މިއަދު ރާއްޖެއިން އިތުރު 242 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން 97 މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 78 މީހުން ރިސޯޓްތަކުން 66 މީހުން އަދި ސަފާރީއަކުން އެކަކު މިއަދު ފައްސިވިއެވެ.

މިއަދަކީ ޖޫން މަހުގެ 15 ވަނަ ދުވަހަށް ފަހު މާލެ އިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު ރާއްެޖެ އިން ކޮވިޑަށް ޓެސްޓް ކުރީ 3740 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %6.74 މީހުން ކޮވިޑަށް ފައްސިވިއެވެ. މިއަދަކީ ޖޫން މަހުގެ 19 ވަނަ ދުވަހަށް ފަހު ރާއްޖެ އިން ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ނިސްބަތުން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު ރާއްޖޭގެ ކޮވިޑް ބަލި މީހުންގެ އަދަދު ވަނީ 2609 އަށް އަރާފައެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެފައި މިވަނީ އޮމިކްރޮން ވޭރިއަންޓްގެ ބިރު މުޅި ދުނިޔެ އަށް ވެސް ބޮޑުވެ ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ގިނަ ގައުމުތަކުން ވަރަށް ބޮޑަށް އިތުރުވެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަޙްމަދް

    ފައްސިވީތާ؟ފައްސިކުރީތާ؟ ނުވަތަ ކުރަނީތަ؟

    7
    1
  2. އަހައްމަދޫ

    ފައްސި ކުރަނީ ކުރަނީ . މީބޮޑު ސްކޭމްއެއް

    3
    1
  3. ފިޔަވަޅު

    ރެކޯޑް އަދަދޭ ކިޔާނެކަމެއްނެއް.
    2 ދުވަސް ވެއްޖެ ނޫންތޯ ތިޔަބުނާ ސުންކެއް ނުނަގަނީ .
    މި ނޫސްވެރިންވެސް އެބަޖެހޭ މިއަށްވުރެ ރަނގަޅަށް މިކަންވެސް ކުރަން .

  4. އާން

    އާ އަހަރު ފާހަގަ ކުރިއިރު ކޮބާ ސުންކު؟؟ ޕްރެޝާ ވަންނާ އެވާހަކަ ވެސް ބުނެލާ އެޗް ޕީ އޭ. ސުވާލު އުފެދޭ ގާބިލް ކަމާމެދު.

  5. ކޮވިޑް އިސް އަ ގޭމް

    ހާދަ މަދޭ އަދި ތަންކޮޅެއް ގިނަ ކޮށްބެލަ.. ލަވް އޮމިކްރޯން

  6. ފިޔަވަޅު

    މި ކޮވިޑްވެސް މީ މުއްސަދިން އިތުރަށް މުއްސަނދިކޮށް ފަޤީރުން އިތުރަށް ފަޤީރު ކުރާ އެއްޗަކަށް ވެއްޖެ.