އެންޓި ކޮރަޕްޝަން ކޮމިޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުން ވަކި ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގައި އެ ކޮމިޝަނުގެ މެމްބަރުން ޖަވާބުދާރީވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެމްބަރުން "ވަގުތަށް" މިއަދު ވިދާޅުވީ އޭސީސީގެ މެމްބަރުން ޖަވާބުދާރީވެވަޑައިގެންފައި ވަނީ ލިޔުމުން ކަމަށެވެ. ކޮމިޝަންގައި މިހާރު ތިއްބެވި މެމްބަރުން ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމުން މިއަދު ކޮމިޓީ ބައްދަލުވުމެއް ވަނީ ބާއްވަން ނިންމައިފައެވެ.
އެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:30 ގައެވެ.
އޭސީސީގައި މިވަގުތު ތިއްބެވީ އެ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތިމަތު އަނޫލާ އާއި މެމްބަރު އައިޝަތު އަބްދުﷲ އެވެ. އެ ތިން ބޭފުޅުން ވެސް ޖަވާބުދާރީވެވަޑައިގަތީ ވަކިވަކިންނެވެ.
އޭސީސީގެ މެމްބަރުން މަގާމުން ވަކި ކުރުމުގެ މަސައްކަތް ފެށީ އެ ކޮމިޝަނުގެ އޮޑިޓެއް ހެދުމަށްފަހު، އެ މެމްބަރުން އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެއެވެ.
މި މަސައްކަތް މަޖިލީހުގައި ފަށާފައިވަނިކޮށް، އޭސީސީގެ ފަސް މެންބަރުންގެ ތެރެއިން ދެ މެންބަރަކު ވަނީ އިސްތިއުފާ ދެއްވައިފައެވެ. އެއީ އިބްރާހީމް ޝަކީލް އަދި އަލީ އަޝްރަފްއެވެ.
މިއީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ދީގެން މި ސަރުކާރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އައްޔަން ކުރެއްވި މެންބަރުންނެވެ.
ނަމަވެސް އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ އާއި، މި ސަރުކާރުގައި ހިންގި ވެންޓިލޭޓަރު ޚިޔާނާތް ފަދަ ބޮޑެތި މައްސަލަ ނިންމުން ލަސްވެގެން އެ މެންބަރުންނަށް މަޖިލީހުގެ މެންބަރުން ފާޑުވިދާޅުވަމުން ގެންދަވާތާ ދުވަސްތަކެއް ވެއްޖެއެވެ.
އޮޑިޓް އޮފީހުން އާންމު ކުރި އޭސީސީގެ މަސައްކަތުގެ އޮޑިޓް ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ މައްސަލަތައް ދިގުލައިގެން ދިޔުމުގެ މައްސަލައެވެ.
އެމަންޖެ އޭނީ ވަރަށް ރުޅިއަރުވާލާފަ ދޯ ؟
ކޮން ރުޅިއެއް އަންނާކަށް....އިސްތިއުފާ ދޭން އުޅޭ
ތަހުގީގު ކުރުމަކީ ވަކިހުނަރެއް.ތަހުގީގު ނުދަންނަ ބަޔަކު ތަހުގިގި އިދާރައަކަށް ލެއްވިމަ ވާނީ ކިހިނެތް. ޑިގްރީއަ މާސޓަރސްއާޕިއެޗްޑީ އޮތަސް ތަހުގީގު ކުރަންނޭގިދާނެ. ތަހުގީގީ ހުނަރާ ތަޖްރިބާނެތި ތަހުގިގި އިދާރާއަކަށް ބަޔަކު ލެއްވީމަ ވާނެގޮތަ ތިޔަވީ. ވިސްނުމުގަ ހުރީ އެކްޓިވިސްޓުންނަށް ވަޒިފާދިނުން. ތަހުިގީގީ އިދަރައެއް ހިނަގުމެއްނޫން. ވީމަ ވާނެގޮތަ ތިޔަވީ.
މަ ހީކުރީ ވަރަށް ގަޓު ހުރި ބައެއްކަމަށް.. އެކަމު އެއްވެސް ކަމެއްނެތް ޖަމަލު ފޮޑިތަކެއްކަން ޔަގީންވެއްޖެ..