މާތްވެގެންވާ އިސްލާމްދީން ހިމާޔަތްކުރުމަށްޓަކައި ޖަމިއްޔަތު ސަލަފުން ކުރައްވަމުން ގެންދަވާ މަސައްކަތް ހުއްޓުވާލަން މިސަރުކާރުން ތަފާތު އެކި ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާ ކަމަށް އެޖަމިއްޔާގެ ރައީސް ޝައިޚު އަބްދުﷲ މުހައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދިވެހިންގެ އަގީދާއާއި މެދުގައި ސުވާލު އުފައްދާނަމަ އެފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވި ކަމަށް "ވަގުތު"ގައި އޮތް ޚަބަރެއް ހިއްސާ ކުރައްވާ މިއަދު ކުރެއްވި ޓުވީޓެއްގައި ޝައިހް އަބްދުﷲ ވިދާޅުވީ ޖަމިއްޔަތުއް ސަލަފަށް މިސަރުކާރަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅުއްވަމުން ގެންދަވާ ކަމަށާއި 2019 ވަނަ އަހަރުގެ ތެރޭގައި އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްވެސް ކޮށްފައިވާ ކަމަށެވެ.

ހޯމް ސްޓޭ ވިޔަފާރި ތައާރަފް ކުރުމަކީ ރާއްޖޭގެ އިސްލާމީ އިޖްތިމާއި ޝަހްސު ފުނޑުފުނޑު ވެގެން ހިނގައިދާނެ ކަމެއް ކަމަށް ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ހިމެނޭ ޖަމިއްޔަތުލް ސަލަފުން ހާމަ ކުރުމާ ގުޅިގެން ބޮންޑޭ ވަނީ އެ ޖަމިއްޔާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ބޭރު ގައުމުތަކުގައި އެހެން ދީންތަކުގެ މީހުންނާއި އެއްވެސް ދީނެއް ގަބޫލު ނުކުރާ މީހުންނާއި އަދިވެސް އެކި ކަހަލަ މީހުންނާއެކު ދިވެހިން އުޅެމުން ދިޔަ ނަމަވެސް ދިވެހިން ގަބޫލު ކުރާ ކުރުންތަކަށް ބަދަލު ނާންނަ ކަމަށް ވިދާޅުވެ، އަގީދާއާއި މެދު ސުވާލު އުފެއްދުން ހުއްޓާލުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.

އެވާހަކަތަކަށް ރައްދުދެއްވާ ސަލަފް ޖަމިއްޔާގެ ރައީސް ކުރެއްވި ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ މި ސަރުކާރުން ތަފާތު އެކި ފިއްތުންތައް އެ ޖަމިއްޔާއަށް ކުރިމަތި ކުރުވި ކަމަށާއި ޖަމިއްޔާތައް ބާރުވެރިކުރުވަން އައި ސަރުކާރުން އެ ޖަމިއްޔާއަށް ތަފާތު އެކި ބިރުތައް ދެއްކި ކަމަށެވެ.

ﷲގެ ދީން ޙިމާޔަތް ކުރުމަށްޓަކައި ބަޔަކު އަބަދުވެސް އެކަލާނގެ ލައްވާނެ ކަމަށާއި ބަޔަކަށް ފަހު ބައެއް އުފައްދަވާނެކަން ހާމަ ކުރައްވާ ޝައިހް އަބްދުﷲ އިތުރަށް ވިދާޅުވީ ބިރުދައްކައިގެން ޖަމްޢިއްޔާގެ އިޞްލާޙީ މަސައްކަތް ހުއްޓުވާލުމަށް ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ﷲގެ ދީނަށް ނަސްރުދޭން ތިބި ބައެއް ނަމަ އެބަޔަކަށް މާތްﷲ ނަސްރުދެއްވާނެ ކަމަށްވެސް އޭނާގެ ޓުވީޓުގައި ވިދާޅުވިއެވެ.

އެމްޑީޕީގެ އިސް ސަފުގައި ތިއްބަވާ ގިނަ ފަރާތްތަކުން އަންނަނީ ޖަމިއްޔަތު ސަލަފަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި އެ ޖަމިއްޔާއަކީ ދީނީ ހަރުކަށި ފިކުރަށް ތާއީދު ކުރާ ބަޔަކު އުޅޭ ޖަމިއްޔާއެއް ކަމަށް ތުހުމަތުކޮށް އެ ޖަމިއްޔާ އުވާލުމަށް ވެސް އެ ފަރާތްތަކުން ތަކުރާރުކޮށް ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ދޮންބެ

    މި ސަރުކާރު ފެށުނީއްސުރެން ބޭރުބަޔަކާ ބައިވެރިވެގެން ހަރުކައްޓޭކިޔައި ބަންދުކޮށް އަނިޔާ ދެމުން ގެންދަނީ މަޑުކަށި (ލާދީނީ ) މީހުނަކަށްނޫން އިސްލާމް ދީނާ ޤައުމުގެ ދިފާޢުގައި ވާހަކަދައްކާ ބަޔަކަށް

    17
    3
  2. ކޮވިޑް

    ސަރުކާރަށް ފިޔަވަޅު ތަކެއް އެޅިދާނެ. އިންޝާﷲ ﷲގެ ވާގިފުޅާއެކު ކިތައްމެވަރެއް ކުރިޔަސް އިސްލާމް ދީން ހިމާޔަތް ކުރަން ކުރާ މަސައްކަތެއް ނުހުއްޓުވޭނެ އެ އަޑުތަކެއް ނުހުއްޓުވޭނެ. އަމީން ރެވެނިއުގަ ކިތައްމެ ސިއްތުން އިންޑިއާ އިން ފައްޅި ހަދާފަ ހުއްޓަސް ކިތައްމެ މަޖުބޫރު ކުރުވިޔަސް ދިވެހިން އިންޑިއާ އައުޓް ވެސް ގޮވާނެ. މާތްﷲ ގެ ދީން އެކަލާންގެ ހިމާޔަތް ކޮށްދެއްވާނެ އިންޝާﷲ. # އިނޑިއާ އައުޓް #

    14
    3
  3. މަގޭޚިޔާލު

    ހޯމްސްޓޭ ފަތުރުވެރިކަމާމެދު ދެކޮޅަށްވެސް ވިސްނާލެވިދާނެ. ރަނގަޅަށް ނިވާވާވަރުގެ ހެދުމެއްގައި ނޫނީ ރާއްޖޭގައި މީހުން އުޅޭ ރަށްރަށަށް ފަތުރުވެރިން ނުދިއުމަށް ޤަވާޢިދު ހަދައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެންމެންވެސް މިކަން ފަތުރުވެރިންނަށް އަންގައި ހޭލުންތެރި ކުރުވާނަމަ ފަތުރުވެރިންވެސް އެގޮތަށް ތަބާވާނެކަމަށް ފެނެއެވެ. ދެން އޮތްގޮތަކީ ފަތުރުވެރިންގެ ސަބަބުން ދިވެހިންގެ އިސްލާމީ ދިރިއުޅުން ހަލާކުވެގެން ހިނގައިދާނެ ވަރަށް ދިވެހިންގެ ދީނީ ޢަޤީދާ ހަމަ ބަލިކަށީ ހެއްޔެވެ.؟ މީގެ އަނެއްކޮޅަށް ވިސްނާލާއިރު ދިވެހިންނަކީ ޙަޤީޤީ މާނާގައި މުސްލިމުންކަން އެބައިމީހުންގެ ބަހާއި އަމަލުން ދައްކައިދީފިނަމަ ހޯމްސްޓޭއަށް އަންނަ ފަތުރުވެރިންނަށް ދިވެހިންގެ ކިބައިން އިސްލާމީ ރިވެހި ދިރިއުޅުން ފެނުމުން ފަތުރުވެރިންގެ ކިބައިން އިސްލާމްދީނަށް ނަޞްރެއް ލިބުމުގެ ފުރުޞަތު އޮވެދާނެކަމަށް ގަބޫލުކުރާކަށް ނުވާނެހެއްޔެވެ؟

    7
    3
  4. އަހުމަދު

    ލާދީނީ ސަރުކާރު އައުޓް

    13
    3
  5. ރަބަރޭ

    ކަލޭމެން ތީ ދީން ހިމާޔަތް ކުރުމަށް ފޮނުއްވާފައި ތިބި ބައެއްތަ ކަލޭމެން ތިޔަބުނަނީ ދިވެހިންނަކީ އަގީދާ ބަލިކަށި ބައެކޭތަ ތިޔަބުނަނީ ނުވާނެ އެހެންނެ ކަލޭމެން ދުވަހަކު ނެތަސް ﷲ ﷲ ގެ ދީން ގިޔާމަތް ޖެހެންދެން ހިމާޔަތް ކުރާނެ

    5
    12
  6. ޙަަަހަ

    މަގެދީނާ މަގެ ޤައުމާ ނުކުޅެއްޗޭ ، ހޯމް ސްޓޭ ތައާރަފްކޮށްގެން ދީނަށް ގެއްލުން ނުވާނޭ ބުނާއިރު ، މާފުށީގައި ޓްއަރިޒަމް ހިންގާގެން ވަމުންދާ ފެންނާނީ އެތަނަށް ދިޔާމަ ، މަޤުތަކުގައިވެސް ދުވާލު އެއުޅެނީ ރާފުޅިތައް ހިފާގެން

    11
    3
  7. ޙައްޕު

    މިވެރިން އުޅެނީ ފިތުނަ އުފައްދަން.ދިވެހިންނަކީ މުސްލިމުން.ތުއުޅެނީ އަނެއްކާ ސަރުކާރާ ބަދަލުކުރަން ސުޓަންޓެއް ޖައްސަން.

    4
    11
  8. ފެންދިންއަލީ

    ސަލަފަކީ ދީން ހިމާޔަތްކުރަންށޭ ކިޔައިގެން ޔާމީނުގެ ވައްކަން ހިމާޔަތްކޮށް އޭނައަށް ކެމްޕޭންކޮށްދޭ ޖަމިއްޔާއެއް ސަލަފް އެކްޓިވޭޓްވަނީ ޔާމީނުގެ އަމުރުތަކަށް ތިޔަދީންވެރިން ކުރާހާވެސް ކަމަކީ ދިވެހިންގެ މެދުގައި ފިތުނަ ފަސާދައާއި ބައިބައިވުން އެފެއްދުން ކަލޭމެން ތިއްބަސް ނުތިއްބަސް މިގައުމުގަ އިސްލާމްދީން ދެމިއޮންނާނެ މާތްﷲ ވަނީ އެކަން އަންގަވައިފަ

    7
    14
  9. ބެރެބެދި މާ

    ނަޝީދާއި މެދު ފިޔަވަޅު އަޅުވައް ގެންގުޅުއްވާ ވިސްނުން ދޫކޮށްލާ ޝެއިޚު އިލްޔާސް ވަރަށް ކޯފާވާނެއެވެ. ހިމޭންކަންމަތީ ބަލަން ތިބޭ އިލްޔާސާއި އިޔާޒާއި މިކަހަލަ ބައިކުޅަބައި އިލްމުވެރިން ނަށް އެހެން ހުރިހާ އިލްމުވެރިން ދޫދޭންވާނެއެވެ. ބިރުން ފިތިފައި ތިބޭ.

    4
    4
  10. ޔަގީންކަމެއް

    ދީން ހިމާތްކުރުމުގެ މަސައްކަތް ހުއްޓުވާލަން, ސަރުކާރުން އުޅޭކަމުގެ ތުހުމަތަކީ ޔަގީންކަމެއް. އެއީ ހަމައެކަނި ތުހުމަތެއް ނޫން. ލާދީނީ މީހުން މަތީ މަގާމުތަކުގައިތިބިހާ ހިނދަކު މިސްކިތްތަށް ނަޖިސްކުރުންކަހަލަ ކަންތައްވެސް ފެންނާނެ. ލާދީ ނޫން ތައުލީމެއް ބަޔަކު އުނގެނޭނަަމަ، އެ އިސްކޫލެއް ބޮލަށްވެއްޓި މަގުމަތިވާނެ. ހަމަ ހުރިހާކަމެއް އިއްތިފާގެއްބާ؟ މޑނ ކޮބާ؟ ކީއްވެ އެމީހުންނަށް ނުފިއްތަނީ؟

    10
    3
  11. އަބުދުﷲ

    ދިވެހި ދައުލަތުން ދީނުގެ ނަމުގަ ދައްކަނީ ހުސް ވާހަކަ ކަން ތިޔަބޭފުޅުން ނަށް ރަނގަޅައް އެނގިވަޑައިގަންނަވާނެ . ސުވާލަކީ ؟؟؟؟؟؟ ރިސޯޓުތަކާ ރާ ރިބާގެ އާމްދަނީން ތިޔަބޭފުޅުންނައް މުސާރަރަ ދޭއިރރ ރު އެހުއްދަ ކަމުގަ ފަތުވާ ދީދީ ތިބެފަ މިހާރުރ ތިކަން ބޮޑުކަމަކައް ހަދަން އުޅުނަސް.........

    4
    3
  12. ކަހެރުވައް

    މާތްވެގެންވާ ދީނެއް ދޫކޮށްލާނީ ކާކުތަ؟ މިއީ މޮޔަވެފައިތިބި ބައެއްތަ؟

    4
    8
    • ލޮލް

      ބޮޑެތި ފާފަތަކަށް އަރައިގަންނަމުން ދުވާ ބަޔަކު މާތްވެގެންވާ ދީން ދޫކޮށްލާކަށްވެސް ފަހަކަށް ނުޖެހޭނެ. އަހުލުއްސުންނާ ވަލްޖަމާއަތުގެ އަގީދާއަކީ، އީމާންކަމަކީ މަތިވެ ދަށްވާ އެއްޗެއްކަން ގަބޫލުކުރުން. ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީ ކުރައްވާފައިވަނީ، ތިޔަބައިމީހުން ނުދަންނަ ކަމުގައިވާނަމަ، ޢިލްމުގެ އަހުލުވެރިންނާ ސުވާލުކުރުމަށެވެ.

      9
      1
  13. މީކާއީލް

    ދީނާއި ތަރައްގީ ނުގުޅުވާ. ދީނަކުން ފައިސާ ނުލިބޭނެ. ފައިސާ ހޯދުމަށް އެންމެންވެސް ބެނުންވަނީ. މަޖިލިސް މެމަބްރުކަމަށް އައުމަށް ވިއްކާލި މެނިފެސްޓޯގައިވާނީވެސް ތަަރައްގީގެ ވާހަކަ. ދީން ނުވިއްކާ. މިރާއްޖެއަށް ބޭނުމީ ފައިސާ. ދިވެހިންނަށް މުހިއްމީ ޖީބަށް ޑޮލަރު.

    4
    8
    • Anonymous

      ތިޔައީ ނަރަކަވެރިންނާއި ސުވަރުގެވެރިން ވަކިކޮށްދޭ މިންގަނޑު. ދީން ދޫކޮށްލާފައި ފައިސާ ހޯދަން އުޅޭނީ ނަރަކަވެރިން. ފައިސާ ދޫކޮށްލާފައި ދީނުގައި އަންގަވާފައިވާ ގޮތަށް އުޅޭނީ ސުވަރުގެވެރިން.

  14. ޙަސަނުލް

    މި ސަރުކާރކީ ފައްކާ ލާދީނީ ސަރުކާރެއް ވަގޭ އަނެކެއްޗެކޭ ކިޔާފަ މި ސަރުކާރު ހޮވަން ވޯޓު ދިން އެންމެނަކީ އަހަރެންގެ ދުޝްމަނުން

    7
    4
  15. ނަރުދޫ ހަސަނު

    ސަލަފުން އުޅެނީ ދީން ޙިމާޔަތް ކުރާކަަށެއްނޫން. ޢަލީ ރަމީޒު 2023 ގަ ރައީސް ކަމަށް ގެންނަން މަސައްކަތް ކުރުމުގެ ގޮތުން ބޮޑު ސިޔާސި ސްޓަންޓެއް ޖައްސަން ދީން ކުރިމައްޗަށް ނެރެނީ. ދިވެހިން އިސްލާމްދީނަށް ދެރަގޮތެއްވާކަށް ނުރުހޭނެ. ނުވެސް ރުހެވޭނެ. ބަލަކަށެއްވެސް ނުތިބޭނަން، އެހެންވީމާ އިސްލާމްދީނޭ ސަރުކާރޭ ފުރައްސާރަޔޭ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ނަމަވެސްޢާންމުންގެ އެޓެންޝަން ޢަލީރަމީޒަށް ހޯދުން ކާމިޔަބު ކުރަން އެއުޅެނީ. ނުވާނެ ތިކަމެއް.....

    7
    12
    • ލޮލް

      މޮޔަޔާ އަލީ ރަމީޒު ނޫޅޭ ހޭދެބައިވެގެން ގައުމުގެ ރައީސްކަން ނުލިބިގެނެއް. މިޒަމާނުގައި ބުއްދިވެރިޔަކު ޖާހިލުންގިނަ ގައުމެއްގެ ރައީސްކަމަށް ކުރިމައްޗެއްނުލާނެ. އަނެއްކާ އަލީ ރަމީޒަށް އެނގޭނެ ވެރިކަމުގެ ޒިންމާތަކާ ތަކުލީފުތަކަކީ ކިހާ ބޮޑު މަސްއޫލިއްޔަތެއްކަން.

      11
      5
      • ހަންބޮނޑި

        ޖާހިލުން މިކިޔަނީ އިލްމެއްނެތް ހިޔަންޏަން މުޑިނަގައިގެން އުޅޭ މަވަރެއް ނެތިގެން އުޅޭ މީހުންނަށް މިވައްތަރު އެންމެ ގިނަވާނީ ތި އައްޔަގެ ބައިގަނޑުގަ އިލްމްވެރިންނޯ ހެހެހެ ތިބައިގަނޑަށް ލިބިފަ ތިހުރި އިލްމުން ގައުމަށް ކުރި ފައިދާއެއް ދައްކަބަލަ ސީދާ ފަނާކުރާ ފިކުރު އެފަތުރަނީ އެފިކުރުގެ މެޖޯރިޓީ މިދުނިއޭގަ އޮތީ އަފްގާންގަ ފެންނަން ހުރި ހަގީގަތުން އޮތް ހާލަތު ދެކެބަލަ

        1
        1
        • ލޮލް

          އެފިކުރަށް ތަބާވާ ބަޔަކަށް ބޯކޮށް ޑޮލަރު ނުލިބިދާނެ، އެކަމަކު ދާއިމީ ފަލާޙާއި ކާމިޔާބު ލިބޭނެ. އެއީ ސުވަރުގެ. އެހެންވީމާ ޖާހިލުންނަކީ ޑޮލަރުކޮޅަކަށް އާޚިރަތް ވިއްކާލައިގެން އުޅޭމީހުންނެއްނު.

          2
          1
  16. ޢިޔާބު

    ޝައްކެތް ނެތް މިންވަރަށް ޔަގީންވާ ކަމެއް. މޑޕ އަކީ ދީނުގެ އަދުއްވެއް

    12
    5
  17. ހ. ހުސައިން

    ދީނަކީ ވަކިބައެއްގެ މިލްކެއްކަމުގައި މާކެޓުކުރުން ހުއްޓާލަންޖެހޭ. ދީނުގެ ހުކުމްތަށް ސާފުސީދާބަހުން މީހުންގެ ހިތްތަކުގައި ނަފުރަތު ނުއުފެދޭނޭގޮތަށް ބުނެދޭންޖެހޭ. ދީނީ އިލްމުވެރިން 24 ގަޑިއިރު 4 ތަނުން ކެކޭއުނދުނެއްހެން ފެނުނީމާ ކަމަކުނުދާނެ.

    5
    9
  18. ދިވެހި ރައްޔިތުން

    ތިޔައީ ވަރަށް ނުރައްކާތެރި މެސެޖްތައް ރައްޔިތުންނަށް ދެމުންދާ ބައެއް. ތާކިހަލުގައި ނުބައި ނަތީޖާއަކަށް މި އިސްލާމީ ދައުލަތުން ޖާގަ ހޯދާ ބަޔަކަށް ވުންވެސް އެކަށީގެންވޭ. ވީމާ ހުރިހާދިވެންވެސް ވަށައިގެން 6 ފަރާތް އަމިއްލަ ބުއްދިންވިސްނައި އިސްލާމްދީނަތް މަތީ ތިބުމުގެ އުފާ ލިބިގަތުން. ކޮންމެ ދިވެއްސަކަށްވެސް ހަގީގީ އިސްލާމްދީން ަ

    2
    7
  19. ބަޑަންޑޫ

    ދީނީ ޝޭހުން ދޭންވީ ދީނީ ނަސޭހަތް ކަންކަމާ މީހުންނާ ޒުވާބުކޮށް މީހުން ކާފަރުކޮށް މީހުން ނަރަކަށް ފޮނުވާންވީކީނޫން މާބޮޑަށް ސިޔާސީވެ ސިޔާސީބކަންކަމުގެ ތެރެއަށް ޝޭހުންވަނީމަ ކަމަކުނުދޭ

    5
    8
  20. ހާޖީ

    މިމާލޭގަ ދީނުގެ ނަމުގަ ބޮންގޮއްވާ އަދި މީސްމީހުން ބޯކަނޑަމުންދާއިރު މިޖަމްއިއްޔާއިން އެއްވެސް އެއްޗެއް އެކަމާ ނުބުނެތިބޭ ތިބުމަކީ މިވެރިންނަކީ އެކަމަށް ހިއްވަރުދޭ ބައެއްކަން ސާފުކޮށް އަންގައިދޭ ހެއްކެއް ޖަމިއްޔާ ގަނޑެއް ހަދައިގެން ކަލޭމެން ތިޖަހާ ސަކަރާތެއް އަހަރެމެން ބަލައެއް ނުގަންނަން ކާންބޯށާ ތިންހަތަރުބއަނބިން ހޯދަން ތިނޫން ކޮންމެސް ސަކަރާތެއް ޖެހުން ރަނގަޅުވާނެ

    7
    8
  21. ދިވެހި ރައްޔިތުން

    ކޮންމެ ދިވެއްސަކަށްވެސް ހަގީގީ އިސްލާމްދީން ޢގޭނެ. އެކާޑު އެއްބަޔަކު ކުޅޭކަށްވެސް ދިވެހިން ފުރުސަތު ނުދޭނެ. ދިވެހިންނަށް ތިފަރާތާއި އެފަރާތުގެ އެންމެން އިނގޭނެ. اللهއިންސާންއަށް ބުއްދި ދެއްވި. الله އާއި ރަސޫލާ ގަވޫލުކޮށްގެން ދިވެހިންތިބީ. އެކަމާ ދެބަސްވާ ބަޔަކަށް މި ފައުލަތުން ފިޔަވަޅު އަޅާނެ.

    4
    8
  22. ބިއްޖެހި

    ދީނާ ދީނުގެ ފޮތް ގިޔާމަތާ ޖެހެންދެން ހިމާޔަތް ކުރާނެ ކަމުގެ ޔަގީން ކަން ދީފަ މަތިވެރި ރައްބޖ އޮތީ. ކަލޭ މެން ނުކުޅެދޭ އަޅުންތައް އެކަލާގެ އައް ގޮން ޖަހަނީ. ދީން ހިމާޔަތް ކުރާން ތީ ކޮން ބައެއް

    6
    6
  23. ނުރަބޯ

    މިއޮތީވާ ޖަމީޔާއެއް ދޯ ކިހާ ބޮޑު މުސީބާތެއްތަމީ

    6
    8
  24. ގާދިރު

    ކަލޭމެން ދުވަހަކު ނެތަސް ﷲ އެކަލާންގެ ދީން ހިމާޔަތް ކުރަންވާނެ ތިޔައުޅެނީ ކޮންމެވެސް އެހެން ކަމަކާކަމަށް ބޮޑަށް ވައްތަރީ

    6
    6
  25. Anonymous

    މިހާރު ދުނިޔޭގައި ސަލަފީންނޭ ކިޔައިގެން އުޅޭ މީހުންގެ އަޞްލަކީ އިނގިރޭސީން އަޑީގައި ތިބެގެން އިސްލާމްދީން ކިލަނބުކުރަން އުފެއްދި ވައްހާބިޒަމެވެ. އިސްލާމީ ދުނިޔޭގައި ވައްހާބީންގެ ނަމުގައި އެމީހުންގެ ފިކުރު ނުވިއްކުނީމާ އެމީހުން ދެން ނިކުތީ ސަލަފީންގެ ނަމުގައެވެ. ސަލަފީންނަކީ ޞަޙާބީ ބޭކަލުންނާއި ތާބިޢީ ބޭކަލުންނާއި ތާބިޢީ ތާބިޢީ ބޭކަލުންނެވެ. ސަލަފީންގެ ނަމަށް ނަން ބަދަލުކުރި ވައްހާބީން ބައިބައިވެ ސަލަފުގެ ނަން ނުވިއްކޭ ހިސާބަށް ދިއުމުން ސަޢޫދީ ޢަރަބިއްޔާއިން ވަނީ އެމީހުންގެ މަސައްކަތް އެ ޤައުމުގައި ހުއްޓުވާފައެވެ. އަދި އެމީހުންނަކީ އަފުޣާނިސްތާނުގައި ރަޝިޔާއާ ދެކޮޅަށް ހަނގުރާމަކުރުމަށްޓަކައި އުފެއްދި ޖަމާޢަތެއްކަން ވެސް އިޢުލާންކޮށްފައެވެ. ރާއްޖޭގެ ދީނީ ޢިލްމުވެރިން ވެސް އިސްލާމްދީނަށްޓަކައި މަސައްކަތްކުރާނަމަ ސަލަފުގެ ނަން ދޫކޮށްލުމަށްފަހު އެހެން ނަމެއް އިޚުތިޔާރުކުރަން އެބަޖެހެއެވެ. ސަލަފުގެ ޙަޤީޤަތް ސަޢޫދީ ޢަރަބިއްޔާއިން އެވަނީ ބޭޒާރުކޮށްފައެވެ. ސަލަފީންގެ ނަމުގައި ބަޔަކު އުޅެން ސަރުކާރުން ހުއްދަދެންޏާ ނަބިއްޔުންނާއި ރަސޫލުންގެ ނަމުގައި ވެސް ޖަމްޢިއްޔާ ހަދަން ސަރުކާރުން ހުއްދަދޭންޖެހޭނެއެވެ.

    6
    6
  26. ާައަހުމަދު

    މީގެ 800 އެތަށް އަހަރެއްވެއްޖެ މިގައުމުގެ ރައްޔިތުން އިސްލާންދީނަށް އުޅެމުންދާތާ އޭރަކު ތިކިޔާ ސަލަފެއް ނޯވޭ، ތިޖަމިއްޔާގެ ގިނަ މީހުންނަކީ އަތުން ފައިން މަސައްކަތެއް ކުރާބައެއް ނޫނޯ، ގިނަމީހުންގެ 2ނޫނީ 3 އަނބިން ތިބެޔޯ ކޮންތާކުންތޯ އެވަރަށް ފައިސާ ހޯދަނީ؟

    3
    6
  27. ހުސޭނުބެ

    ޔާމިނުގެ ވައްކަން ފޮރުވަން ދައްކާ ވާހަކަމީ. ޔާމިނުގެ އަޅުން

    3
    5
  28. ޢަލީ

    މިބައިގަޑު އުވާލަންވި

    3
    3
  29. ސަދޫމު ސިޓީ

    ޢެމްޑީޕީ އަކީ އަބަދުވެސް އެމްޑީޕީ ކީއްކުރާނީ މިއަދު ގިނަ ރައީތުން ބޭނުންވަނީ އެތްޗެހި ގައުމު މިސްރާބުދާގޮތާމެދު ކުޑަކޮށްވެސް ވިސްނާނުލާ މުދަލާ ފައިސާއަކީ ކުޑަކުޑަ ހިނދުކޮޅެއްގެ އެތްޗެއް އެކަލާންގެ ދީނަށް ނަސުރު ނުދެވޭ މީހަކީ ކީއްކުރާމީހެތް އެމްޑީޕީއަކަކަސް ޕީޕީއެމްއަކަސް ގޯސްކަމެތް ކުރަންޏާވާނީ ގޯސްކަމަކަށް

  30. ކެނާ

    ވެރިކަމުގަ ހުރިބޭ ހުވާކޮށްގެންހުރީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާި ރަށްޔަތުންގެ ހަށްގުތަށް ހިމާޔަތްކުރުމަށް އަމިއްލަޕާޓީގެ ކަންތަށްތަށް ކުރާކަށް ނޫން ކުރިހުވަޔާ ހިލާފުވި ވެރިޔެއް މިދުނިޔޭގަހުރީ ހަމައެކަނި މިރާއްޖޭގަ ވަގުތުންވަގުތަށް ވެރިކަމުން ފައިބާ ފައިބާ ފައިބާ..... ގެއަށްދޭ..