ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ހިންގަމުންދިޔަ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ޕައިލެޓް ލައިސަންސް ކޯސް ފުރިހަމަކުރަމުންދިޔަ ދަރިވަރުންނަށް، މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގައި ރިފްރެޝަރ ޕްރޮގްރާމް ފުރިހަމަކުރުމަށް ލޯނު ދޭން ސަރުކާރުން ނިންމައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވިދާޅުވީ، އެ ލޯން ފުރުސަތަށް ކުރިމަތިލެވޭނީ އޭއޭޭގައި ޕައިލެޓް ލައިސަންސް ފުރިހަމަކުރަމުންދިޔަ ދަރިވަރުންގެ ތެރެއިން މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގައި ކޯހުގެ ބާކީބައި ފުރިހަމަކުރުމަށް ހަދަންޖެހޭ ރިފްރެޝަރޕްރޮގްރާމްގައި ރެޖިސްޓަރވެފައިވާ ފަރާތްތަކަށް ކަމަށެވެ.

އެ މިނިސްޓްރީން ވިދާޅުވީ، މި ފުރުސަތުގެ ދަށުން ލޯނު ފައިސާ ދޫކުރާނީ ރިފްރެޝަރ ޕްރޮގްރާމް ގެ ފީ ކަމަށެވެ.

މި ރިފްރެޝަރ ޕްރޮގްރާމް ގެ މުއްދަތަކީ ހަތް ހަފްތާއެވެ. މި ޕްރޮގްރާމްގައި އެއް ގަޑިއިރުގެ އެއަރ ކްރާފްޓް ޓްރޭނިން ފުރިހަމަކުރުމުގެ ބައެއް ހިމެނިގެންދާނެ ކަމަށް މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީން ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން ވަނީ 26 ޖެނުއަރީގެ 13:30 ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް ނަސޭހަތްތެރިވެފައެވެ.