ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިން ލޯންޗްކުރުމުގެ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަތުމަށް ނިންމަވައިފިއެވެ.

އެނގިފައިވާ ގޮތުގައި ރައީސް ކޮމަންޑޫ އަށް ވަޑައިގަންނަވާނީ ހުކުރު ދުވަހު ހަވީރުގެ ވަގުތެއްގައެވެ. ރާޝިދުގެ ކެމްޕެއިން ލޯންޗްކުރުމުގެ ޖަލްސާ އެރޭ 8:30 ގައި ކޮމަންޑޫގައި ބޭއްވުމަށް ވަނީ ނިންމައިފައެވެ.

ވެރިކަން ކުރާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ހުޅުވާލި ޕްރައިމަރީގައި ބައިވެރިވާން ނަން ހުށަހެޅުއްވީ އެންމެ ބޭފުޅެކެވެ. އެއީ ފޯކައިދޫގެ ސެކްރެޓަރީ ޖެނެރަލްއަކަށް ވެސް ހުންނެވި ރާޝިދެވެ. ރާޝިދަކީ މިދިޔަ ތިން ދައުރުގައި އެ ރަށު ކައުންސިލްގެ ރައީސްގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ.

ކޮމަންޑޫ ދާއިރާގައި ހިމެނޭ ށ. ފޯކައިދޫގެ އިތުރަށް، އެ އަތޮޅު ކޮމަންޑޫއާއި މޮރަށީގެ އިޖުތިމާއީ ދާއިރާއާއި، ތަރައްގީގެ ގިނަ ކަންކަމަށް ހުސެއިން ރާޝިދު މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. ކޮމަންޑޫ ދާއިރާގެ ތިން ރަށުގައި ވެސް އެމްޑީޕީގެ ބޮޑު ތާއީދެއް އޮވެއެވެ.

އަންނަ ފެބްރުއަރީ ފަހެއްގައި އޮންނަ ބޭއްވުމަށް ހަމަޖެހިފައިވާ އެ އިންތިހާބުގައި ރާޝިދަށް ލިބުނީ ކެންޑިޑޭޓް ނަންބަރު އެކެކެވެ. ދެވަނަ ނަމްބަރު ލިބުނީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު، މޫސާ ފަތުހީއަށެވެ. ތިންވަނަ ކެންޑިޑޭޓަކީ އެމްއެންޕީގެ އަބްދުލް ހަންނާނު އިދުރީސްއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޕ

    ތިޔަ ލާދީނީ ބައިގަނޑަށް ވޯޓް ދޭނީވެސް ދީނުން ބޭރުވަފަ ތިބޭ މީހުން

    16
  2. ސަމާސަ

    މި ކަމަށް ވަގުތު ވާ އިރު ކީއްވެހޭ އެހެން މުހިއްމު ކަން ކަމަށް ވަގުތު ނުވަނީ ، މި އަޖައިބެއްނު، އިންޑިއަން މިލިޓަރީ މި ގައުމުން ބާލާށޭ...!!!!!!! ގޮނޑި ބޭނުމިއްޔާ ޖެހޭނީ ބާލަން

    13
  3. ކޮވިޑް

    ޖަލްސާ ބާއްވާފަ ދައްކާނީ ކޮންވާހަކައެއް؟ އިންޑިއާ އައުޓް ނުގޮވާށޭ ދޯ ބުނާނީ؟ އެހެން ބުންޏަސް ހަމަ އިންޑިއާ އައުޓް ގޮވާނަން. މާތްﷲ ވާގިފުޅާއެކު ތީ ޕީޕީއެމްގެ ކެޑިޑޭޓްގެ ގޮނޑި އެއް އިންޝާﷲ. 3 ކެނޑިޑޭޓުން ތިބީ އުސްތާޒަކާ، ޕިސްތޯލް ޕާރޓީ މީހަކާ ، ލާދީނީ އެމްޑީޕީ މީހެއް، ތަފާތު ވަރަށް ބޮޑު ދެއްތޯ؟ # އިންޑިއާ އައުޓް #

    11
  4. ދަރަނި ދަންތުރަ

    ތިޔަދާއިރާގެ ރައްޔިތުންނަކީ އިސްލާމްދީނަން ލޯބިކޮށް އިސްލާމްދީނަން ނަސްރުއެދި ﷲ އަށް ބިރުވެތިވާ ބަޔަކުކަމުގައިވާ ނަމަ އެމް ޑީ ޕީ ގެ ލާދީނީ ތިލަފަތަށް ވޯޓު ނުދޭނެ ﷲ އަށް ބިރުވެތިވޭ ދިވެހިންނޭ

  5. ލާދީނީ ބަޔަކަށް ވޯޓުދެވެން ނެތް

    ލާދީނީ ބައިގަޑަކަށް ދޭނެ ވޯޓެއް ނޯންނާނެ.ކޮންމެ ބަޔަކަށް ވިޔަސް. އެޖެންޑާ ކެހިވެރިކަން ،ނޭގޭ ބަޔަކު ވޯޓު ދީފާނެ.