ބޮޑު އަގުގައި ޕީސީއާރް ޓެސްޓް ހަދަން ޖެހޭ ގޮތަށް އުސޫލު ބަދަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ގިނަ ތަންތަނުން ހިލޭ ޕީސީއާރް ޓެސްޓް ހެދެން ޖެހޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވެ، އައު ވޭރިއަންޓުތައް ފެތުރެމުންދާ ކަމަށް ބުނެ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ. އެގޮތުން ބައެއް ގައުމުތަކުން ފެނިފައިވާ އޮމިކްރޯން ވޭރިއަންޓް ރާއްޖެއިން ވެސް ފެނިފައިވާއިރު މާލެ ސަރަހައްދުގައި ކޮވިޑް ބަލި ފެތުރުން އިތުރުވެފައިވާތީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

އެގޮތުން އެޅި ބައެއް ފިޔަވަޅުތަކަށް ފާޑު ވިދާޅުވަމުން މެެންބަރު އާދަމް ޝަރީފް ވިދާޅުވީ ކުއްލިއަކަށް ސަރުކާރުން މިގެންނަ ބަދަލުތަކަކީ ރައްޔިތުންނަށް ވަރަށް އުނދަގޫ، ރޭވުންތެރިކަމެއް ނެތް ފިޔަތަކެއް ކަމަށެވެ. އަދި އެއީ ސިޔާސީ ގޮތުން ޖަހާ މަޅިއެއް ކަމަށް ވެސް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވެފައިވާތީ އެޗްޕީއޭ އިން ވަނީ 50 މީހުންނަށް ވުރެ ގިނަ މީހުން ޖަމާވާ ގޮތަށް ހަފްލާތަކާއި އިވެންޓްތަކާއި އެއްވުންތައް ނުބޭއްވުމަށް އަންގާފައެވެ. އަދި މަގުމަތީ ބާޒާރުތަކާއި ކުޅިވަރު މުބާރަތްތަކަށް ކުޅިބަލަން ވެސް ނުދެވޭނެ ކަމަށް އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މީގެ އިތުރުން ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއްނަމަ ދަތުރުކުރުމުގެ 72 ގަޑިއިރު ނުވާ ޕީސީއާރް ނައްސި ނަތީޖާއަކާ އެކު ނޫނީ ދަތުރު ނުކުރެވޭނެ ކަމަށާއި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކުރާ ފަރާތެއް ކަމުގައި ވާނަމަ 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭގެ ގަވާއިދަށް ގެނައި ބަދަލުގައި ބަޔާންކޮށްފައިވެއެވެ.

އެޗްޕީއޭ އިން ބުނީ 50 މީހުންނަށް ވުރެ މަދުން މީހުން ހިމަނައިގެން ބާއްވާ ހަރަކާތްތައް ވެސް ބާއްވަން ވާނީ އެ އެޖެންސީން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާއި ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ.

"ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެންމެހައި އިދާރާތަކާއި ފަރާތްތަކަށް ދަންނަވަމެވެ. އަދި މި އިއުލާނާ ގުޅިގެން ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް ދެންނެވީމެވެ." އެޗްޕީއޭގެ އިއުލާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    މިސަރުކާރައް ލާރި ވަންނާނެ ގޮތަކައް ކަން ކަން ކުރަން ޖެހޭނީ ނޭނގެ މިހާރު މިއަހަރުގެ ބަޖެޓުގަ އެއްޗެއް އޮތްކަމެއް.

    14
    1
  2. ކޮވިޑް

    ބޮޑު އަގު ދީފައި ހަދަން މިޖެހެނީ. މި ސަރުކާރުން ރައްޔިތުން އިތުރަށް ނިކަމެތިކުރަނީ. އަމިއްލަ ކުލިނިކު ތަކުން މީހުން ފެލަނީ.

    14
    1
  3. އަހްމަދު

    ޢަލީ ލަތީފުގެކުލިނިކަށް ލާރިކޮޅެއްހޯދާލަންވެގެން ކުޑަދުވަސްކޮޅަކަށް އާދަމް ޝަރީފް ކަންބޮޑުނުވޭ މާގިނަދުވަހެއްނުވާނެ

    7
    1
  4. ފޯލްސްނެގެޓިވް

    އެ ސޮރުމެން ތި ފީސީއާރެއް ނުހަދާ ދުވަސް ކޮޅެއްވިއްޔަ އެ ތިބެނީ ރޯދަޔަށް. ހާރަށް ކަދުރެއް ކާލާގެން. ދެން ކެތް ކުރެވޭނީ ވެސް ވަކިވަރަކަށް ދޯ.ދޯ ޓެގު ގުންޑާތައް.

    4
    1
  5. ޣުރާ

    ހިލޭ މިހަދަނީ އެހެން ޤައުމުތަކުގައިވެސް! ވޮލެޓުން ކަރުދާސް ދީގެން!

  6. ސަމާސަ

    އަނގަ ބާނަން ކަލޭ ލަދުގަންނަން ޖޭހޭނެ..............!!!!!!!!!!!!