ވަޅޯމަސްތަކެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާގެ ބަންދާ މެދުގައި ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެމީހާގެ ބަންދަށް ވަނީ 10 ދުވަސް ދީފައެވެ. އެމީހާގެ ބަންދުގެ މުއްދަތު އިތުރު ކުރީ ދޫކޮށްލައިފި ނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ފެންނާތީއެވެ.

އެ ފިރިހެން މީހާ ހައްޔަރު ކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ވަޅޯ މަސް މާރުކޭޓު ތެރެއިންނެވެ.

ފުލުހުން ބުނީ ވަޅޯމަސްތައް ވަގަށް ނުނަގާ ކަމަށް އެމީހާ ބުނި ކަމުގައި ވިޔަސް، އެތަކެއްޗަކީ ވިއްކަން އޭނާގެ އަތުގައި ހުރި އެއްޗެހިކަމަށާއި، އެ ތަކެތި ވިއްކަން އޭނާގެ އަތަށް ދީފައިވަނީ އެހެން މީހަކު ކަމަށެވެ.

މި މީހާއަކީ ކުށުގެ ރިކޯޑު އޮތް މީހެއް ކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

މި މީހާ ބަންދުގައި ބެހެއްޓީ އޭނާ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެއްކަކާއި ގަރީނާއެއް ލިބިފައިވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުވަދޫ އަލިބެއްޔާ

    ތިމީހުންގެ ދުވަސް ތި ދިޔައީ.. ދިވެހި ދައުލަތުން ކަނޑައަޅާފައިވާ 1 ވަނަ ދަރަޖައިގެ ކުށެއް ތި ކުރީ.. ވަގުރުކު އެޅުމާއި، ރިހާކުރު ފުޅި ވަގަށް ނެގުމާއި، ވެލާމަސް ކެއުން.. މީ ބޮޑެތި ބޮޑެތި ނުރައްކާތެރި ކުށްތައް..