ސިވިލް ކޯޓުގެ ފަނޑިޔާރު އާދަމް އިބްރާހީމް އިސްމާއީލްގެ ސުލޫކީ މައްސަލައެއް ޖޫޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ތަހުގީގު ކުރަން ފަށައިފިއެވެ.

ޖޭއެސްސީން މިއަދު ވިދާޅުވީ،ފަނޑިޔާރު އާދަމް އިބްރާހީމް އިސްމާއީލްގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރަން ފެއްޓެވީ ފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަކޮށްފައިވާކަމަށް ފާހަގަކުރެވިފައިވާތީ ކަމަށެެވެ.

އެހެންކަމުން އެ ފަނޑިޔާރުގެ ފަރުވާ ކުޑަ މައްސަލަ ސުލޫކީ މައްސަލައެއް ގޮތުގައި ތަހްގީގު ކުރުމަށް މިދިޔަ ހަފްތާގައި ބޭއްވި އެ ކޮމިޝަނުގެ މިއަހަރުގެ 97 ވަނަ ޖަލްސާގައި ވަނީ ނިންމާފައެވެ.

އަދި މި މައްސަލަ ތަހްގީގް ކުރުމަށް ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.

ޖޭއެސްސީން މިހާރުވެސް ދަނީ ގިނަ އަދަދެއްގެ ފަނޑިޔާރުންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަމުންނެވެ. އަދި ބައެއް ފަނޑިޔާރުން މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށްވެސް ޖޭއެސްސީން ހުށަހަޅައި، އެ ފަނޑިޔާރުން މަގާމުންވެސް ވަކިވެސްކޮށްފައި ވެއެވެ.