމާ ކޫެއްތާފަވެސް ގައުމުން ބޭރު އަރުވާނެ އެއީ އެމީހުންގެ މިނިވަންކަމާއި އިސްތިޤްލާލު ރައްކާތެރި ކުރާނެ ، މިމީހުން މިއުޅެނީ ބޭރު ކުލީ ސިފައިން މިގައުމުގައި ބައިތިއްބައިގެން މިގައުމުގެ ފުލުހުންނާއި ސިފައިންނަށް ވަޒީފާގެ ބިރު ދައްކައިގެން މިގައުމުގައި އިންޑިއާ ސިފައިން ގަދަކަން ދައްކަން ބައިތިއްބަން ، ފުލުހުންނާއި ސިފައިންނޭ ތިޔަ ޝިފާޒްމެންގެ ނުބައި އެޖެންޑާއަށް ބޯނުލަނބާތި ގައުމު މާމުހިންމު ތިބޭފުޅުންނަށް މަނީ މަނީ ޔެސްސަރ ގޮވިހަނދާން އަދިވެސް އަހަރުމެން އެބަހުރި ވަރަށް ވިސްނާތި އިންޑިއާ މިލިޓަރީ އައުޓް

  19. އިބްރާހިމް

    އިންޑިއާ ސިފައިން ރާއްޖޭގަެއި ތިބެންޖެހޭ ޖާއިޒް ސަބަބެއް ނެތް. އަވަހަށް ފައިބާ. ރީތިކޮށް ނުފައިބައިފިނަމަ ހަޑިކޮށްވެސް ބާލާނަން އިންޝާﷲ. މި ޤައުމުގައި ހަދާފަހުރި ޤާނޫނުތަކާއި ފުށުއަރާގޮތަށް އެގްރިމެންޓްތަކުގައި ސޮއިކޮށްގެން އުޅެނީ ރާއްޖެއާއި ދުނިޔެއަށް މަސްތުވާތަކެތީގެ ވަގު ވިޔަފާރިކޮށް މަނީލޯންޑަރިން ކުޅިކުޅެން. އަވަހަށް ފައިބާ.

  20. ސަމާސާ

    ސައިކަލްބުރު އެކަނި ޖެހިނަމަ ނޫސްތަކުން ތިހަބަރު އަދި އިންޑިއާ ސިފައިންގެ ހަބަރު މާބޮޑަކަށް ނޭގުނީސް.
    ޕެޕާރ ސްޕްރޭ ޖަހައި މީހުން ބަންދުކޮށްހެދީ ސަރުކާރުންވެސް މިކަމުގެ ހުރިވަރު ދުނިޔެއަށް އަންގަން

  21. Anonymous

    ލާދީނީ އެމްޑީޕީ އޮތީ މިގައުމު އިންޑިޔާއައް ވިއްކާފަ

  22. ބާރަށު ކަމަނާ

    ހޭބަލިތަކާ ޚާރިޖީގުޅުން ކަނޑަން ކާކުތަ އުޅެނީ..އިންޑިޔާގަ ދިވެހި ބޮޑު އަސްކަރިއްޔާއެއް ބާޢްވާން ކަލޭމެން އުލެބަލަ އެގައުމުގެ ރައްޔިތުން ކިޔާއެއްޗެއް ްަޅެ ޓެސްޓް ކޮށްލަން...އެދުން ބޮޑަސް ތީދެން ބޮޑުވަރު

  23. ގައްދާރު

    އިންޑިޔާގެ ސިފައިން މިފަސްގަނޑުން ބޭރުކުރާއިރައް އިންޑިޔާއައުޓްނިމޭނެ. އެއިރުން އެއްވެސް ހަމަނުޖެހުމެއްނުހިގާނެ. ކަލޭމެންގެ ޖީބުތައް ފިރާލަންއޮތް ކަލޭމެންގެ އެކަނި މުދާގަޑެއްނޫންމިއީ. ހިތިރަހަ ވ ގަދަވާނެ އިންށާﷲ.

  24. އައުޓް

    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    3
    1
  25. ޒާ

    ގައުމުގެ މިނިވަން ކަމާއި އިސްތިޤްލާލަށް ބުރޫ އަރާފަދަ ގޮތަކަށް ވާހަކަ ދައްކައި ގައުމަށް ވުރެން އަމިއްލަ އެދުން ބޮޑުވާނީ ޚާއިނުން.

  26. ޝިފާޒް

    މިދޭތެރެއިން ވިޔާނުދާ ކަމެއްކޮށްގެން އުޅުނު. އެކަން ނިމުނީތޯ

  27. ބަދަވި

    ވެބްކެމް އައުޓް

  28. ވިސްނާލަމާ

    އިންޑިޔާ އައުޓު ކުރާނީ ދިވެހީން... އިންޑިޔާ މީހުންލައްވައެއްނޫން... ދިވެހީންނަށް އެނގޭނެ އިންޑިޔާ އައުޓު ކުރާން.

  29. Anonymous

    ވަރައް ފީކަޅާ ބައެއް އެމްޑީޕީ ހިސޯރު ކޮއްގެން މިއުޅެނީ.

  30. މުހައްމަދު

    އަމިއްލަ އުނުނިވާނުކުރެވި ވާހަކަ ދެއްކުން ކަމަކުނުދޭ! ޖަލުގެ ބޮޑެތި ކުއްވެރިން މިނިވަން ކުރުމަށްޓަކައި ރައީސް އޮފީސްތެރެއިން ހިނގާ ބޮޑު "ޖަރީމާގެ" މޭސްތިރިއަކަށްވެހުރެ ލައްކައިން ޖީބަށް ބަރުކުރަމުން ދިޔުން 2023 އިންތިހާބުގައި ﷲ އިރާދަކުރެއްވިއްޔާ ރީއްޗަށް ދަށްކުވައިދޭނަން.